ކުޅުދުއްފުށީގައި ހިނގި އެކްސިޑެންޓުގައި ހަތަރު މީހަކަށް އަނިޔާވި.

ކުޅުދުއްފުށީގައި ނުރައްކާތެރި އެކްސިޑެންޓެއް: 4 މީހަކަށް ފަރުވާދެނީ؛ އެކަކު ސީރިއަސް

ހދ. ކުޅުދުއްފުށީގައި މިއަދު ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ހަތަރު މީހަކަށް އަނިޔާވެ، އެކަކުގެ ހާލު ސީރިއަސްވެއްޖެ އެވެ.

ވީ ކިހިނެއް؟ - މި އެކްސިޑެންޓު ހިނގާފަައިވަނީ މިއަދު ހެނދުނު ދުއްވާފައި ދިޔަ ތިން ސައިކަލް ޖެހިގެންނެވެ.

ތަފްސީލް - ކުޅުދުއްފުށީ ހޮސްޕިޓަލުގެ އޮފިޝަލަކު 'ދައުރު'އަށް ވިދާޅުވި ގޮތުގައި، އެކްސިޑެންޓުގައި އަނިޔާވެގެން ހަތަރު މީހަކު އެ ހޮސްޕިޓަލަށް ގެންދިޔައީ މިއަދު 11:50 ހާއިރު އެވެ.

ހޮސްޕިޓަލަށް ގެންދިޔަ މީހުންގެ ތެރެއިން:

  • ހާލު ސީރިއަސް ވެގެން ފަރުވާދެމުން އަންނަނީ 19 އަހަރުގެ ފިރިހެނަކަށް

  • ސީޓީ ސްކޭނުން ދައްކަނީ، 19 އަހަރުގެ މީހާގެ ބޮލަށް ގެއްލުން ލިބިފައިވާ ކަމަށް

  • އޭނާގެ މޫނުމަތީގެ ކަށިތަކަށް ވެސް އަނިޔާވެފައިވޭ

  • މި ވަގުތު އޭނާއަށް ފަރުވާދެމުން އަންނަނީ އައިޖީއެމްއެޗުގެ ޑޮކްޓަރުންނާ ގުޅިގެން، ކުޅުދުއްފުށީ ހޮސްޕިޓަލުގައި ބާއްވައިގެން

  • އަނެއް ހަތަރު މީހުންގެ ގައިގެ އެކި ތަންތަން މަށައިގެން ދިއުން ފިޔަވައި މާ ބޮޑު އަނިޔާއެއް ނުލިބޭ

ގުޅުން ހުރި ކަމެއް - ކުޅުދުއްފުށީ ހޮސްޕިޓަލުން ބުނި ގޮތުގައި، އެކްސިޑެންޓުގައި އަނިޔާވެގެން ގެންދިޔަ ހަތަރު މީހުންނާ އެކު އިތުރު މީހަކު ވެސް ހޮސްޕިޓަލަށް ގެންދިޔަ އެވެ. އޭނާ ގެންދިޔައި ހޭނެތިގެންނެވެ.

އެއީ އެ ހާދިސާ ހިނގި ވަގުތު އެ މަންޒަރު ފެނުނު މީހެއް ކަމަށް ހޮސްޕިޓަލުން ބުންޏެވެ. އޭނާގެ ހޭ މިހާރު އަރާފައި ވާއިރު، އޭނާގެ ހާލު ރަނގަޅު ކަމަށް ވެސް އެ ތަނުން ބުންޏެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް