މިއަދު ފަތިހު ހުޅުމާލޭގައި ހިނގި އެކްސިޑެންޓުގައި ކާރު ފުރޮޅާލާފައި (ފޮޓޯ/އެކްސް)

ހުޅުމާލޭގައި ކާރެއް ފުރޮޅާލައި އެކްސިޑެންޓެއް ހިނގައިފި

އެ އެކްސިޑެންޓުގައި ކާރުގައި އިން އަންހެނަކަށް ވަނީ އެކިވަރުގެ އަނިޔާތައް ވެފައި ކަމަށް ފުލުހުން ބުނި
24 އޭޕްރީލު 2024

ހުޅުމާލޭ ފޭސް އެކެއްގައި ދުއްވަމުން ދިޔަ ކާރެއް ފުރޮޅާލައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި އަންހެނަކަށް އަނިޔާވެއްޖެ އެވެ.

ވީ ކިހިނެއް؟ - ފުލުހުން ބުނީ މިއަދު ފަތިހު 5:30 އެހާއިރު އެ އެކްސިޑެންޓް ހިނގީ ދުއްވަމުން ދިޔަ ކާރެއް ކޮންޓްރޯލުން ނެއްޓި ފުރޮޅާލައިގެން ކަމަށެވެ. 

ތަފްސީލް - ފުލުހުން ބުނީ ކާރު ފުރޮޅާލިއިރު އޭގެ ފަހަތު ސީޓްގައި އަންހެނަކު އިން ކަމަށާއި އޭނާއަށް އެކި ވަރުގެ އަނިޔާވެ ހޮސްޕިޓަލްގައި ފަރުވާދެމުން އަންނަ ކަމަށެވެ. އެހެން ނަމަވެސް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުނީ އޭނާގެ ހާލު ސީރިއަސް ނޫން ކަމަށެވެ. 

މީގެ އިތުރުން ފުލުުހުން ބުނީ: 

  • ކާރު ދުއްވަން އިން މީހާގެ ލައިސަންސް ވަނީ ހިފަހައްޓާފައި

  • ކާރު އެތަނުން ނެގުމުގެ މަސައްކަތް ވަނީ ފަށާފައި 

ފާހަގަކޮށްލެވޭ - ހުޅުމާލެ އާއި އެ އަވަށަށް ދަތުރުކުރާ ބްރިޖާއި އަދި ހައިވޭގައި އެކްސިޑެންޓްތައް ހިނގުން ވަރަށް އާންމެވެ. އަދި އެފަދަ އެކްސިޑެންޓްތަކުގައި ބޮޑެތި އަނިޔާތައް ވުމުގެ އިތުރަށް މީހުން މަރުވެފައި ވެސްވެ އެވެ. 

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް