މެމްބަރު ސައުދަށް މިއަދު ހޮސްޕިޓަލުގައި ފަރުވާ ދެނީ. ފޮޓޯ/ޓުވިޓާ/މިދުއަމް ސައުދު

މެމްބަރު ސައުދުއަށް ހައިވޭ އެކްސިޑެންޓެއްގައި ބޮޑެތި އަނިޔާތަކެއް

އޭނާގެ ހާލު ސްޓޭބަލް ކަމަށް އާއިލާއިން ބުނޭ

ސިނަމާލެ ބްރިޖުގެ ހައިވޭ މަތީގައި މިއަދު ހިނގި އެކްސިޑެންޓެއްގައި، ރައްޔިތުންގެ މަޖިިލީހުގެ ވިލިނގިލި ދާއިރާގެ މެމްބަރު ސައުދު ހުސެންއަށް މިއަދު އަނިޔާވެއްޖެ އެވެ.

ވީ ކިހިނެއް؟ ސައުދުގެ އާއިލާއިން ވާހަކަ ދެއްކެވި އެންވަރަމެންޓް މިނިސްޓްރީގެ ޑިރެކްޓަރު ޝަހުރާބު އަބްދުﷲ ވިދާޅުވި ގޮތުގައި ސައުދު އެކްސިޑެންޓުވީ، މިއަދު ހެނދުނު މަޖިލީހަށް ވަޑައިގެންނެވި މަގުމަތީގަ އެވެ. 

ތަފްސީލް - ބްރިޖްގެ ހުޅުމާލެއާ ވީ ފަޅިން ހައިވޭގައި ވަޑައިގަންނަވަނިކޮށް، ކުރިމަތީގައި އޮތް ޕިކަޕެއް ކުއްލިއަކަށް މަޑުކުރުމުން ސައުދަށް ސައިކަލުގެ ބުރެކި ނުޖެއްސި އޭގައި ގޮސް ޖެހުނީ ކަމަށް ޝަހުރާބު ވިދާޅުވި އެވެ.

އެ އެކްސިޑެންޓުގައި އޭނާގެ އަތުގެ ކޮނޑުހުޅު އަދި ކަކުލުހުޅާ ދިމާއިން ވަރަށް ބޮޑަށް ވީދައިގެން ދިޔަ އެވެ. އަދި އަތުގެ ކުޑަހުޅަށް ވެސް އަނިޔާވި އެވެ.

"ވީދައިގެން ދިޔަ ތަންތަނުން މަސްގަނޑު ފެހުމަށް މިހާރު ތިއޭޓަރުގައި އޮޕަރޭޝަން ކުރަމުން ދަނީ. ހާލު އަނެއްހެން ސްޓޭބަލް،" ޝަހުރާބު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ހެލްމެޓް އަޅައިގެން ހުންނެވުމުގެ ސަބަބުން ސައުދުގެ ބޮލަށް ގެއްލުންވެ ހެޔަށް ގޮތެއްނުވާ ކަމަށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް