ކޯޑް އޮފް އެތިކްސް
ތަފާތު ވައްތަރުގެ އެޑިޓޯރިއަލް ކޮންޓެންޓް އުފެއްދުމުގެ އެކި، މަރުހަލާތަކުގައި ނޫސްވެރިން އަމަލުކުރާނީ، ދައުރު ނޫހުގެ ކޯޑް އޮފް އެތިކްސްއާ އެއްގޮތަށެވެ. ނޫސްވެރިކަމުގެ މަސައްކަތް މަތީ ފެންވަރެއްގައި ދަމަހައްޓައި، ޕްރޮފެޝަނަލްކޮށް ނޫސްވެރިކަމުގެ އެކި، މަސައްކަތްތައް ކުރުމުގައި, ތިރީގައިވާ މައިގަނޑު ތިން އަމާޒަށް އިސްކަން ދޭނެ އެވެ.
-
ހަގީގަތްހާމަކުރުން
-
އިންސާފުވެރިވުން
-
ނުފޫޒެއްގެ ދަށުގައި ނުވުން
-
1-
ޚަބަރާއި މައުލޫމާތު އަދި ނޫސްވެރިކަމުގެ އެކި ތަފާތު ކޮންޓެންޓްތައް ގެނެސްދޭނީ ވީހާ ވެސް ބޮޑަށް ހަގީގަތާ -އެއްގޮތަށެވެ. އޮޅުން އަރާ ނުވަތަ ޔަގީންކަމެއް ނެތް މައުލޫމާތެއް ނުހިމަނާނެ އެވެ. އަދި ޚަބަރާ ގުޅުން ހުރި ހުރިހާ ފަރާތެއްގެ މައުލޫމާތު ގެނެސްދެވޭތޯ މަސައްކަތް ކުރާނެ އެވެ.
-
2-
އެއްވެސް ނޫސްވެރިއެއް ސިޔާސީ ހަރަކާތެއްގައި ނުވަތަ ސިޔާސީ ޕާޓީއަކުން ހިންގާ ހަރަކާތެއްގައި ބައިވެރިއެއް ނުވާނެ އެވެ. އެކަމަކު ނޫސްވެރިއެއްގެ ގޮތުން އެފަދަ ހަރަކާތެއްގެ ހަބަރު އުފެއްދުމަށް ކުރަންޖެހޭ މަސައްކަތް މީގެތެރޭގައި ނުހިމެނެ އެވެ.
-
3-
ލިޔާއިރު، މައުލޫމާތު ދޭ ފަރާތުގެ ނަން ހިމަނާނެ އެވެ. މައުލޫމާތު ދޭ ފަރާތުގެ ނަން ނުހިމަނާނީ ކޮންމެހެން ސިއްރު ކުރަން ޖެހިއްޖެ ހިނދެއްގަ އެވެ.
-
4-
މީހުންގެ ޒާތީ ވާހަކަތައް އާއްމު ކުރާނެ މިންވަރު ނޫސްވެރިޔާ ދެނެގަންނާނީ، މުޖުތަމައު އެކަމެއް އެނގެން ބޭނުންވާނެ މިންވަރަށް ބަލައިފަ އެވެ.
-
5-
ހަބަރަށް މައުލޫމާތު ހޯދާއިރު ނޫސްވެރިޔާ އަކީ ކާކުކަން ހާމަކުރާނެ އެވެ.
-
6-
ނޫސްވެރިޔާ އިންޓަވިއު ރެކޯޑް ކުރާނީ އިންޓަވިއު ދޭ މީހާގެ ރުހުމާ އެކުގައެވެ. އިންޓަވިއު ދޭ މީހާއަށް ނޭނގި ރެކޯޑް ކުރާނީ، އެކަން ކޮންމެހެން ސިއްރު ކުރަން ޖެހިއްޖެ ހިނދެއްގަ އެވެ.
-
7-
ލިޔުންތަކުގެ ބަހުރުވަ. ހުންނާނީ ރީތިކޮށް އަދި ސާދާކޮށް، ކިއުންތެރިނަށް އޮޅުން ނާރާ ގޮތަށެވެ.
-
8-
އެއްޗެއް ލިޔުއްވުމަށް، ނުވަތަ އުފައްދައި ޕަބްލިޝްކުރުމަށް، އެއްވެސް ފަރާތަކުން ދޭ ރިޝްވަތެއް ނޫސްވެރިޔާ ނުހިފާނެ އެވެ. ނޫސްވެރިކަމުގެ މަސައްކަތުގައި އޭނާއަށް ލިބިފައިވާ އިޚްތިޔާރު އަމިއްލަ މަސްލަހަތަކަށް ބޭނުމެއް ނުކުރާނެ އެވެ.
-
9-
ކުޑަކުދިން ކުރާ ނޭދެވޭ އަމަލުތަކުގެ ވާހަކަތައް ނޫހުގައި ލިޔާއިރު، އެކުދިންގެ ނަމެއް ނުހިމަނާނެ އެވެ.
-
10-
ލިޔުނު އެއްޗެއް ނުވަތަ އުފެއްދި ކޮންޓެންޓެއްގައި ކުށެއް ވާކަން އެނގިއްޖެނަމަ ވީހާވެސް އަވަހަކަށް، އެކުށެއް އިސްލާހު ކުރާނެ އެވެ.