ހުޅުމާލޭގައި 2022ވަނަ އަހަރު ހިނގި އެކްސިޑެންޓެއްގައި ސައިކަލެއް ވަރަށް ބޮޑަށް ހަލާކުވެފައި: މިރޭ ހުޅުމާލޭގައި ހިނގި އެކްސިޑެޓެއްގައި ހަތަރު މީހަކަށް ވަނީ އަނިޔާވެފައި (ދައުރު ފައިލް ފޮޓޯ/ އަބްދުﷲ ޔަޝާއު)

ތިން ސައިކަލަކާއި ކާރެއް ޖެހި އެކްސިޑެންޓެއް؛ 2 މީހަކު ހާލު ސީރިއަސް

ހަތަރު މީހުންނަށް ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުން
20 ނޮވެމްބަރު 2023
1

ހުޅުމާލޭގައި މިރޭ ހިނގި އެކްސިޑެންޓުގައި ހަތަރު މީހަކަށް އަނިޔާވެގެން ހޮސްޕިޓަލުގައި ފަރުވާ ދޭން ފަށައިފި އެވެ. އޭގެ ތެރެއިން ދެމީހަކު ހާލު ސީރިއަސް އެވެ.

ވީ ކިހިނެއް؟ - ހުޅުމާލެ ސެންޓްރަލް ޕާކްގައި ހިނގި މި އެކްސިސެންޓުގެ ރިޕޯޓު ފުލުހުނަށް ކޮށްފައި ވަނީ، މިރޭ7:40ހާއިރު އެވެ.

ތަފްސީލު - ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ:

  • އެކްސިޑެންޓް ހިނގީ، ބާރު ސްޕީޑެއްގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލުން ނައްޓައިގެން ގޮސް، ތިން ސައިކަލެއްގައި ޖެހިގެން

  • ދެ ސައިކަލުގައި ތިބި ހަތަރު މީހަކަށް އަނިޔާވެފައިވޭ؛ އެއީ، ދެ އަންހެނުންނާއި ދެ ފިރިހެނުން

  • ހުޅުމާލެ ހޮސްޕިޓަކުގައި އެމީހުންނަށް ދަނީ ފަރުވާ ދެމުން

"އެތަނުން އަންހެނަކާއި ފިރިހެއްނެއްގެ ހާލު ސީރިއަސް،" ހުޅުމާލެ ހޮސްޕިޓަލާ ހަވާލާދީ، ފުލުހުން ބުނެފައިވެ އެވެ.

އެމީހުންނަށް ލިބުނު އަނިޔާގެ ތަފްސީލެއް އަދި ނުލިބެ އެވެ.

ކޮމެންޓް (1)

ގަމީހެއް

21 ނޮވެމްބަރު 2023
ކާރުގަ ތިބި މީހުންނަކަށް އަނިޔާއެއް ނުވޭ ދޯ؟ ހުރިހާ ދެރައެއް އަބަދުވެސް ގަވައިދުން މަޑުން ދުއްވާފަދާ މީހާއަށް
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް