ޕޮލިސް ކާރު ފުރޮޅާފައި. (ފޮޓޯ/އެމްވީކްރައިސިސް)

ލާމު ލިންކު ރޯޑުގައި ޕޮލިސް ކާރެއް ފުރޮޅާލައި ޑްރައިވަރަށް އަނިޔާވެއްޖެ

ކާރު ދުއްވަން އިން ފުލުސް އޮފިސަރަށް މިހާރު އަންނަނީ ފަރުވާ ދެމުން

ލާމު އަތޮޅު ލިންކު ރޯޑުގައި މިއަދު ހެނދުނު ދުއްވާފައި ދިޔަ ފުލުހުންގެ ކާރެއް ފުރޮޅާލައި އެ ކާރު ދުއްވަން އިން ފުލުސް މީހާއަށް އަނިޔާވެއްޖެ އެވެ.

ބުނީ ކީކޭ؟ - ފުލުހުންގެ ތަރުޖަމާނަކު 'ދައުރު'އަށް ވިދާޅުވީ، އެކްސިޑެންޓް ހިނގީ މިއަދު ހެނދުނުގެ ވަގުތެއްގައި ލިންކު ރޯޑުން ލަނބާލައި ތަނެއްގެ ކައިރިން ކަމަށެވެ. އެ ވަގުތު ކާރުގައި އިނީ ދުއްވަން އިން ފުލުސް މީހާ އެކަނި ކަމަށް ތަރުޖަމާނު ވިދާޅުވި އެވެ.

"އަނިޔާ ލިބުނު ފުލުސް އޮފިސަރަށް މިހާރު ދަނީ ފަރުވާ ދެމުން. އަނިޔާގެ ތަފްސީލެއް އަދި ނުލިބޭ،" އޭނާ ވިދާޅުވި އެވެ.

ކާރު ދުއްވާފައި ދިޔައީ ބާރު ސްޕީޑެއްގައިތޯ އެހުމުން ތަރުޖަމާނު ވިދާޅުވީ، އެކަމާ ގުޅޭ އިތުރު ތަފްސީލެއް ނުލިބޭ ކަމަށާއި ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް