އެކްސިޑެންޓުގެ ސީސީޓީވީ ސްކްރީން ޝޮޓެއް (ފޮޓޯ/އެމްވީ ކްރައިސިސް)
ހަމަޖެހިލައިގެން ވެސް ނީނދެވުނު، ކާރު އައިސް ޖެހުމުން މީހާ ދިޔައީ މަތިމަތިން
މަގުގެ އަރިމަތީގައި މަޑުކޮށްލައިގެން އިން މީހެއްގެ ގައިގާ، ބާރު ސްޕީޑެއްގައި ދިޔަ ކާރަކުން ޖެހި މިއަދު ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި މީހަކަށް ވަރަށް ބޮޑަށް އަނިޔާވެއްޖެ އެވެ.
ވީ ކިހިނެއް؟- ފުލުހުން ބުނިގޮތުގައި ހުޅުމާލޭ-2ގައި ވިނަރެސް ފްލެޓް ކައިރީގައި މިއަދު މެންދުރު ހިނގި މި އެކްސިޑެންޓުގައި އަނިޔާވި ފިރިހެން މީހާއަށް ދަނީ ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ. އޭނާގެ ހާލު އަދި ސާފުވާގޮތް ނުވި ނަމަވެސް، އެނގިފައިވާ ގޮތުގައި ބޮޑެތި އަނިޔާތަކެއް ވަނީ ލިބިފަ އެވެ.
މި އެކްސިޑެންޓު ހިނގާ ދިޔަ ގޮތް ފެންނަ ސީސީޓީވީ ފުޓޭޖް މިހާރު ވަނީ އާއްމުވެފަ އެވެ. އެއިން ފެންނަ ގޮތުގައި އަނިޔާވި ފިިރިހެން މީހާ ސައިކަލުގައި ދަމުން، މަގުގެ އަރިމައްޗަށް ޖެހިލައި މަޑުކޮށްލަ އެވެ. ލަފާ ކުރެވޭ ގޮތުން އޭނާއަށް ފޯނެއް އައީ އެވެ. އެކަމަކު މަގުގެ އަރިމަތީގައި މަޑުކޮށްލައި ޖީބުން ފޯނު ނެގުމުގެ ކުރިން ބާރު ސްޕީޑެއްގައި އައި ކާރު، ކޮންޓްރޯލް ނުވެ ގޮސް އެ މީހާ ގައިގާ ޖެހެ އެވެ.
ރަތް ކުލައިގެ އެ ޕްރައިވެޓް ކާރު ފިރިހެން މީހާގެ ގައިގައި ޖެހުމާ އެކު އެ މީހާ ވިއްސައިގެން ދިޔައީ ކާރުގެ މަތިންނެވެ. ކާރު ދިޔަ ސްޕީޑުގައި ގޮސް، އެތަނުގައި ހުރި ގަހެއްގައި ޖެހި އެ ގަސް ވެސް ވެއްޓޭ ތަން ފުޓޭޖުން ފެނެ އެވެ.
އާއްމުވެފައިވާ އެހެން ވީޑިއޯއަކުން ފެންނަ ގޮތުގައި އެކްސިޑެންޓުގައި ކާރަށް ވެސް ވަނީ ވަރަށް ބޮޑަށް ގެއްލުން ލިބިފަ އެވެ. އެގޮތުން ކާރުގެ ކުރީކޮޅު އެއްކޮށްހެން ވަނީ ހަލާކުވެފަ އެވެ.
އެ ވީޑިއޯތައް ސޯޝަލް މީޑިއާގައި އާއްމުވެފައިވާއިރު ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާާޅުކުރަމުންނެވެ.
"ބައެއް މީހުން އުޅަނދު ދުއްވާ ގޮތުން މިހާރު ތަނެއްގައި ހަމަޖެހިލައިގެން ނީނދެވޭ،" ވީޑިއޯއަށް ކޮމެންޓު ކުރި މީހަކު ބުންޏެވެ.
"މި ފަދަ މީހުންގެ ލައިސަންސް މުޅި އުމުރަށް ހިފަހައްޓަން ޖެހޭ. ކުށެއް ނެތް މީހަކަށް ކިހާ ބޮޑު ގެއްލުމެއް މި ދެވުނީ،" އެހެން މީހަކު ބުންޏެވެ.
ފުލުހުން ބުނީ މި އެކްސިޑެންޓު ހިނގައި ދިޔަ ގޮތް މިހާރު ބަލަމުންދާ ކަމަށެވެ.
ކޮމެންޓް (15)
ޢަލީ ހަސަނު
ޙަސަންތަކުރުބޭ
ށަޒާ
އެޑްމުންޑޯ
ބޭކާރު
ގަމަރުގިރިތައް
ސަމާ އަދުނާނު
އިހުސާނު
ޢެކްސް
ހެއިބަލި
ދައުރު
ޙަދަނާ
ލާމު
މަމެން
ތަމެން