ރާއްޖޭގައި ހިންގާ ރިސޯޓެއް: ގިނަ ރިސޯޓުތަކުގައި މޫދު ކޮޓަރިތަކާއި ރަށާ ގުޅާލަން އަޅާފައިވާ ޖެޓީ މަތީގައި ބަގީ ދުއްވާ.

ރިސޯޓުތައް

ރިސޯޓެއްގެ މުވައްޒަފަކު ބަގީ ދުއްވަނިކޮށް މޫދަށް ވެއްޓި އަނިޔާވެއްޖެ

އޭނާއަށް މިހާރު ދަނީ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެމުން
2 ނޮވެމްބަރު 2022

ބ. އަތޮޅުގައި ހިންގާ ރިސޯޓެއްގައި މަސައްކަތް ކުރާ މުވައްޒަފަކު އެ ރިސޯޓުގެ ޖެޓީ މަތިން ބަގީ ދުއްވަމުން ދަނިކޮށް ބަގީއާ އެކު މޫދަށް ވެއްޓި އަނިޔާ ވެފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

ތަފްސީލް - ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނެފައިވާ ގޮތުން:

  • އެ މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައި ވަނީ މިދިޔަ އާދީއްތަ ދުވަހުގެ ރޭ 11:10 ހާއިރު

  • މި ހާދިސާގައި އަނިޔާވެފައިވަނީ އުމުރުން 26 އަހަރުގެ މޮރޮކޯ އަންހެނަކަށް

  • އަނިޔާ ލިބުނު މީހާ މާލެ ގެނެސް އޭޑީކޭގައި ދަނީ ފަރުވާ ދެމުން

އޭނާއަށް ލިބިފައިވާ އަނިޔާގެ ތަފްސީލް ފުލުހުން ހާމަކޮށްފައެއް ނުވެ އެވެ. ނަމަވެސް މި ހާދިސާއާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށް ފުލުހުން ބުންޏެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް