ސިނަމާލެ ބްރިޖު ސަރަހައްދު (ދައުރު ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)

ބްރިޖު ކައިރީ އެކްސިޑެންޓެއްވެ 3 މީހުންނަށް އަނިޔާވެއްޖެ

އެމީހުންނަށް ވީ އަނިޔާގެ ތަފްސީލު އަދި ސާފެއް ނުވޭ، ފުލުހުން ބުނީ އެކްސިޑެންޓު އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް

ބްރިޖު ލައިޓު ކައިރީ ހިނގި އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެ ހޮސްޕިޓަލުގައި ފަރުވާ ދޭން ފަށައިފި އެވެ.

ވީ ކިހިނެއް؟ - ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ އެކްސިޑެންޓު ހިނގީ މިއަދު 5:26 ހާއިރު ކަމަށެވެ.

ތަފްސީލް - އެ އެކްސިޑެންޓުގައި ތިން މީހަކަށް އަނިޔާވި ކަމަށް ފުލުހުން ބުންޏެވެ.

އޭގެ ތެރެއިން އެއް ސައިކަލު ދުއްވަން އިން21 އަހަރުގެ ފިރިހެން މީހާ އާއި އޭނާގެ ފަހަތުގައި އިން 19 އަހަރުގެ އަންހެން މީހާ އަށް އައިޖީއެމްއެޗުގައި ފަރުވާ ދެމުންދާ ކަމަށާއި އަނެއް ސައިކަލުގައި އިން43 އަހަރުގެ ފިރިހެން މީހާ އަށް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ ކަމަށް ފުލުހުން ބުންޏެވެ.

އެމީހުންނަށް ލިބުނު އަނިޔާގެ ތަފްސީލެއް ސާފެއް ނުވެ އެވެ.

ފުލުހުން ބުނީ އެކްސިޑެންޓު އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް