ދެވަނަ ފިޔަވަހީގައި ހިނގި އެކްސިޑެންޓުގައި އަނިޔާވި މީހާ ހޮސްޕިޓަަލަށް ގެންދަން ބަޔަކު އެހީވަނީ

ދެވަނަ ފިޔަވަހީގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި މީހެއްގެ ސިކުނޑިއަށް ލޭ އެޅިއްޖެ

18 އަހަރުގެ އެ މީހާ އޭޑީކޭއަށް ބަދަލުކުރުމުގެ މަސައްކަތް ދަނީ ކުރަމުން

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި މިއަދު ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި 18 އަހަރުގެ މީހަކަށް އަނިޔާވެ، އޭނާގެ ހާލު ސީރިއަސް ވެއްޖެ އެވެ.

ވީ ކިހިނެއް؟ - މި އެކްސިޑެންޓު ހިނގާފައިވަނީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި ކާރަކާއި ސައިކަލެއް ޖެހިގެންނެވެ. ނިރޮޅުމަގުގައި މިއަދު ހިނގި މި އެކްސިޑެންޓުގައި އަނިޔާވެފައިވަނީ ސައިކަލު ދުއްވަން އިން 18 އަހަރުގެ ފިރިހެނަކަށް ކަމަށް ފުލުހުން ބުންޏެވެ.

ތަފްސީލް - ފުލުހުން ފުރަތަމަ ބުނީ މި ހާދިސާގެ ރިޕޯޓު ލިބުނީ މިއަދު 11:45 ހާއިރު ކަމަށާއި އަނިޔާވި ފިރިހެން މީހާއަށް ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާދެމުންދާ ކަމަށެވެ.

ނަމަވެސް، ދާދި ދެންމެއަކު ފުލުހުން ބުނި ގޮތުގައި، އަނިޔާވި މީހާގެ ސިކުޑިއަށް ލޭ އެޅިފައި ވާތީ އޭނާ އޭޑީކޭ ހޮސްޕިޓަލަށް ބަދަލުކުރުމުގެ މަސައްކަތް މިހާރު ކުރަމުން އެބަދެ އެވެ.

މި ހާދިސާ ހިނގަން މެދުވެރި ސަބަބެއް އަދި ހާދިސާއާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން އަދި ނުދެ އެވެ. 

އިތުރު އާޓިކަލް

އިތުރު އާޓިކަލް