ހުޅުމާލޭގައި ރޭ ފަތިހު އެކްސިޑެންޓު ހިނގި ސަރަހައްދު ފުލުހުން ބަންދުކޮށްފައި (ފޭސްބުކް ފޮޓޯ/މައުރޫފް ހުސައިން)
ބާރު ސްޕީޑުގައި ވެހިކަލް ދުއްވާ މީހުންނާ މެދު ހަރުކަށި ފިޔަވަޅު އަޅަން ރައީސް ނިންމަވައިފި
ބާރު ސްޕީޑުގައި ވެހިކަލް ދުއްވާ މީހުންނާ މެދު ހަރުކަށި ފިޔަވަޅުތައް އަޅަން ގާނޫނާއި ގަވާއިދަށް ގެންނަން ޖެހޭ ބަދަލުތައް ގެނެސް، އެކަންކަން ތަންފީޒުކުރަން ފަށަން ސަރުކާރުގެ ކަމާ ގުޅުން ހުރި އިދާރާތަކަށް އަންގަވާފައިވާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ބާރު ސްޕީޑެއްގައި ދުއްވި ސްޕޯޓްސް ކާރަކާއި ސައިކަލެއް ޖެހި ރޭ ދަންވަރު ހިނގި އެކްސިޑެންޓެއްގައި ކަރެކްޝަނަލް ސާވިސްގެ އޮފިސަރު ހަސަން ސަމާހު، 23، ވަނީ މަރުވެފަ އެވެ.
ތަފްސީލް - އެކަމާ ގުޅޭ ގޮތުން ރައީސް 'އެކްސް'ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރާއްޖޭގެ އެއްވެސް ރަށެއްގައި، އެއްވެސް ވަގުތަކު ބާރު ސްޕީޑުގައި ވެހިކަލް ދުއްވާ ފަރާތްތަކާ މެދު ހަރުކަށި ފިޔަވަޅުތައް އަޅާނެ ކަމަށެވެ.
އޭގެ އިތުރުން އެ ޕޯސްޓުގައި ރައީސް ވިދާޅުވީ:
-
އެފަދަ އެކްސިޑެންޓުތައް ހުއްޓުވަން ހުރިހާ އެންމެންގެ އެއްބާރުލުން ބޭނުންވާ ކަމަށް
-
މާލެ އާއި ރަށްރަށުގެ މަގުތަކަކީ އެންމެނަށް އަމާންކަމާ އެކު ބޭނުންކުރެވޭ ތަނަކަށް ހެދުމަށް ސަރުކާރުން ކުރަން ޖެހޭ އެންމެހާ ކަންކަން ކުރާނެ ކަމަށް
ނުރައްކާތެރިކޮށް ދުއްވުމުގެ ސަބަބުން ވި އެކްސިޑެންޓެއްގައި ރޭ މެންދަމުވަނީ ވަރަށް ހިތާމަވެރި ޙާދިސާއެއް ހިނގާ އަނެއްކާވެސް މީހެއްގެ ފުރާނަ ގެއްލިފައި. ރޭގައި ހިތާމަވެރި ގޮތެއްގައި މި ދުނިޔެ ދޫކުރި 23 އަހަރުގެ ޒުވާން ޙަސަން ސަމާޙުގެ ފުރާނައަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު…
— Dr Mohamed Muizzu (@MMuizzu) September 6, 2024
"ނުރައްކާތެރިކޮށް ދުއްވުމުގެ ސަބަބުން ވި އެކްސިޑެންޓެއްގައި ރޭ މެންދަމުވަނީ ވަރަށް ހިތާމަވެރި ހާދިސާއެއް ހިނގާ އަނެއްކާވެސް މީހެއްގެ ފުރާނަ ގެއްލިފައި. ރޭގައި ހިތާމަވެރި ގޮތެއްގައި މި ދުނިޔެ ދޫކުރި 23 އަހަރުގެ ޒުވާން ޙަސަން ސަމާޙުގެ ފުރާނައަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރައްވަވާ، އާއިލާއަށް ކެތްތެރިކަން ދެއްވަވާށި! އާމީން،" ރައީސްގެ ޕޯސްޓުގައި ވިދާޅުވި އެވެ.
އެނގުން މުހިންމު - ސަމާހު އެވަގުތު ދިޔައީ ރޭ ފަތިހު ފެށި ޓީއެފްޖީގެ ހާފް މެރަތަންގައި ދުވަން ކަމަށްވެ އެވެ.
އެ އެކްސިޑެންޓުގައި ހިމެނޭ ސްޕޯޓްސް ކާރު ދުއްވަން އިން މީހާ ހައްޔަރުކޮށް އޭނާގެ ވަނަވަރު ފުލުހުން ވަނީ އާންމުކޮށްފަ އެވެ. ފުލުހުން ބުނި ގޮތުގައި ހައްޔަރުކޮށްފައިވަނީ:
-
މުހައްމަދު ވިސާމް ސިދުގީ، 26
-
އޭނާގެ އެޑްރެހަކީ ވަޔޮލެޓްފެހި/އައްޑޫ ހިތަދޫ
ފުލުހުން ކުރިން ބުނެފައިވާ ގޮތުގައި ވިސާމް އަތުގައި ކާރު ދުއްވުމުގެ ލައިސަންސެއް ނޯވެ އެވެ.
ކޮމެންޓް (1)
ބަހާރީބަހާރީ