ސިނަމާލެ ބްރިޖުގައި މީގެ ކުރިން ކާރަކާއި ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓަކަށް ފަހު ފުލުހަކު ޓްރެފިކް ބަލަހައްޓަނީ (ދައުރު ފޮޓޯ/އަބްދުﷲ އިޔާން)

ބްރިޖުގައި މަސައްކަތް ކުރަން ހުރި މީހެއްގެ ގައިގައި ސައިކަލަކުން ޖެހި އަނިޔާވެއްޖެ

މި އެކްސިޑެންޓުގައި ސައިކަލު ދުއްވި މީހާއަށް ވެސް އަނިޔާވި

ސިނަމާލެ ބްރިޖުގައި ރޭ ހިނގި އެކްސިޑެންޓެއްގައި، ބްރިޖުގެ މަރާމާތު މަސައްކަތެއް ކުރަން ހުރި މީހަކަށް އަނިޔާވެއްޖެ އެވެ.

ވީ ކިހިނެއް؟ ރޭ 9:35 ހާއިރު މި އެކްސިޑެންޓް ހިނގީ ހުޅުމާލެއިން މާލެއަށް ދަތުރުކުރާ ފަޅިން ދުއްވާފައި ދިޔަ ސައިކަލަކުން އެ މީހާގެ ގައިގައި ޖެހިގެންނެވެ.

ތަފްސީލް - ފުލުހުން މިއަދު ބުނިގޮތުގައި ސައިކަލު ދުއްވި މީހާއަށް ވެސް އަނިޔާވެގެން ހޮސްޕިޓަލަށް ގެންގޮސްފައިވެ އެވެ.

އަނިޔާވެގެން އައިޖީއެމްއެޗް ހޮސްޕިޓަލަށް ގެންދިޔައީ:

  • ސައިކަލު ދުއްވި 49 އަހަރުގެ ދިވެހި ފިރިހެނެއް؛ އޭނާގެ އަތުގައި ލައިސަންސް އޮތް ކަމަށް ފުލުހުން ބުނި

  • ބްރިޖުގައި މަސައްކަތްކުރަން ހުރި 30 އަހަރުގެ ބަންގްލަދޭޝް ފިރިހެނެއް

އެ މީހުންނަށް ލިބިފައިވާ އަނިޔާތަކުގެ ތަފްސީލެއް ފުލުހުން ނުދެ އެވެ. އަދި އައިޖީއެމްއެޗްއަށް ގުޅުމުން ފޯނަށް ޖަވާބު ނުދޭތީ އެ މައުލޫމާތު ސާފުވާ ގޮތެއް ނުވެ އެވެ.

ކޮމެންޓް (1)

ސަލީމު

7 ޖުލައި 2023
މަސައްކަތް ކުރަން ހުރި މީހާ ރައްކާތެރިކަމަށް އެއްވެސް ފިޔަވަޅެއް އަޅައިގެންތަ ހުރީ؟ މަސައްކަތް ހިނގަމުންދާކަން އެނގޭނެ ގޮތެއް އޮތްތަ؟ ހަބަރު ލިޔާއިރު ވެސް އެއްޗެއް އޮޅުން ފިލާހެން ލިޔެބަލަ
1 2

އިތުރު އާޓިކަލް

އިތުރު އާޓިކަލް