ހުޅުމާލޭގައި ރޭ ފަތިހު އެކްސިޑެންޓު ހިނގި ސަރަހައްދު ފުލުހުން ބަންދުކޮށްފައި (ފޭސްބުކް ފޮޓޯ/މައުރޫފް ހުސައިން)

ޓައިމްލައިން

ޓައިމްލައިން: ރާއްޖޭގައި ހިނގާފައިވާ ބައެއް ޓްރެފިކް އެކްސިޑެންޓްތައް

އެންމެ ގިނައިން ނުރައްކާތެރި އެކްސިޑެންޓްތައް ހިނގާފައިވަނީ މާލެ-ހުޅުމާލެ ހައިވޭ އަދި ހުޅުމާލޭގައި
6 ސެޕްޓެމްބަރު 2024
1

.

  • 11 ސެޕްޓެމްބަރު - ހުޅުމާލެ ފޭސް 1 އާއި ފޭސް 2 ގުޅޭ ބްރިޖް ކައިރީ ކާރަކާއި ސައިކަލެއްޖެހި އެކްސިޑެންޓެއް ހިނގައިފި.  ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ އެ ސަރަހައްދުގައި އެކްސިޑެންޓެއް ހިނގައިގެން އުޅޭ ކަމުގެ ރިޕޯޓް ލިބުނީ މިއަދު ހެނދުނު ކަމަށް. 

  • 8 ސެޕްޓެމްބަރު - މާފަންނު ބަސް ޓާމިނަލް ކައިރީ މިރޭ ހިނގި އެކްސިޑެންޓެއްގައި އެކަކަށް އަނިޔާވެއްޖެ. ފުލުހުން ބުނި ގޮތުގައި މި އެކްސިޑެންޓު ހިނގާފައިވަނީ ބަސް ޓާމިނަލް ކައިރީގައި ދެ ސައިކަލު ޖެހިގެން.

  • 8 ސެޕްޓެމްބަރު - ދަރުބާރުގެ ކައިރިން މިދިޔަ ބުދަ ދުވަހުގެ ރޭ ދަންވަރު ހިނގި އެކްސިޑެންޓުގައި އަނިޔާވި 21 އަހަރުގެ ޒުވާނާއަށް ފަރުވާ ދެމުންދަނިިކޮށް ރޭ މަރުވެއްޖެ. ބޮޑުތަކުރުފާނު މަގާއި ކޮއިމަލާ ހިނގުން ގުޅޭ ކަންމަތީގައި ކާރަކާއި ސައިކަލެއް ޖެހި އެރޭ ދަންވަރު 12:50 ހާއިރު ހިނގި މި އެކްސިޑެންޓަށް ފަހު، އައިޖީއެމްއެޗްގައި ފަރުވާ ދެމުން ދިޔައީ ސައިކަލް ދުއްވަން އިން މުހައްމަދު ލީވާންއަށް.

  • 7 ސެޕްޓެމްބަރު - ހުޅުމާލޭގައި ބުރާސްފަތި ދުވަހުގެ ރޭ ދަންވަރު ހިނގި އެކްސިޑެންޓެއްގައި 23 އަހަރުގެ ޒުވާނަކު މަރުވެފައިވަނިކޮށް އަނެއްކާ ވެސް ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، އިތުރު ޒުވާނަކަށް ސީރިއަސް އަނިޔާތަކެއް ވެއްޖެ. ފުލުހުން ބުނި ގޮތުގައި މި އެކްސިޑެންޓް ހިނގާފައިވަނީ މިއަދު ހެނދުނު 6:50 ހާއިރު ހުޅުމާލެ ފޭސް 2ގަ.

  • 6 ސެޕްޓެމްބަރު 2024 - މިއަދު ހުޅުމާލޭގައި ކުރިއަށްދާ މެރެތަންގައި ދުވުމަށް އެ ސަރަހައްދަށް ދިޔަ ޒުވާނެއްގެ ސައިކަލުގައި، ބާރު ސްޕީޑެއްގައި ދުއްވި ސްޕޯޓްސް ކާރަކުން ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އެ ޒުވާނާ މަރުވެއްޖެ. ހުޅުމާލޭ ސެންޓްރަލް ޕާކް ކައިރިން، އުރީދޫ އޮފީސް އިމާރާތް ކުރިމަތީގައި އެ އެކްސިޑެންޓު ހިނގާފައިވަނީ ފަތިހު 4 ޖަހާކަންހާއިރު. އެކްސިޑެންޓުގައި މަރުވީ ކަރެކްޝަނަލް ސާވިސްގައި މަސައްކަތް ކުރާ ޖަލު ބަލަހައްޓާ ޒުވާނެއް ކަމަށްވާ ހަސަން ސަމާހް، 23،.އެކްސިޑެންޓުވި ކާރު ދުއްވަން އިން މީހާ ފުލުހުން ވަނީ ހައްޔަރުކޮށްފަ އެވެ. އެއީ އުޅަނދު ދުއްވުމުގެ ލައިސަންސް ނެތް މީހެއް ކަމަށް ފުލުހުން ބުނެ އެވެ.

ހުޅުމާލޭގައި ރޭ ފަތިހު އެކްސިޑެންޓު ހިނގި ސަރަހައްދު ފުލުހުން ބަންދުކޮށްފައި (ފޭސްބުކް ފޮޓޯ/މައުރޫފް ހުސައިން)
  • 5 ސެޕްޓެމްބަރު 2024 - ބޮޑުތަކުރުފާނު މަގާއި ކޮއިމަލާ ހިނގުން ގުޅޭ ކަންމަތީގައި ކާރަކާއި ސައިކަލެއް ޖެހި ރޭ އެކްސިޑެންޓެއް ހިނގައިފި. ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ ރޭ ދަންވަރު 12:53 ހާއިރު އެ މަގުގައި އެކްސިޑެންޓެއް ހިނގާފައިވާ މައްސަލަ ރިޕޯޓްކޮށްފައިވާ ކަމަށް. ފުލުހުން ބުނީ އެ އެކްސިޑެންޓުގައި އަނިޔާވީ ސައިކަލު ދުއްވަން އިން 21 އަހަރުގެ ފިރިހެނަކަށް ކަމަށާއި އޭނާއަށް ފަރުވާދޭން އައިޖީއެމްއެޗަށް ގެންގޮސްފައިވާ ކަމަށް.

  • 23 އޯގަސްޓް 2024 - ހުޅުމާލެ ބްރިޖު ލައިޓު ކައިރީ ހިނގި އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެ ހޮސްޕިޓަލުގައި ފަރުވާ ދޭން ފަށައިފި. އޭގެ ތެރެއިން އެއް ސައިކަލު ދުއްވަން އިން 21 އަހަރުގެ ފިރިހެން މީހާ އާއި އޭނާގެ ފަހަތުގައި އިން 19 އަހަރުގެ އަންހެން މީހާ އަށް އައިޖީއެމްއެޗުގައި ފަރުވާ ދެމުންދާ ކަމަށާއި އަނެއް ސައިކަލުގައި އިން 43 އަހަރުގެ ފިރިހެން މީހާ އަށް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ ކަމަށް ފުލުހުން ބުނި.

  • 31 ޖުލައި 2024 - މަގުގެ އަރިމަތީގައި މަޑުކޮށްލައިގެން އިން މީހެއްގެ ގައިގާ، ބާރު ސްޕީޑެއްގައި ދިޔަ ކާރަކުން ޖެހި މިއަދު ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި މީހަކަށް ވަރަށް ބޮޑަށް އަނިޔާވެއްޖެ. ފުލުހުން ބުނިގޮތުގައި ހުޅުމާލޭ-2ގައި ވިނަރެސް ފްލެޓް ކައިރީގައި މިއަދު މެންދުރު ހިނގި މި އެކްސިޑެންޓުގައި އަނިޔާވި ފިރިހެން މީހާއަށް ދަނީ ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާ ދެމުން.

އެކްސިޑެންޓުގެ ސީސީޓީވީ ސްކްރީން ޝޮޓެއް (ފޮޓޯ/އެމްވީ ކްރައިސިސް)
  • 22 ޖޫން 2024 - މާލެ އިން ހުޅުމާލެއަށް ދަތުރުކުރާ ހައިވޭ މަތިން ސައިކަލެއް ކަހާލައިގެން ވެއްޓި ހިނގި އެކްސިޑެންޓެއްގައި މީހަކު މަރުވެއްޖެ. އެ ހާދިސާގައި އަނިޔާވެފައިވަނީ ސްރީ ލަންކާ ފިރިހެނަކަށް. ފުލުހުން ބުނި ގޮތުގައި، އޭނާ މަރުވެފައިވަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް.

  • 14 މޭ 2024 - ހުޅުމާލޭގައި މިދިޔަ ހަފްތާގައި ހިނގި އެކްސިޑެންޓެއްގައި 36 އަހަރުގެ މީހަކު މަރުވެއްޖެ. މަރުވެފައިވަނީ ހުޅުމާލޭ ނިރޮޅުމަގު އެމްޑަބްލިޔުއެސްސީ ކައިރިން ދުއްވާފައި ދިޔަ ސައިކަލެއް ކަހާލައިގެން ވެއްޓި ހިނގި އެކްސިޑެންޓެއްގައި ސައިކަލު ދުއްވަން އިން ދިވެހި ފިރިހެނެއް. މި އެކްސިޑެންޓް ހިނގާފައިވަނީ މިދިޔަ ހަފްތާގެ އާދިއްތަ ދުވަހުގެ ހަވީރު ކަމަށް ފުލުހުން ބުނޭ.

  • 24 އެޕްރިލް 2024 - ހުޅުމާލޭ ފޭސް އެކެއްގައި ދުއްވަމުން ދިޔަ ކާރެއް ފުރޮޅާލައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި އަންހެނަކަށް އަނިޔާވެއްޖެ. ފުލުހުން ބުނީ މިއަދު ފަތިހު 5:30 އެހާއިރު އެ އެކްސިޑެންޓް ހިނގީ ދުއްވަމުން ދިޔަ ކާރެއް ކޮންޓްރޯލުން ނެއްޓި ފުރޮޅާލައިގެން ކަމަށް. 

މިއަދު ފަތިހު ހުޅުމާލޭގައި ހިނގި އެކްސިޑެންޓުގައި ކާރު ފުރޮޅާލާފައި (ފޮޓޯ/އެކްސް)
  • 14 އެޕްރިލް 2024 - ބޮޑުތަކުރުފާނު މަގުގައި މިއަދު ހަވީރު ސީރިއަސް އެކްސިޑެންޓެއް ހިނގައި އެކަކަށް ބޮޑެތި އަނިޔާތަކެއް ލިބިއްޖެ. ފުލުހުން މީޑިއާތަކަށް މައުލޫމާތު ދިން ގޮތުގައި މި އެކްސިޑެންޓް ހިނގާފައިވަނީ ބޮޑުތަކުރުފާނު މަގުން ދުއްވާފައި ދިޔަ ދެ ސައިކަލު ޖެހިގެން.

ބޮޑުތަކުރުފާނު މަގުގައި ހިނގި އެކްސިޑެންޓުގައި އަނިޔާވި މީހާ ސްޓްރެޗަރަށް އަރުވަނީ.
  • 3 އެޕްރިލް 2024 - ޏ. މުވައްމުލަކުގައި ރޭ ވެސް ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި،  އިތުރު ފަރުވާއަށް މީހަކު މާލެ ގެނެސްފި. ރޭ 11:45 އެހާކަންހާ އިރު، ދިގުވާޑު ނައިބު ތުއްތު މަގުގައި މި އެކްސިޑެންޓް ހިނގާފައި ވަނީ ބާރު ސްޕީޑެއްގައި ދުވާފައި ދިޔަ ސައިކަލެއް ކޮންޓްރޯލް ނުވެގެން ކަމަށް ފުލުހުން ބުނި.

  • 7 މާރިޗް 2024 - މިދިޔަ ހޯމަ ދުވަހު ހުޅުމާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އަނިޔާވި މުހައްމަދު ލަޔާން ޝަރީފް، 19، މިއަދު މަރުވެއްޖެ. އެ އެކްސިޑެންޓު ހިނގަން މެދުވެރިވީ ލަޔާން ސައިކަލު ދުއްްވާފައި ދަނިކޮށް، ގަވައިދާ ހިލާފަށް ރާއްޖެ އެތެރެވާ ބިދޭސީން ރާއްޖެއިން ފުރުވާލެވެންދެން އެމީހުން ބައިތިއްބާ ހުޅުމާލޭ ޑިޓެންޝަން ފެސިލިޓީ ކުރިމަތީގައި ޕާކު ކޮށްފައި އޮތް އިމިގްރޭޝަންގެ ވޭނެއްގައި ޖެހުމުން. 

  • 26 ފެބްރުއަރީ 2024 - ހުޅުމާލޭގައި މިއަދު ހިނގި އެކްސިޑެންޓެއްގައި ދެ މީހަކަށް އަނިޔާވެ، ވޭނަކާއި ދެ ކާރަކަށް އެކި ވަރުގެ ގެއްލުން ލިބިއްޖެ. ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައިވާ ގޮތުން ހުޅުމާލޭ ފޭސް އެކެއްގެ ނިރޮޅުމަގު ދެވަނަ ރުއްގަނޑު ކައިރިން އެކްސިޑެންޓެއް ހިނގާފައިވާ ކަމުގެ ރިޕޯޓް ފުލުހުންނަށް ލިބުނީ މިއަދު ހެނދުނު 6:20 ހާއިރު.

މިއަދު ހެނދުނު ހުޅުމާލެ ފޭސް އެކެއްގައި ހިނގި އެކްސިޑެންޓް. މި އެކްސިޑެންޓުގައި ދެ ކާރާއި ވޭނަކަށް ގެއްލުންވެ، ދެ މީހުންނަށް އަނިޔާ ލިބުނު. (ފޮޓޯ/ އެމްވީކްރައިސިސް)
އެކްސިޑެންޓުގައި ގެއްލުން ލިބުނު ވޭން. (ފޮޓޯ/ އެމްވީކްރައިސިސް)
  • 20 ފެބްރުއަރީ 2024 - ހައިވޭއިން ފައިބައިގެން ހުޅުމާލޭގެ މިދިލި މަގުން ދުއްވާފައި ދިޔަ ކާރެއް، މަގުގެ އެއްފަރާތުގައި ހުރި ސޯލާ ޕެނަލް ސްޓްރަކްޗާގައި ޖެހި، އަނެއްކާ ވެސް އެކްސިޑެންޓެއް ހިނގައިފި. ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައިވާ ގޮތުން މި އެކްސިޑެންޓް ހިނގި ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ މިއަދު ހެނދުނު 8:45 އެހާކަންހާއިރު.

ހައިވޭ އިން ފައިބައިގެން ދާ މަގުގައި ހުރި ސޯލާ ޕެނަލްތަކުގައި ޖެހި މިއަދު ހިނގި އެކްސިޑެންޓް. މި އެކްސިޑެންޓުގައި އަނިޔާވި މީހާއަށް ދަނީ ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާދެމުން.
  • 23 ޖެނުއަރީ 2024 - ފުވައްމުލަކުގައި މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ހިނގި އެކްސިޑެންޓުގައި ހާލު ސީރިއަސްވެގެން ވެންޓިލޭޓަރުގައި އޮތް މީހާ މިއަދު މަރުވެއްޖެ. ހޮނިހިރު ދުވަހުގެ ރޭ 10:15 ހާއިރު ފުވައްމުލަކު ބޮޑުފަންނު މަގުގައި ހިނގި އެކްސިޑެންޓުގައި އަނިޔާވި 30 އަހަރުގެ ދިވެހި ފިރިހެން މީހާ މިދިޔަ އާދިއްތަ ދުވަހު ވަނީ އިތުރު ފަރުވާއަށް މާލެ ގެނެސްފަ.

  • 10 ޑިސެމްބަރު - ފުވައްމުލަކުގައި މިދިޔަ ހުކުރު ދުވަހުގެ ރޭ ދަންވަރު ސައިކަލަކާ އެކު ވެއްޓިފައި އޮއްވާ ފެނުނު ކުޑަ ކުއްޖާ އިތުރު ފަރުވާއަށް މާލެ ގެނެސްފި. އުމުރުން 14 އަހަރުގެ އެ ކުއްޖާ ވެއްޓިފައި އޮއްވާ ފެނުނީ، އެ ރޭ ދަންވަރު 3:40 ހާއިރު އެ ރަށުގައި ފޯރިމަރަމުން ދިޔަ ފުލުހުންނަށް.

  • 28 ނޮވެމްބަރ - މިދިޔަ ހަފްތާގެ ހޯމަ ދުވަހުގެ ރޭ ހުޅުމާލޭގެ ސެންޓްރަލް ޕާކު ސަރަހައްދުގައި ހިނގި އެކްސިޑެންޓުގައި އަނިޔާވި ދެމަފިރިންގެ ތެރެއިން ފިރިމީހާ ރޭ މަރުވެއްޖެ. ބާރު ސްޕީޑެއްގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލުން ނައްޓައިގެން ގޮސް، ތިން ސައިކަލެއްގައި ޖެހިގެން ހިނގި އެކްސިޑެންޓުގައި ސީރިއަސް އަނިޔާތަކެއް ލިބިފައިވަނީ ދެމަފިރިއަކަށެވެ.

  • 20 ނޮވެމްބަރ - ހުޅުމާލޭގައި މިރޭ ހިނގި އެކްސިޑެންޓުގައި ހަތަރު މީހަކަށް އަނިޔާވެގެން ހޮސްޕިޓަލުގައި ފަރުވާ ދޭން ފަށައިފި އެވެ. އޭގެ ތެރެއިން ދެމީހަކު ހާލު ސީރިއަސް.

  • 8 އޮކްޓޯބަރު - މިދިޔަ ހުކުރު ދުވަހުގެ ރޭ މާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އަނިޔާވި، ކުރީގެ ހެލްތު މިނިސްޓަރު އަބްދުﷲ އަމީންގެ ބައްޕަ އަހުމަދު މަނިކު ރޭ ފަތިހު އަވަހާރަ ވެއްޖެ.

  • 6 އޮކްޓޫބަރު - މާލެ-ހުޅުމާލެ ހައިވޭގައި މިއަދު ހަވީރު ހަތަރު ކާރެއް އެކްސިޑެންޓްވެ، އެ ސަރަހައްދުގެ ޓްރެފިކް އެއްކޮށް ހުއްޓުނުތާ ގިނަ އިރުތަކެއް ފަހުން އެ މައްސަލަ ހައްލުކޮށްފި. މާލެއިން ހުޅުމާލެއަށް ދަތުރު ކުރާ ފަޅީގައި، ހަތަރު ކާރެއް ޖެހި އެކްސިޑެންޓުވުމާ ގުޅިގެން ފުލުހުން އައީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން.

މިއަދު ހައިވޭގައި ހިނގި އެކްސިޑެންޓްގެ ސަބަބުން އެ ސަރަހައްދުގެ ޓްރެފިކް ހުއްޓުމަށްކަށް އައިސްފައި (ޓްވިޓާ ފޮޓޯ/ އަބްުދުﷲ ޖަމީލު)
  • 10 ސެޕްޓެމްބަރު - ލ. ލިންކު ރޯޑުގައި އިއްޔެ ހިނގި އެކްސިޑެންޓެއްގައި މީހަކު މަރުވެއްޖެ އެވެ. ކާރަކާއި ސައިކަލެއް ޖެހި ހިނގި އެ އެކްސިޑެންޓުގައި މަރުވީ ސައިކަލު ދުއްވަން އިން މީހާ އެވެ. ފުލުހުން ބުނީ، އެކްސިޑެންޓުގެ ރިޕޯޓު ލިބުނީ އިއްޔެ އިރުއޮއްސުނު ވަގުތު ކަމަށެވެ.މާލެ-ހުޅުމާލެ ހައިވޭގައި މިއަދު ހަވީރު ހަތަރު ކާރެއް އެކްސިޑެންޓްވެ، އެ ސަރަހައްދުގެ ޓްރެފިކް އެއްކޮށް ހުއްޓުނުތާ ގިނަ އިރުތަކެއް ފަހުން އެ މައްސަލަ ހައްލުކޮށްފި އެވެ.

  • 7 ޖުލައި - ސިނަމާލެ ބްރިޖުގައި ރޭ ހިނގި އެކްސިޑެންޓެއްގައި، ބްރިޖުގެ މަރާމާތު މަސައްކަތެއް ކުރަން ހުރި މީހަކަށް އަނިޔާވެއްޖެ އެވެ. ރޭ 9:35 ހާއިރު މި އެކްސިޑެންޓް ހިނގީ ހުޅުމާލެއިން މާލެއަށް ދަތުރުކުރާ ފަޅިން ދުއްވާފައި ދިޔަ ސައިކަލަކުން އެ މީހާގެ ގައިގައި ޖެހިގެންނެވެ.

  • 28 ޖޫން - މާލޭގައި ރޭ ފަތިސް ނަމާދުން ފައިބައިގެން ހިނގާފައި ދިޔަ މީހެއްގެ ގައިގައި، ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލަކުން ޖެހި އޭނާގެ ހާލު ސީރިއަސްވެ ފަރުވާ ދޭން ފަށައިފި އެވެ. ފުލުހުން ބުނި ގޮތުގައި ސައިކަލު ދުއްވަން އިން މީހާގެ އަތުގައި ވެހިކަލް ދުއްވުމުގެ ލައިސެންސެެއް ނެތެވެ.

ރޭ ހިނގި އެކްސިޑެންޓްގައި އަނިޔާ ލިބުނު މީހާ ހޮސްޕިޓަލަށް ގެންދަނީ
  • 20 ޖޫން - ހުޅުމާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި 65 އަހަރުގެ މީހަކު މަރުވެއްޖެ އެވެ. މި އެކްސިޑެންޓު ހިނގީ ހުޅުމާލޭ ފުރަތަމަ ފިޔަވަހީގެ ހިތިގަސްމަގުގައި ޕްލެޓިނަމް ރެސިޑެންސް ކައިރީ މިއަދު ހަވީރު 5:47 ހާއިރު ދެ ކާރެއް ޖެހިގެންނެވެ.  ފުލުހުން ދެންމެ ބުނިގޮތުގައި އެކްސިޑެންޓުގައި ޖެހުނު ދެ ކާރުގެ ތެރެއިން އެއް ކާރު ކޮންޓްރޯލް ނުވެ ގޮސް މަގުމަތީގައި ހުރި ޑިވައިޑަރުތަކުގައި ޖެހުނެވެ

  • 18 ޖޫން - ހުޅުމާލެ ދެވަނަ ފިޔަވަހީގައި މިދިޔަ ބުރާސްފަތި ދުވަހު ބަހަކާއި ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ޒުވާނާއަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާ ކަމަށް އައިޖީއެމްއެޗުން މިއަދު ބުނެފި އެވެ. ހުުޅުމާލެ ދެވަނަ ފިޔަވަހީގެ ގުލްހަޒާރުމާ ހިނގުމާއި ދުނބުރިގަސް މަގު ގުޅުނު ކަންމަތީގައި މި އެކްސިޑެންޓު ހިނގާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުގެ ހެނދުނު 8:51 ހާއިރު އެވެ.

އެކްސިޑެންޓުގައި އަނިޔާވި ޒުވާނާއަށް އެހީވާން ބަޔަކު މަސައްކަތްކުރަނީ.
  • 13 ޖޫން - ރޭ ފުވައްމުލަކުގައި ހިނގި އެކްސިޑެންޓެއްގައި އަނިޔާވި އަންހެން މީހާއަށް ފަރުވާ ދެމުން ދަނީ އައިސީޔޫގައި ކަމަށް އެ ރަށުގެ ހޮސްޕިޓަލުން ބުނެފި އެވެ.  އެނގިފައިވާ ގޮތުގައި، ރޭ ދަންވަރު އެ އެކްސިޑެންޓުގައި ހިނގީ، މަގުމަތިން ހުރަސްކުރި ބުޅަލެއްގައި ޖެހިގެންނެވެ. ބުޅަލުގެ މައްޗަށް ސައިކަލު އަރައި ސައިކަލު ކަހާލައިގެން ވެއްޓި، އަންހެން މީހާއަށް އަނިޔާވި އިރު، ސައިކަލުގެ ފަހަތުގައި އޭނާގެ 12 އަހަރުގެ ދަރިފުޅު ވެސް އިނެވެ.

  • 28 މޭ - ފުވައްމުލަކުގައި ރޭ ހިނގި އެކްސިޑެންޓެއްގައި ދެ ޒުވާނަކަށް އަނިޔާވެގެން ފަރުވާ ދޭން ފަށައިފި އެވެ. ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނި ގޮތުގައި، ފުވައްމުލަކުގައި ދެ ސައިކަލު ޖެހި އެކްސިޑެންޓެއް ހިނގާފައިވާ ކަމުގެ ރިޕޯޓް ރޭ 11:25 ހާއިރު އެ އިދާރާއަށް ހުށަހަޅާފައިވެ އެވެ.

  • 27 މޭ - މާލެ އާއި ހުޅުމާލެ ގުޅުވައިދޭ ހައިވޭގައި ދުއްވާފައި ދިޔަ ސައިކަލަކާއި ޕިކަޕެއް ޖެހި ރޭ ހިނގި އެކްސިޑެންޓެއްގައި މީހަކު މަރުވެއްޖެ އެވެ. ފުލުހުން ރޭ ދަންވަރު މީޑިއާތަކަށް ފޮނުވި މެެސެޖެއްގައި ބުނި ގޮތުގައި، އެ އެކްސިޑެންޓުގެ ރިޕޯޓް އެ ތަނަށް ލިބުނީ ރޭ ދަންވަރު 12:04 ހާއިރެވެ.

  • 23 މޭ - ސިނަމާލެ ބްރިޖުގެ ހައިވޭ މަތީގައި މިއަދު ހިނގި އެކްސިޑެންޓެއްގައި، ރައްޔިތުންގެ މަޖިިލީހުގެ ވިލިނގިލި ދާއިރާގެ މެމްބަރު ސައުދު ހުސެންއަށް މިއަދު އަނިޔާވެއްޖެ އެވެ. ސައުދުގެ އާއިލާއިން ވާހަކަ ދެއްކެވި އެންވަރަމެންޓް މިނިސްޓްރީގެ ޑިރެކްޓަރު ޝަހުރާބު އަބްދުﷲ ވިދާޅުވި ގޮތުގައި ސައުދު އެކްސިޑެންޓުވީ، މިއަދު ހެނދުނު މަޖިލީހަށް ވަޑައިގެންނެވި މަގުމަތީގަ އެވެ. 

މެމްބަރު ސައުދަށް މިއަދު ހޮސްޕިޓަލުގައި ފަރުވާ ދެނީ. ފޮޓޯ/ޓުވިޓާ/މިދުއަމް ސައުދު
  • 12 މޭ - ހުޅުމާލޭ ދެވަނަ ފިޔަވަހީގައި މިދިޔަ އަންގާރަ ދުވަހު ސައިކަލާއި ޕިކަޕެއް ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވެގެން ފަރުވާދެމުން އައި 20 އަހަރުގެ ޒުވާނާ މަރުވެއްޖެ އެވެ. މިދިޔަ އަންގާރަ ދުވަހުގެ ހަވީރު 3:17 ހާއިރު ހިނގި މި ހާދިސާގައި ޒަހަމްވި އަހުމަދު ޒައިން، ވަޒަން، ހދ. ނެއްލައިދޫ،  ބޮލަށް ސީރިއަސް ބޮޑެތި އަނިޔާތަކެއް ލިބިގެން ފަރުވާދެމުން އަންނަތާ ހަފްތާއަކަށް ވުރެ ގިނަ ދުވަސް ވަނީ ވެފަ އެވެ.

  • 3 މޭ - ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިއްޔެ ހަވީރު ޕިކަޕަކާއި ކާރެއް ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ޒުވާނާގެ ހާލު ސީރިއަސް ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.  އިއްޔެ ހަވީރު 3:17 ހާއިރު ހިނގި ހާދިސާގައި ޒަހަމްވީ 20 އަހަރުގެ ދިވެހި ފިރިހެނަކަށެވެ. އެ މީހާ މަރުވެފައިވާ ކަމަށް ސޯޝަލް މީޑިއާގައި އަޑުފެތުރުނަސް ފުލުހުން މިއަދު ވަނީ އެކަން ދޮގުކޮށްފަ އެވެ.

  • 2 މޭ - ހުޅުމާލޭ ދެވަނަ ފިޔަވަހީގައި މިއަދު ހަވީރު ޕިކަޕަކާއި ކާރެއް ޖެހި ހިނގި އެކްސިޑެންޓެއްގައި ޒުވާނަކަށް އަނިޔާވެއްޖެ އެވެ. ފުލުހުން ބުނިގޮތުގައި މި އެކްސިޑެންޓު ހިނގި ކަމުގެ މައުލޫމާތު ލިބުނީ މިއަދު ހަވީރު 3:17ގަ އެވެ. މި ހާދިސާގައި ޒަހަމްވީ 20 އަހަރުގެ ޒުވާނެއް ކަމަށް ވެސް ފުލުހުން ބުންޏެވެ.

  • 20 އެޕްރިލް - ހުޅުމާލޭ ދެވަނަ ފިޔަވަހީގައި މިއަދު ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި 18 އަހަރުގެ މީހަކަށް އަނިޔާވެ، އޭނާގެ ހާލު ސީރިއަސް ވެއްޖެ އެވެ. މި އެކްސިޑެންޓު ހިނގާފައިވަނީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި ކާރަކާއި ސައިކަލެއް ޖެހިގެންނެވެ. ނިރޮޅުމަގުގައި މިއަދު ހިނގި މި އެކްސިޑެންޓުގައި އަނިޔާވެފައިވަނީ ސައިކަލު ދުއްވަން އިން 18 އަހަރުގެ ފިރިހެނަކަށް ކަމަށް ފުލުހުން ބުންޏެވެ.

2022ގެ ތަފާސްހިސާބުތަކަށް ބަލާއިރު މާލެ ސަރަހައްދުން މަގުމަތީ އެކްސިޑެންޓްތަކުގެ 1118 މައްސަލައެއް ފުލުހުން ތަހްގީގްކޮށްފައިވެ އެވެ. އެންމެ ގިނައީ ކާރު އަދި ސައިކަލް އެކްސިޑެންޓްތަކެވެ. ތިރީގައި މިވާ ދެ ޗާޓުން ދައްކައިދެނީ މިދިޔަ އަހަރު ހިނގާފައިވާ ޓްރެފިކް އެކްސިޑެންޓްތަކުގެ މައުލޫމާތެވެ.

ތިރީގައި މިވަނީ 6 އޮކްޓޫބަރު 2021 އިން 9 އެޕްރިލް 2023އާ ދެމެދު ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހިނގާފައިވާ މަގުމަތީ އެކްސިޑެންޓްތަކުގެ ޓައިމްލައިން އެކެވެ. އެންމެ ގިނަ އެކްސިޑެންޓްތައް ހިނގާފައިވަނީ މާލެ ސަރަހައްދުގަ އެވެ.

2023

  • 9 އެޕްރިލް - ސިނަމާލެ ބްރިޖުން މާލެއަށް ފައިބާ ސަރަހައްދުގައި ހުންނަ ޓްރެފިކް ލައިޓު ކައިރީ މަޑުކޮށްގެން އިން ސައިލަކެއްގައި އޭގެ ފަހަތުން ދުއްވާފައި އައި ސައިކަލަކުން މިރޭ ޖެހި އެކްސިޑެންޓެއް ހިނގައިފި.

  • 9 އެޕްރިލް - ރ. މަޑުއްވަރީގައި ޕިކަޕަކުން ޖެހި މީހަކު މަރުވެއްޖެ.  ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ މަޑުއްވަރީގަައި ޕިކަޕެއް ފަހަތަށް ޖެއްސި ވަގުތު، ފަހަތުގައި ހުރި މީހެއްގެ ގައިގައި ޕިކަޕުން ޖެހުނު ކަމުގެ ރިޕޯޓް މިއަދު މެންދުރު ލިބިފައިވާ ކަމަށް. މި ހާދިސާގައި މަރުވީ މަޑުއްވަރީ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް، އަހުމަދު އަސްލަމް، 40. 

  • 3 އެޕްރިލް - ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހިނގި އެކްސިޑެންޓެއްގައި މީހަކު މަރުވެއްޖެ.

  • 27 މާޗް - އައްޑޫ ހިތަދޫގައި އެމްބިއުލާންސަކާއި ސައިކަލެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި. މި އެކްސިޑެންޓުގައި އަނިޔާވެ ފަރުވާދެމުން އަންނަނީ ސައިކަލު ދުއްވަން އިން 18 އަހަރުގެ ފިރިހެނަކަށް.

  • 15 މާޗް - ހދ. ކުޅުދުއްފުށީގައި މިއަދު ހެނދުނު ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ހަތަރު މީހަކަށް އަނިޔާވެ، އެކަކުގެ ހާލު ސީރިއަސްވެއްޖެ. މި އެކްސިޑެންޓު ހިނގާފަައިވަނީ ދުއްވާފައި ދިޔަ ތިން ސައިކަލް ޖެހިގެން.

ކުޅުދުއްފުށީގައި ހިނގި އެކްސިޑެންޓުގައި ހަތަރު މީހަކަށް އަނިޔާވި.
  • 14 މާޗް - މާލޭން ސިނަމާލެ ބްރިޖު ހުރަސްކޮށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)އަށް ދާ ހިސާބުގައި ހުންނަ ލައިޓު ކައިރީ ފުލުހުންގެ ކާރަކާއި ސައިކަލެއް ޖެހި މިއަދު ހެނދުނު އެކްސިޑެންޓެއް ހިނގައިފި.

  • 9 ފެބްރުއަރީ - ސިނަމާލެ ބްރިޖުގައި މިއަދު މެންދުރު ފަހު ކާރަކާއި ސައިކަލެއް ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އެކަކަށް ވަރަށް ބޮޑަށް އަނިޔާވި

  • ސިނަމާލެ ބްރިޖުގައި ކާރަކާއި ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓު (ދައުރު ފޮޓޯ/އަބްދުﷲ އިޔާން)
  • ސިނަމާލެ ބްރިޖުގައި ކާރަކާއި ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓު (ދައުރު ފޮޓޯ/އަބްދުﷲ އިޔާން)
  • ސިނަމާލެ ބްރިޖުގައި ކާރަކާއި ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓު (ދައުރު ފޮޓޯ/އަބްދުﷲ އިޔާން)
  • 26 ޖެނުއަރީ - ފުވައްމުލަކުގައި މިރޭ ކާރަކާއި ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓެއްގައި ދެ އަންހެނަކަށް އެކި ވަރުގެ އަނިޔާ ލިބުނު.

  • 4 ޖެނުއަރީ - ސިނަމާލެ ބްރިިޖާއި ހައިވޭ ގުޅޭ ހިސާބު ލައިޓް ކައިރިން ކާރެއް ފުރޮޅާލައި ނުރައްކާތެރި އެކްސިޑެންޓެއް މިއަދު ހިނގި. ފުލުހުން ބުނީ މިއަދު މެންދުރު 2:45 އެހާއިރު ހިނގި އެ ހާދިސާގައި ބްރިޖު މަތިން ކާރު ފުރޮޅާލިއިރު އެ ކާރުގައި ދެ މީހަކު ތިބި. އެއިން އެއްވެސް މީހަކަށް އަނިޔާއެއް ނުވާ ކަމަށް ފުލުހުން ބުނޭ.

2022

  • 16 ޑިސެމްބަރު - ހުޅުމާލެ ފޭސް ދޭއްގައި މިއަދު މެންދުރު އެކްސިޑެންޓެއް ހިނގައި އަނިޔާވި ހަތަރު މީހަކަށް ފަރުވާ ދޭން ފަށައިފި. ދެ ސައިކަލެއް ޖެހި ހިނގި މި އެކްސިޑެންޓްގެ މައުލޫމާތު ފުލުހުންނަށް ލިބުނީ، މެންދުރު 1 ހާއިރު.

  • 16 ޑިސެމްބަރު - ސިނަމާލެ ބްރިޖުން ހުޅުލެ އާއި ހުޅުމާލެއަށް ދެވޭ ހަތަރު އަނގޮޅީގައި މިއަދު މެންދުރު ފަހު ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި އެކަކު މަރުވި. އެ ސަރަހައްދުގައި ކާރަކާއި ސައިކަލެއް ޖެހިގެން އެކްސިޑެންޓެއް ހިނގިކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުނީ މެންދުރު 2:30ގައި. މި ހާދިސާގައި މަރުވެފައި ވަނީ އުމުރުން 54 އަހަރުގެ ދިވެހި ފިރިހެނެއް.

  • 8 ޑިސެމްބަރު - ހުޅުމާލޭ ހޮސްޕިޓަލުގެ ވޭނެއް ކޮންޓްރޯލުން ނައްޓައިގެން ގޮސް މަގުމަތިން ހިނގާފައި ދިޔަ ބައެއްގެ ގައިގައި ޖެހި އަނިޔާތަކެއްވި. ހުޅުމާލޭ ހޮސްޕިޓަލް ކައިރިން، މިއަދު ހަވީރު ހިނގި މި ހާދިސާގައި ވޭން ކޮންޓްރޯލުން ނައްޓައިގެން ގޮސް އެރީ މަގުގެ އަނެއް ފަޅީގައި ހުރި ފްލެޓަށް.

  • 2 ނޮވެމްބަރު - ބ. އަތޮޅުގައި ހިންގާ ރިސޯޓެއްގައި މަސައްކަތް ކުރާ މުވައްޒަފަކު އެ ރިސޯޓުގެ ޖެޓީ މަތިން ބަގީ ދުއްވަމުން ދަނިކޮށް ބަގީއާ އެކު މޫދަށް ވެއްޓި އަނިޔާ ވެފައިވާ ކަމަށް ފުލުހުން ބުނި. އެ މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައި ވަނީ 31 އޮކްޓޫބަރު ދުވަހުގެ ރޭ 11:10 ހާއިރު.

  • 2 އޮކްޓޫބަރު - އައްޑޫ ހިތަދޫގައި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި 62 އަހަރުގެ މީަހަކަށް ސީރިއަސް އަނިޔާތަކެއް. އޭނާވަނީ އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލްގައި ފަރުވާ ދެމުން އަންނަނިކޮށް 5 އޮކްޓޫބަރުގައި މަރުވެފައި.

  • 27 ސެޕްޓެމްބަރު - ހުޅުމާލޭ ސިންތެޓިކް ޓްރެކް ކައިރިން ދުއްވާފައި ދިޔަ ދެ ސައިކަލެއް ޖެހި، ނުރައްކާތެރި އެކްސިޑެންޓެއް ހިނގި. މި އެކްސިޑެންޓް ހިނގީ ނުބައި ލޭނަކުން ދުއްވާފައި ދިޔަ ސައިކަލެއް އެހެން ސައިކަލެއްގައި ޖެހިގެން.

އައްޑޫގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި މީހާ ހޮސްޕޓަލަށް ގެންދަނީ (ފޮޓޯ/ ތޯހާ ޔަސީން، ފޭސްބުކް)
  • 7 ސެޕްޓެމްބަރު - އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލް ކައިރި ހިނގި ލޮރީ އެކްސިޑެންޓެއްގައި ހިނގާފައި ދިޔަ މީހަކަށް ސީރިއަސް އަނިޔާތަކެއް ލިބުނު.

  • 21 އޯގަސްޓް - މާލެ އާއި ހުޅުމާލެ ގުޅޭ ހައިވޭގައި މިރޭ ފުލުހުންގެ ކާރެއް ފުރޮޅާލައި އޭގައި ތިބި ތިން މީހަކަށް އަނިޔާވި.

  • 4 ޖުލައި - މާލޭގެ ޓްރެކް ސަރަހައްދު ކައިރިން ދުއްވާފައި ދިޔަ އެމްޓީސީސީގެ ބަހެއްގައި ކާރެއް ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އަންހެނަކު މަރުވި.

ކޮންޓްރޯލް ނުވެ ދިޔަ ކާރެއް އެކުވެނި ޓްރެކް ކައިރިން އެމްޓީސީސީގެ ބަހެއްގައި ޖެހި 4 ޖުލައި 2022 ވަނަ ދުވަހުގެ ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓް. (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)
ކޮންޓްރޯލް ނުވެ ދިޔަ ކާރެއް އެކުވެނި ޓްރެކް ކައިރިން އެމްޓީސީސީގެ ބަހެއްގައި ޖެހި 4 ޖުލައި 2022 ވަނަ ދުވަހުގެ ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓް. (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)
  • 31 މާޗު - ހުޅުމާލޭގައި މިއަދު ހިނގި އެކްސިޑެންޓެއްގައި އަންހެނަކު ޓްރަކެއްގެ ދަށުވެ ވަރަށް ބޮޑަށް އަނިޔާވި. އެކްސިޑެންޓް ހިނގީ ހުޅުމާލޭގެ ދެވަނަ ފިޔަވައްސަށް ދާން ހުރަސް ކުރާ ބްރިޖުން ދިޔަ ސައިކަލަކާއި ޓްރަކެއް ޖެހިގެން. އަނިޔާވީ ސައިކަލް ދުއްވަން އިން އަންހެންމީހާ އަށް.

  • 29 ޖެނުއަރީ - މާލެއިން ހުޅުމާލެއަށް ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް، ހައިވޭ ފެންސްގައި ޖެހި ނުރައްކާތެރި އެކްސިޑެންޓެއް މިރޭ ހިނގި. މި އެކްސިޑެންޓުގައި ދެ މީހަކަށް ވަނީ އަނިޔާވެފައި.

  • 20 ޖެނުއަރީ - ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ ރޭމްޕް މަތީގައި ދުއްވާފައި ދިޔަ ވެހިކަލެއް ލައިޓް ޕޯސްޓެއްގައި ޖެހި އެކްސިޑެންޓެއް އޭގައި ތިބި ދެ މީހަކަށް އަނިޔާވި.

  • 19 ޖެނުއަރީ - ރޭގެ ވަގުތެއްގައި ސިނަމާލެ ބުރިޖުގައި ހިނގި އެކްސިޑެންޓެއްގައި އަނިޔާވި ޒުވާނަކު މިއަދު މަރުވި. އެ އެކްސިޑެންޓުގައި މަރުވީ އައްޑޫ ހުޅުދޫ ހައިކަލް އިސްމާއިލް، 21. އޭނާ މަރުވީ ލިބުނު އަނިޔާތަކަށް އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާ ދެމުންދަނިކޮށް.

  • 1 ޖެނުއަރީ 2022 - ރޭ 10:45 އާއި ދަންވަރު 12އާ ދެމެދު ސިނަމާލޭ ބްރިޖު މަތީގައި ގަޑިއެއްހާއިރުގެ ތެރޭގައި ތިން އެކްސިޑެންޓު ހިނގި ކަމަށް ފުލުހުން ބުނި. ފުރަތަމަ އެކްސިޑެންޓަކީ ކާރަކާއި ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓެއް. ދެން ހިނގި ދެ އެކްސިޑެންޓު ވެސް ހިނގީ ދެ ކާރު ޖެހިގެން. މި އެކްސިޑެންޓުތަކުގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވި ނަމަވެސް، އެކްސިޑެންޓުވި އުޅަނދުތަކަށް އެކި ވަރުގެ ގެއްލުންތައް ލިބުނު.

2021

  • 17 ނޮވެމްބަރު 2021 - ހިނގާފައި ނިކަގަސްމަގު ހުރަސް ކުރަން ދިޔަ އަންހެނެއްގެ ގައިގައި، ބާރު ސްޕީޑެއްގައި ދިޔަ ޕިކަޕަކުން ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގާ. އަނިޔާވި 47 އަހަރުގެ އަންހެން މީހާގެ ވާތުފައި ވަރަށް ބޮޑަށް ޗިސްވެފައި ބުރިކޮށްލަން ޖެހުނު.

  • 16 ނޮވެމްބަރު - ސިނަމާލޭ ބްރިޖުގައި މެންދުރެއްހާއިރު ދެ ސައިކަލެއް ޖެހިގެން ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި އަނިޔާވި މީހުންނަށް ހޮސްޕިޓަލުގައި ފަރުވާދިން.

ކޮމެންޓް (1)

ސެލްނީ

13 ފެބްރުއަރީ 2023
އެއްވެސް ގާނޫނެއް ގަވައިދެއް ތަންފީޒު ކުރެވޭ ގައުމެއް ނޫން. އަހަންނަކަށް ނޭގެ މީ ކިހިނެއް ވާ ކަމެކޭ ބުނާކަށް. އަޖައިބެއް ހަމަ.
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް