ހުޅުމާލޭގައި މިރޭ ހިނގި އެކްސިޑެންޓުގައި މަރުވި މީހާ ދުއްވަން އިން ކާރަށް ގެއްލުން ލިބިފައި. (ދައުރު ފޮޓޯ)

ހުޅުމާލޭގައި ދެ ކާރެއް ޖެހި ހިނގި އެކްސިޑެންޓެއްގައި 65 އަހަރުގެ މީހަކު މަރުވެއްޖެ

އެކްސިޑެންޓުގައި އިތުރު 2 މީހަަކަށް އަނިޔާވި

ހުޅުމާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި 65 އަހަރުގެ މީހަކު މަރުވެއްޖެ އެވެ.

ވީ ކިހިނެއް؟ މި އެކްސިޑެންޓު ހިނގީ ހުޅުމާލޭ ފުރަތަމަ ފިޔަވަހީގެ ހިތިގަސްމަގުގައި ޕްލެޓިނަމް ރެސިޑެންސް ކައިރީ މިއަދު ހަވީރު 5:47 ހާއިރު ދެ ކާރެއް ޖެހިގެންނެވެ. 

ތަފްސީލް - ފުލުހުން ދެންމެ ބުނިގޮތުގައި އެކްސިޑެންޓުގައި ޖެހުނު ދެ ކާރުގެ ތެރެއިން އެއް ކާރު ކޮންޓްރޯލް ނުވެ ގޮސް މަގުމަތީގައި ހުރި ޑިވައިޑަރުތަކުގައި ޖެހުނެވެ.

ފުލުހުން ބުނި ގޮތުން:

  • މަރުވީ އެ ތަނުން އެއް ކާރު ދުއްވަން އިން 65 އަހަރުގެ މީހާ؛ އެ ކާރުގައި އޭރު އިނީ އޭނާ އެކަނި

  • އަނެއް ކާރުގައި ތިބި ދެ މީހުންނަށް ވެސް އަނިޔާވެގެން ހޮސްޕިޓަލަށް ގެންދިޔަ؛ މި މީހުންގެ ހާލަތާ ގުޅޭ ތަފްސީލެއް ފުލުހުން ނުދޭ

ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި މިރޭ ހިނގި އެކްސިޑެންޓުގައި ޖެހުނު ދެ ކާރުގެ ތެރެއިން އެއް ކާރު: އަނެއް ކާރު ދުއްވި މީހާ މަރުވި އިރު، މި ކާރުގައި ތިބި ދެ މީހުންނަށް ވެސް އަނިޔާވި. (ދައުރު ފޮޓޯ)

މި ހާދިސާގައި މަރުވި 65 އަހަރުގެ މީހާ ހުޅުމާލެ ހޮސްޕިޓަލަށް ގެންދިޔަ އިރު ވެސް އޮތީ މަރުވެފައި ކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުންޏެވެ.

'ދައުރު' އަށް ލިބިފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި އަނިޔާވި ޑްރައިވަރު ދުއްވަން އިން ކާރުގެ ކުރީކޮޅަށް ބޮޑު ގެއްލުންތަކެއް ލިބިފައިވެ އެވެ.

ކޮމެންޓް (1)

ދިވެސް

21 ޖޫން 2023
ވަކިމަގާމެއް އަދާކޮށްފައި ނުވަތަ ވަކިއާއިލާއަކަށް ނިސްބަތްވާ މީހުން މިދުނިޔެ ދޫކުރުމުން އަވަހަރަވުން، ނިޔާވަނީއެވެ. އެވަރިހަމަ ކިތައްމެ ވައްކަމެއްކޮށް ކިތައްމެ ދުވަހު ޖަލަށް ގޮސްފައި ހުއްޓަސް، ނިކަމެއްޗަކު ދުނިޔެދޫކުރުމުން މަރުވަނީ، މީދާވެސް މަރުވަނީ. ތަފާތު ކުރުން ހުއްޓާލަން ވެއްޖެ.
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް