މިއަދު ހެނދުނު ހުޅުމާލެ ފޭސް އެކެއްގައި ހިނގި އެކްސިޑެންޓް. މި އެކްސިޑެންޓުގައި ދެ ކާރާއި ވޭނަކަށް ގެއްލުންވެ، ދެ މީހުންނަށް އަނިޔާ ލިބުނު. (ފޮޓޯ/ އެމްވީކްރައިސިސް)

ހުޅުމާލޭ އެކްސިޑެންޓެއްގައި 2 މީހުނަށް އަނިޔާ، 3 އުޅަނދަށް ގެއްލުން

އެކްސިޑެންޓް ހިނގާފައިވަނީ ދުއްވާފައި ދިޔަ ވޭނެއް ކާރެއްގައި ޖެހި، އެ ކާރު ޕާކު ކޮށްފައި އޮތް އެހެން ކާރެއްގައި ޖެހިގެން
26 ފެބްރުއަރީ 2024

ހުޅުމާލޭގައި މިއަދު ހިނގި އެކްސިޑެންޓެއްގައި ދެ މީހަކަށް އަނިޔާވެ، ވޭނަކާއި ދެ ކާރަކަށް އެކި ވަރުގެ ގެއްލުން ލިބިއްޖެ އެވެ.

ވީ ކިހިނެއް؟ - ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައިވާ ގޮތުން ހުޅުމާލޭ ފޭސް އެކެއްގެ ނިރޮޅުމަގު ދެވަނަ ރުއްގަނޑު ކައިރިން އެކްސިޑެންޓެއް ހިނގާފައިވާ ކަމުގެ ރިޕޯޓް ފުލުހުންނަށް ލިބުނީ މިއަދު ހެނދުނު 6:20 ހާއިރު އެވެ.

އެކްސިޑެންޓުގައި ގެއްލުން ލިބުނު ވޭން. (ފޮޓޯ/ އެމްވީކްރައިސިސް)

ތަފްސީލް - ފުލުހުން އިތުރަށް ބުނި ގޮތުގައި:

  • އެކްސިޑެންޓް ހިނގީ ދުއްވާފައި ދިޔަ ކާރެއްގައި ފަހަތުން އައި ވޭނެއް ޖެހުނު ވަގުތު، އެ ކާރު ގޮސް ޕާކު ކޮށްފައި އޮތް އެހެން ކާރެއްގައި ޖެހިގެން

  • މި އެކްސިޑެންޓުގައި ކާރު ދުއްވަން އިން މީހާ އާއި ވޭން ދުއްވަން އިން މީހާއަށް ވެސް ކުދި ކުދި އަނިޔާ ލިބިފައިވޭ

  • އަނިޔާވެފައިވާ ދެ މީހުންނަކީ ވެސް ލައިސަންސް އޮތް ދިވެހި ފިރިހެނުން؛ އެމީހުންގެ އުމުރަކީ 46 އަހަރާއި 52 އަހަރު

  • އެކްސިޑެންޓުގައި ހިމެނޭ ތިން އުޅަނދަށް ވެސް އެކި ވަރުގެ ގެއްލުން ވެފައިވޭ

ފުލުހުން ބުނި ގޮތުގައި މި މައްސަލަ ދަނީ ތަހުގީގު ކުރަމުންނެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް