އެކްސިޑެންޓުގައި މަރުވި ހަސަން ސަމާހް، 23.

ސްޕޯޓްސް ކާރަކުން ޖެހި، މެރެތަންއަށް ދިޔަ ޒުވާނަކު މަރުވެއްޖެ

އެކްސިޑެންޓުވީ ކަރެކްޝަނަލް ސާވިސްގައި މަސައްކަތް ކުރާ، އުމުރުން 23 އަހަރުގެ ޒުވާނެއް
6 ސެޕްޓެމްބަރު 2024
7

މިއަދު ހުޅުމާލޭގައި ކުރިއަށްދާ މެރެތަންގައި ދުވުމަށް އެ ސަރަހައްދަށް ދިޔަ ޒުވާނެއްގެ ސައިކަލުގައި، ބާރު ސްޕީޑެއްގައި ދުއްވި ސްޕޯޓްސް ކާރަކުން ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ޒުވާނަކު މަރުވެއްޖެ އެވެ.

ވީ ކިހިނެއް؟ - ހުޅުމާލޭ ސެންޓްރަލް ޕާކް ކައިރިން، އުރީދޫ އޮފީސް އިމާރާތް ކުރިމަތީގައި އެ އެކްސިޑެންޓު ހިނގާފައިވަނީ ފަތިހު 4 ޖަހާކަންހާއިރު އެވެ.

ތަފްސީލް - އެ އެކްސިޑެންޓުގައި ޒުވާނާގެ ބޮލާއި މޫނު މައްޗަށް ވެސް ބޮޑެތި އަނިޔާތަކެއް ލިބުނު އިރު ހުޅުމާލޭ ހޮސްޕިޓަލަށް ގެންދިޔަތާ ކުޑަ އިރުކޮޅެއްގެ ތެރޭގައި އެ ޒުވާނާ މަރުވެފައިވާ ކަމަށް އެނގިފައިވެ އެވެ.

ހުޅުމާލޭގައި ރޭ ފަތިހު އެކްސިޑެންޓު ހިނގި ސަރަހައްދު ފުލުހުން ބަންދުކޮށްފައި (ފޭސްބުކް ފޮޓޯ/މައުރޫފް ހުސައިން)

އެކްސިޑެންޓުގައި މަރުވީ ކަރެކްޝަނަލް ސާވިސްގައި މަސައްކަތް ކުރާ ޖަލު ބަލަހައްޓާ ޒުވާނެއް ކަމަށްވާ ހަސަން ސަމާހް، 23، އެވެ.

އެކްސިޑެންޓުވި ކާރު ދުއްވަން އިން މީހާ ފުލުހުން ވަނީ ހައްޔަރުކޮށްފަ އެވެ. އެއީ އުޅަނދު ދުއްވުމުގެ ލައިސަންސް ނެތް މީހެއް ކަމަށް ފުލުހުން ބުނެ އެވެ.

އެނގުން މުހިއްމު - އިއްޔެ ރޭ މާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ވެސް ޒުވާނަކު ވަރަށް ބޮޑަށް ޒަހަމްވެ، ވެންޓިލޭޓަރުގައި ދަނީ ފަރުވާދެމުންނެވެ.

ކޮމެންޓް (7)

profile-image-placeholder

މީހެއް

6 ސެޕްޓެމްބަރު 2024
ސިފްލީނު، މި ހެޑިން ކަމަކު ނުދޭ، މިހާރުގެ ހެޑިން ބަލާލާ. ނޫނީ، މިހެން ލިޔެލާ "ސްޕޯޓްސް ކާރަކުން ޖެހި، މެރަތަންއަށް ގޮސް ގޮސް ހުރި ޒުވާނަކު ނިޔާވެއްޖެ". މިއީ މާލޭ ބަހުރުވައިން ވާހަކަ ދައްކާއިރު ރަނގަޅަށް ކޮންޖުގޭޓު ކުރަން ނޭނގޭތީ ވާގޮތެެއް. މިޢި އިންޑޯ އާރިޔަން ބަހުގެ ޕާސްޓް ޕަރފެކްޓް ޓެންސް. ޢަހަރެންވެސް އައްޑޫ ބަހަށް ތަރުޖަމާ ކުރީމަ މި އެނގުނީ!

ރިނާޝް

6 ސެޕްޓެމްބަރު 2024
ގޭންގްތަކަށް އަމާންކަންލިބި އެމީހުންގެ ސްޕީޑް މަތިވަމުން އެދަނީ. އަދުލު އިންސާފުގެ ދާއިރާ އެހާ ނުތޯހިރު

ޙަންނާނު

6 ސެޕްޓެމްބަރު 2024
ކީއްވެތަ ޓީއެފްޖީއިން މެރެތަން ބޭއްވީ ދުވަން ބައިވެރިވި މީހަކު ދުވަން އޮތް ސަރަހައްދުގަ މަރުވީމަ؟ އެމީހުންނަށް މުހިންމީ އަމިއްލަ މާކެޓިންއުތަ؟ މީހެއްގެ ފުރާނައެއް މުހިންމެއްނޫން!

ފަތުހުﷲ

6 ސެޕްޓެމްބަރު 2024
މާދަމާ މިކަމެއް ހަނދާނެއް ނުހުންނާނެ. އެލާރު ދުއްވަން އިން ސޯ ކޯލްޑް 'ޒުވާނާ' ވަކީލެއް ނެތިގެންނޭ ކިޔާފަ ނަމަވެސް ދޫވާނެ. އޭނާގެ ދިފާއުގަަ ހިއުމަން ރައިޓްސްއޭ ކިޔާފަ ނުކުންނާނެ، ނޫސްވެރިންނާއި ޓީވީ ވެނަލާއި ޖަމިއްޔަތައްވެސް މިގައުމުގަ އުޅޭނެ. ގާނޫނާއި ގަވައިދު މުގުރަމުން ރަށުތެރޭގައި އުޅޭ ބައިގަޑު ހިފާ ހައްޔަރުކުރަން ޖެހޭ. ފުލުހުންވެސް ބާރަށް ދުއްވާ 'ޒުވާނުން' ދެކެ ޖެހިލުން ނުވެ، ފިޔަވަޅު އަޅަންޖެހޭ. މިގައުމުގައި ގާނޫނު ތަންފީޒު ކުރަން ޖެހޭ.

ހުވަދޫ އަހައްމަދޭ

6 ސެޕްޓެމްބަރު 2024
ގައުމުގެ ޒުވާނުންނެއްނު ތިޔަ ކަހަލަ ކާރު ދުއްވަނީ. އަތުން ފައިން ކުރާ މަސައްކަތެއް ނެތް، އެއްމެ އަގުބޮޑު ކާރު، ފޯނު، އިރުއިރުކޮޅާ ޔޫރަޕަށް ޗުއްޓީ. އަހަރުމެން އުމުރުން ސޯޅަ އަހަރުން ފެށިގެން ބުރި ބިނދެންދެން މަސައްކަތް މި ކުރަނީ. އަދި މި އުޅެނީ ގެ ގަނޑުވެސް އަޅާ ނުލެވިގެން.

ސޭޓު

6 ސެޕްޓެމްބަރު 2024
@ހުވަދޫ އަހައްމަދޭ އެއީ ބްރޯގެ މައްސަލައެއްނު؟ ލާރިލިބޭނީ މަސައްކަތް ކޮއްގެން

ހަސިނަން

6 ސެޕްޓެމްބަރު 2024
@ހުވަދޫ އަހައްމަދޭ ކިޔަވާކަށް ނުޖެހޭ. ހަރުގޭގަ އޑުގަދަކޮށްފަ މިހާރު 30،40 ރުފިޔާ ލިބޭ. ކުރާނެ ކަމެއް ނޯވެ. ހުރިހާ ބުރައެއް ސިވިލްސަރވަންޓުން. ސިޔާސީ މަގާމުތަކުގެ އަދަދާ މުސާރަ ހާމަނުކޮށް ތިބެވޭނީ ޑިސެމްބަރު ނިޔަލަށް

އިތުރު އާޓިކަލް

އިތުރު އާޓިކަލް