ފުވައްމުލަކު ނައިބު ތުއްތު މަގުން ސައިކަލެއް ދުއްވާފައި ދަނީ. (ދައުރު ފައިލް ފޮޓޯ/އަލީ ރަފީގް)

ފުވައްމުލައް

ފުވައްމުލަކު އެކްސިޑެންޓުގައި އަނިޔާވި މީހާ މަރުވެއްޖެ

ހޮނިހިރު ދުވަހުގެ ރޭ 10:15 ހާއިރު ފުވައްމުލަކު ބޮޑުފަންނު މަގުގައި ހިނގި އެކްސިޑެންޓުގައި އަނިޔާވި 30 އަހަރުގެ ދިވެހި ފިރިހެން މީހާ މިދިޔަ އާދިއްތަ ދުވަހު ވަނީ އިތުރު ފަރުވާއަށް މާލެ ގެނެސްފައި
23 ޖެނުއަރީ 2024

ފުވައްމުލަކުގައި މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ހިނގި އެކްސިޑެންޓުގައި ހާލު ސީރިއަސްވެގެން ވެންޓިލޭޓަރުގައި އޮތް މީހާ މިއަދު މަރުވެއްޖެ އެވެ.

ވީ ކިހިނެއް؟ - ހޮނިހިރު ދުވަހުގެ ރޭ 10:15 ހާއިރު ފުވައްމުލަކު ބޮޑުފަންނު މަގުގައި ހިނގި އެކްސިޑެންޓުގައި އަނިޔާވި 30 އަހަރުގެ ދިވެހި ފިރިހެން މީހާ މިދިޔަ އާދިއްތަ ދުވަހު ވަނީ އިތުރު ފަރުވާއަށް މާލެ ގެނެސްފަ އެވެ. އައިޖީއެމްއެޗުގައި އޭނާއަށް ފަރުވާ ދެމުން އައީ ވެންޓިލޭޓަރުގަ އެވެ.

ތަފްސީލް - އައިޖީއެމްއެޗުގެ ތަރުޖަމާނަކު ވިދާޅުވީ އެ މީހާ މިއަދު ހެނދުނު 8:30 ހާއިރު މަރުވެފައިވާ ކަމަށެވެ.

ފުލުހުން މިދިޔަ އާދިއްތަ ދުވަހު ބުނެފައިވާ ގޮތުގައި، އެކްސިޑެންޓު ހިނގީ ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލެއް ކޮންޓްރޯލު ނުވެ، ފާރެއްގައި ޖެހިގެންނެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް