ހުޅުމާލެ ފޭސް ދޭއް: މިއަދު ވަނީ ދެ އެކްސިޑެންޓް ހިނގާފައި. (ދައުރު ފައިލް ފޮޓޯ)

ހުޅުމާލެ ފޭސް 2ގައި މިއަދު 2 އެކްސިޑެންޓު؛ އެކަކު ހާލު ސީރިއަސް

ހާލު ސީރިއަސްވީ ސައިކަލެއް ދުއްވަން އިން މީހަކަށް؛ އެނާ އަތުގައި ސައިކަލް ދުއްވުމުގެ ލަައިސަންސެއް ނޯވޭ

ހުޅުމާލޭ ފޭސް ދޭއްގައި މިއަދު ހެނދުނު ދެ އެކްސިޑެންޓު ހިނގި ކަމަށާއި އޭގެ ތެރެއިން އެއް އެކްސިޑެންޓުގައި އަނިޔާވި މީހާގެ ހާލު ސީރިއަސް ކަމަށް ފުލުހުން ބުނެފި އެވެ.

ވީ ކިހިނެއް؟ - ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ:

  • މިއަދު ހެނދުނު 8:13 ހާއިރު ފޭސް ދޭއްގެ ހިޔާ ފްލެޓު 5 ކައިރިން ސައިކަލަކާ ކާރެއް ޖެހި އެކްސިޑެންޓެއްވި

  • ހެނދުނު 9:45 ހާއިރު ފޭސް ދޭއްގެ ހިޔާ ގޮފި ކައިރިން ދެ ސައިކަލު ޖެހި އެކްސިޑެންޓެއް ހިނގި

ތަފްސީލް - ފުލުހުން ބުނީ ސައިކަލަކާ ކާރެއް ޖެހިގެން ހިނގި އެކްސިޑެންޓުގައި ސައިކަލު ދުއްވަން އިން މީހާއަށް އަނިޔާވެގެން ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުންދާ ކަމަށެވެ.

އެ އެކްސިޑެންޓުގައި އަނިޔާވީ 19 އަހަރުގެ ދިވެހި ފިރިހެނަކަށް ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ:

  • އޭނާގެ ހާލު ސީރިއަސް ކަމަށް ހޮސްޕިޓަލުން ބުނި

  • އޭނާގެ އަތުގައި ސައިކަލު ދުއްވުމުގެ ލައިސަންސެއް ނޯވޭ

ދެ ސައިކަލު ޖެހިގެން ހިނގި އެކްސިޑެންޓުގައި ސައިކަލު ދުއްވަން ތިބި ދެ މީހުންނަށް ވެސް އަނިޔާވި ކަމަށް ފުލުހުން ބުންޏެވެ. އެ މީހުންނަށް ވެސް ފަރުވާ ދެމުންދަނީ ހުޅުމާލެ ހޮސްޕިޓަލުގަ އެވެ. 

ފުލުހުން ބުނީ:

  • އެ ތަނުން އެއް ސައިކަލު ދުއްވަން އިނީ 21 އަހަރުގެ ދިވެހި ފިރިހެނެއް

  • އަނެއް ސައިކަލު ދުއްވަން އިނީ 33 އަހަރުގެ ދިވެހި ފިރިހެެނެއް

  • އޭގެ ތެރެއިން، 21 އަހަރުގެ މީހާ އަތުގައި ސައިކަލު ދުއްވުމުގެ ލައިސަންސެއް ނޯވޭ

ފުލުހުން ބުނީ އެ ދެ އެކްސިޑެންޓު ވެސް ތަހުގީގު ކުރަމުންދާ ކަމަށެވެ.

ކޮމެންޓް (1)

ސިކުނޑި

3 ޖުލައި 2024
ފޮޓޯ ވަރަށްގުޅޭ! އެހެރަ ހުސްތަންތަނަށް އަދި މީހުންވަނީމާ އެކްސިޑެންޓްތައް އިތުރުވާނެ ވަރު ވަޒަން ކުރެވޭ! ރާއްޖޭގައި ދުއްވާއެއްޗެހި މަދުކޮށް އާރޓީއެލްއަށް މީހުން އަހުލުވެރި ކުރުވުމުގެ ޕްރޮގްރާމެއް ހިންގަންޖެހޭ! ބޭރު ގައުމުތަކުގައި މީހުން ކާރު ގެންގުޅެނީ ދިގު ދުއްވުން ދުއްވަންޖެހޭތީ! ރާއްޖޭގައި ކާރު ގެންގުޅެނީ މަގުމަތީގައި ބާއްވަން!
2 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް