ހުޅުމާލޭ ދެ ވަނަ ފިޔަވަހީގައި އެމްޕީއެލް އިން ހެދި ފްލެޓު އިމާރާތްތައް: މި އެކްސިޑެންޓް ހިނގީ މި ސަރަހައްދުގައި. (ފޮޓޯ/އެމްޕީއެލް

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިތުރު އެކްސިޑެންޓެއް؛ މީހަކު މަރުވެއްޖެ

އޭނާ މަރުވެފައިވަނީ، ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް

ހުޅުމާލޭ ދެ ވަނަ ފިޔަވަހީގައި މިއަދު ހެނދުނު ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި މީހަކު މަރުވެއްޖެ އެވެ.

ވީ ކިހިނެއް؟ - ސައިކަލަކާއި ޕިކަޕެެއް ޖެހި މިއަދު ހެނދުނު 9:56 ހާއިރު މި އެކްސިޑެންޓު ހިނގާފައިވަނީ ދެ ވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ އެމްޕީއެލް ފްލެޓުތައް ކައިރީންނެވެ.

ތަފްސީލް - ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެެއްގައި ބުނި ގޮތުގައި:

  • މަރުވެފައި ވަނީ 59 އަހަރުގެ ދިވެހި ފިރިހެނެއް 

  • އޭނާ މަރުވެފައިވަނީ، ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް 

ގުޅުން ހުރި ކަމެއް - ހުޅުމާލޭ ދެ ވަނަ ފިޔަވަހީގައި މި ސަރުކާރުން އިންޑިއާގެ ޖޭއެމްސީއާ ހަވާލުކޮށްގެން އަޅަމުން އަންނަ ފްލެޓުތައް ކައިރިން ރޭ ދަންވަރު ވެސް ވަނީ ނުރައްކާތެރި އެކްސިޑެންޓެއް ހިނގާފަ އެވެ. މި އެކްސިޑެންޓުގައި 19 އަހަރާއި 56 އަހަރުގެ ދެ ދިވެހި ފިރިހެނުންނަށް އަނިޔާވެފައި ވާއިރު، އޭގެ ތެރެއިން 56 އަހަރުގެ މީހާގެ ހާލު ސީރިއަސް އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް