ސިނަމާލެ ބްރިޖްގެ ހައިވޭ. (ދައުރު ފޮޓޯ/އަބްދުﷲ އިޔާން)

ބްރިޖު ހައިވޭއިން ކަހާލައިގެން ވެއްޓި އެކްސިޑެންޓުވި މީހަކު މަރުވެއްޖެ

މަރުވެފައިވަނީ ސްރީ ލަންކާ ފިރިހެނެއް؛ އޭނާ މަރުވީ ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް

މާލެ އިން ހުޅުމާލެއަށް ދަތުރުކުރާ ހައިވޭ މަތިން ސައިކަލެއް ކަހާލައިގެން ވެއްޓި ހިނގި އެކްސިޑެންޓެއްގައި މީހަކު މަރުވެއްޖެ އެވެ.

ވީ ކިހިނެއް؟ - ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައިވާ ގޮތުން:

  • އެ އެކްސިޑެންޓު ހިނގިކަން ރިޕޯޓްކޮށްފައިވަނީ އިއްޔެ ހެނދުނު 6:40 ހާއިރު

  • އެކްސިޑެންޓު ހިނގާފައިވަނީ ސައިކަލު ކަހާލައިގެން ގޮސް ހައިވޭގައި ހުރި ފެންސްތަކުގައި ޖެހިގެން

  • އެ ހާދިސާގައި އަނިޔާވެފައިވަނީ ސްރީ ލަންކާ ފިރިހެނަކަށް

ތަފްސީލް - ފުލުހުން ބުނި ގޮތުގައި، އޭނާ މަރުވެފައިވަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށެވެ. އޭނާއަށް ފުރަތަމަ ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާ ދިނުމަށް ފަހު އިތުރު ފަރުވާއަށް އޭޑީކޭއަށް ގެންގޮސްފައިވެ އެވެ. އޭނާ މަރުވީ އޭޑީކޭގައި ފަރުވާ ދެމުން ދަނިކޮށް މިއަދުގެ ވަގުތެއްގަ އެވެ.

މި ހާދިސާއާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށް ފުލުހުން ބުންޏެވެ.

ކޮމެންޓް (1)

ކިރުއިބިލީސް

23 ޖޫން 2024
މި ހާދިސާއާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށް ފުލުހުން ބުންޏެވެ. މިއީ ހީވާގޮތުން ފުލުހުންގެ މޮޓޯ. ކޮންމެހާދިސާއެއްގެވެސްް ފަހުބަސް. ބަލަންޖެހޭކަންތައްތައް ބަލާ އެކަމުގެ ތަފްސީލެއް ދުވަހަކުވެސް ހާމައެއްނުކުރެވޭ.
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް