މިދިޔަ ބުދަ ދުވަހުގެ ރޭ ދަންވަރު ދަރުބާރުގެ ކައިރީގައި ސައިކަލަކާއި ކާރެއް ޖެހި ހިނގި އެކްސިޑެންޓުގައި އެ ދެ އުޅަނދަށް ގެއްލުން ލިބިފައި: ސައިކަލު ދުއްވަން އިން ޒުވާނާ ވަނީ މަރުވެފައި
ދަރުބާރުގެ ކައިރީ ހިނގި އެކްސިޑެންޓު: ފަރުވާ ދެމުންދަނިކޮށް 21 އަހަރުގެ ޒުވާނާ މަރުވެއްޖެ
ދަރުބާރުގެ ކައިރިން މިދިޔަ ބުދަ ދުވަހުގެ ރޭ ދަންވަރު ހިނގި އެކްސިޑެންޓުގައި އަނިޔާވި 21 އަހަރުގެ ޒުވާނާއަށް ފަރުވާ ދެމުންދަނިިކޮށް ރޭ މަރުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ބޮޑުތަކުރުފާނު މަގާއި ކޮއިމަލާ ހިނގުން ގުޅޭ ކަންމަތީގައި ކާރަކާއި ސައިކަލެއް ޖެހި އެރޭ ދަންވަރު 12:50ހާއިރު ހިނގި މި އެކްސިޑެންޓަށް ފަހު، އައިޖީއެމްއެޗްގައި ފަރުވާ ދެމުން ދިޔައީ ސައިކަލް ދުއްވަން އިން މުހައްމަދު ލީވާންއަށެވެ.
ލީވާން ރޭ މަރުވެފައިވާކަން ގާތް މީހަކު 'ދައުރު'އަށް ކަށަވަރުކޮށްދިނެވެ.
މި އެކްސިޑެންޓުގައި ލީވާން ދުއްވަން އިން ސައިކަލަށް ވަރަށް ބޮޑަށް ގެއްލުންވެފައިވެ އެވެ. ސައިކަލު ގޮސް ޖެހިފައި ވަނީ ކާރުގެ ވާތްފަރާތު ކުރީ ދޮރުގަ އެވެ.
ފާހަގަކޮށްލެވޭ ކަމެއް - މިއީ މިދިޔަ ދެ ދުވަސް ތެރޭ އެކްސިޑެންޓު ވެގެން މަރުވި ދެވަނަ ޒުވާނާ އެވެ. އެގޮތުން:
-
މިދިޔަ ހުކުރު ދުވަހުގެ ހުޅުމާލޭގައި ސްޕޯޓް ކާރަކާއި ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓެއްގައި އުމުރުން 23 އަހަރުގެ ހަސަން ސަމާހް ވަނީ މަރުވެފައި
-
އެ އެކްސިޑެންޓާ ގުޅިގެން، ކާރު ދުއްވި މުހައްމަދު ވިސާމް، 26، ހައްޔަރުކޮށް ޝަރީއަތް ނިމެންދެން ވަނީ ބަންދުކޮށްފައި؛ އޭނާގެ އަތުގައި ކަރު ދުއްވުމުގެ ލައިސެންސެއް ނޯވޭ
ސަރުކާރުން މިހާރު ވަނީ އެކްސިޑެންޓުތައް މަދުކުރުމަށްޓަކައި ހަރުކަށި ފިޔަަވަޅުތަކެއް އެޅުމަށް ނިންމާފަ އެވެ.
ކޮމެންޓް (2)
ޓްރާންސްޕޯޓް މިނިސްޓާރ
ޓްރާންސްޕޯރޓް މިނިސްޓަރ