ހުޅުމާލެ ފޭސް 1 އާއި 2 ގުޅުވައިދޭ ބްރިޖު ހިމެނޭ ސަރަހައްދު: އެ ސަރަހައްދުގައި މިއަދު ވަނީ އެކްސިޑެންޓެއް ހިނގާފައި (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

ހުޅުމާލެ ފޭސް 2 ބްރިޖް ކައިރި އެކްސިޑެންޓެއް ހިނގައިފި

އެ އެކްސިޑެންޓުގައި ސައިކަލު ދުއްވި މީހާގެ ގައިގެ ބައެއް ތަންތަނުން ހަން މެށިފައިވޭ
11 ސެޕްޓެމްބަރު 2024

ހުޅުމާލެ ފޭސް 1 އާއި ފޭސް 2 ގުޅޭ ބްރިޖް ކައިރީ ކާރަކާއި ސައިކަލެއްޖެހި އެކްސިޑެންޓެއް ހިނގައިފި އެވެ.

ވީ ކިހިނެއް؟ - ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ އެ ސަރަހައްދުގައި އެކްސިޑެންޓެއް ހިނގައިގެން އުޅޭ ކަމުގެ ރިޕޯޓް ލިބުނީ މިއަދު ހެނދުނު ކަމަށެވެ. 

ތަފްސީލް - ފުލުހުން ބުނީ އެ އެކްސިޑެންޓުގައި ސައިކަލު ދުއްވި މީހާގެ ގައިގެ ބައެއް ތަންތަން ހަން މެށިފައިވާ ކަމަށެވެ. އަދި އެ އެކްސިޑެންޓާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް ވެސް ބުންޏެވެ. 

ގުޅުންހުރި - މިދިޔަ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ހުޅުމާލޭގައި ނުރައްކާތެރި އެކްސިޑެންޓުތައް ހިނގާ މިންވަރު ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ. އެގޮތުން ހުޅުމާލޭ ސެންޓްރަލް ޕާކް ކައިރިން، އުރީދޫ އޮފީސް އިމާރާތް ކުރިމަތީގައި ބުރާސްފަތި ދުވަހުގެ ރޭ ދަންވަރު ސްޕޯޓްސް ކާރަކުން ޖެހި، ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް އުމުރުން 23 އަހަރުގެ ހަސަން ސަމާހު މަރުވުމާ ގުޅިގެން، ރާއްޖޭގެ މަގުމަތީގެ ރައްކާތެރިކަން ކުޑަކަމުގެ ޝަކުވާ އަނެއްކާ ވެސް ވަނީ ބޮޑުވެފަ އެވެ.

އެކަމާ ގުޅިގެން އެކްސިޑެންޓުތައް މަދު ކުރުމަށްޓަކައި ހާއްސަ ފިޔަވަޅުތަކެއް އަޅަން ރައީސް މުހައްމަދު މުއިއްޒު ވަނީ ނިންމަވާފަ އެވެ. އެ ފިޔަވަޅުތަކުގެ ތެރޭގަިއ ހިމެނެނީ، ބާރު ސްޕީޑުގައި ދުއްވާ މީހުންނަށް ހަރުކަށި ފިޔަވަޅު އެޅުމުގެ އިތުރުން ވަކި ވައްތަރުގެ ވެހިކަލް ރާއްޖެ އެތެރެކުރުން މަނާކުރުމާއި ރޭސިން އާއި ޑްރިފްޓިންއަށް ހުޅުމާލޭން ދޫކޮށްފައިވާ ހުއްދަ ބާތިލް ކުރުމެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް