ރ. މަޑުއްވަރީ
މަޑުއްވަރީގައި ޕިކަޕަކުން ޖެހި މީހަކު މަރުވެއްޖެ
އޭނާ މަރުވީ، އެ ހާދިސާގެ ސަބަބުން ލިބުނު އަނިޔާތަކަށް އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް
9 އޭޕްރީލު 2023
ރ. މަޑުއްވަރީގައި ޕިކަޕަކުން ޖެހި މީހަކު މަރުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ މަޑުއްވަރީގަައި ޕިކަޕެއް ފަހަތަށް ޖެއްސި ވަގުތު، ފަހަތުގައި ހުރި މީހެއްގެ ގައިގައި ޕިކަޕުން ޖެހުނު ކަމުގެ ރިޕޯޓް މިއަދު މެންދުރު ލިބިފައިވާ ކަމަށެވެ.
ތަފްސީލު - އޭނާ މަރުވީ، އެ ހާދިސާގެ ސަބަބުން ލިބުނު އަނިޔާތަކަށް އުނގޫފާރު ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށް ކަމަށް ފުލުހުން ބުންޏެވެ.
އެ ހާދިސާގައި މަރުވީ މަޑުއްވަރީ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް، އަހުމަދު އަސްލަމް، 40އ. އެވެ.
އެ ހާދިސާ އާ ގުޅިގެން ބަލަން ޖެހޭ ކަންތައް ބަލަމުންދާ ކަމަށް ފުލުހުން ބުންޏެވެ.