ބްރިޖު ހައިވޭގައި ފުލުހަކު ޓްރެފިކް ބަލަހައްޓަނީ. (ދައުރު ފޮޓޯ/އަބްދުﷲ އިޔާން)

ބްރިޖު ލައިޓު ކައިރިން ފުލުސް ކާރަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް

ސައިކަލް ދުއްވި މީހާ އަށް އަނިޔާވެ، އޭނާއަށް ހުޅުމާލޭ ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުން

މާލޭން ސިނަމާލެ ބްރިޖު ހުރަސްކޮށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)އަށް ދާ ހިސާބުގައި ހުންނަ ލައިޓު ކައިރީ ފުލުހުންގެ ކާރަކާއި ސައިކަލެއް ޖެހި މިއަދު ހެނދުނު އެކްސިޑެންޓެއް ހިނގައިފި އެވެ.

ވީ ކިހިނެއް؟ - ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ ބްރިޖުގެ އެއާޕޯޓު ލައިޓު ކައިރީ އެ އެކްސިޑެންޓު ހިނގީ މިއަދު ހެނދުނު 7:49 ހާއިރު ކަމަށެވެ.

ތަފްސީލް - އެކްސިޑެންޓުުގައި:

  • ސައިކަލް ދުއްވި މީހާއަށް އަނިޔާވި 

  • އޭނާއަށް ފަރުވާ ދިނުމަށް ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސްފައިވޭ

އެކްސިޑެންޓާ ގުުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯއަކުން ފެންނަނީ، ސައިކަލު، ފުލުސް ކާރު މައްޗަށް އަރާފައި އޮންނަ ތަނެވެ.

ގުޅުން ހުރި ކަމެއް - މިދިޔަ ޑިސެމްބަރު މަހު ހަމަ އެ ސަރަހައްދުގައި ހިނގި އެކްސިޑެންޓެއްގައި އަނިޔާވި މީހަކު ވަނީ މަރުވެފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް