ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ވިނަރެސް ފްލެޓްތައް ކައިރިން އުޅަނދުތަކެއް ދުއްވާފައި ދަނީ.(ދައުރު ފޮޓޯ)

އަނެއްކާ ވެސް ހުޅުމާލޭގައި ނުރައްކާތެރި އެކްސިޑެންޓެއް؛ އެކަކަށް ސީރިއަސް އަނިޔާތަކެއް

އަނިޔާވެފައިވާ މީހާއަށް މިހާރު ގެންދަނީ ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާދެމުން؛ ވީޑިއޯ އިން ފެންނަ ގޮތުގައި އޭނާގެ ބޯ ވަނީ ފަޅައިގެން ގޮސްފައި
7 ސެޕްޓެމްބަރު 2024

ހުޅުމާލޭގައި ބުރާސްފަތި ދުވަހުގެ ރޭ ދަންވަރު ހިނގި އެކްސިޑެންޓެއްގައި 23 އަހަރުގެ ޒުވާނަކު މަރުވެފައިވަނިކޮށް އަނެއްކާ ވެސް ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، އިތުރު ޒުވާނަކަށް ސީރިއަސް އަނިޔާތަކެއް ވެއްޖެ އެވެ.

ވީ ކިހިނެއް؟ - ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނި ގޮތުގައި މި އެކްސިޑެންޓް ހިނގާފައިވަނީ މިއަދު ހެނދުނު 6:50 ހާއިރު ހުޅުމާލެ ފޭސް 2ގަ އެވެ. އެގޮތުން:

  • އެކްސިޑެންޓުވެފައި ވަނީ ސައިކަލަކާއި ކާރެއް ޖެހި

  • ސައިކަލު ދުއްވަން އިން މީހާއަށް ސީރިއަސް އަނިޔާތަކެއް ވެފައިވޭ

  • އެމީހާއަށް މިވަގުތު ގެންދަނީ ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާ ދެމުން

  • ފުލުހުން ގެންދަނީ މައްސަލަ ތަހުގީގު ކުރަމުން

ފާހަގަކޮށްލެވޭ - މި އެކްސިޑެންޓުވި ސަރަހައްދުގެ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދައުރުވަމުންދާ އިރު، ވީޑިއޯ އިން ފެންނަ ގޮތުގައި ސައިކަލު ދުއްވަން ޒުވާނާގެ ބޮލަށް ވަނީ އަނިޔާވެފަ އެވެ. 

އެނގުން މުހިއްމު - ހުޅުމާލޭ ސެންޓްރަލް ޕާކް ކައިރިން، އުރީދޫ އޮފީސް އިމާރާތް ކުރިމަތީގައި ބުރާސްފަތި ދުވަހުގެ ރޭ ދަންވަރު ސްޕޯޓްސް ކާރަކުން ޖެހި، ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް އުމުރުން 23 އަހަރުގެ ހަސަން ސަމާހު މަރުވުމާ ގުޅިގެން، ރާއްޖޭގެ މަގުމަތީގެ ރައްކާތެރިކަން ކުޑަކަމުގެ ޝަކުވާ އަނެއްކާ ވެސް ވަނީ ބޮޑުވެފަ އެވެ.

އެކަމާ ގުޅިގެން އެކްސިޑެންޓުތައް މަދު ކުރުމަށްޓަކައި ހާއްސަ ފިޔަވަޅުތަކެއް އަޅަން ރައީސް މުހައްމަދު މުއިއްޒު ވަނީ ނިންމަވާފަ އެވެ. އެ ފިޔަވަޅުތައް އެމަނިކުފާނު ރޭގައި އިއުލާނު ކުރެއްވި އިރު ބާރު ސްޕީޑުގައި ދުއްވާ މީހުންނަށް ހަރުކަށި ފިޔަވަޅު އެޅުމުގެ އިތުރުން ވަކި ވައްތަރުގެ ވެހިކަލް މަނާކުރުމާއި ރޭސިން އާއި ޑްރިފްޓިންއަށް ދޫކޮށްފައިވާ ހުއްދަ ބާތިލް ކުރުން ހިމެނެ އެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް