އޮގަސްޓު 26، 2023: ފުވައްމުލަކު ބަނދަރު ސަރަހައްދު (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)

ފުވައްމުލަކުގައި ރޭ ދެ އެކްސިޑެންޓު، އެކަކު އައިސީޔޫގައި

ފުވައްމުލަކު އެއާޕޯޓު ސަރަހައްދުގައި ހަރުކޮށްފައިވާ ގިޑިގެއެއްގެ ބައެއް ނެއްޓިފައިވަނިކޮށް އެ އިން ނެއްޓެން ދިޔަ ސައިކަލެއް ބާރަށް ދުއްވާފައި ދަނިކޮށް ކަހާލައިގެން ވެއްޓި ސައިކަލު ދުއްވަން އިން މީހާ އަށް ދަނީ ހޮސްޕިޓަލުގައި ފަރުވާދެމުން

ފުވައްމުލަކުގައި ރޭ ދެ އެކްސިޑެންޓެއް ހިނގައި ހަތަރު މީހަކަށް ހޮސްޕިޓަލުގައި ފަރުވާދެމުންދާ ކަމަށް ފުލުހުން ބުނެފި އެވެ.

ތަފްސީލް - ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ، ރޭ 10:48ގައި ފުވައްމުލަަކު ސިޓީގައި ދެ ސައިކަލް ޖެހި ހިނގި އެކްސިޑެއްޓެއްގައި އަނިޔާވި ތިން މީހަކަށް ފަރުވާ ދެމުންދާ ކަމަށާއި އެތަނުން އެކަކަށް ފަރުވާދެނީ އެ ހޮސްޕިޓަލުގެ އައިސީޔޫގައި ކަމަށެވެ.

  • އޭނާގެ ހާލު ސީރިޔަސް ކަމަށް ވެސް ފުލުހުން ބުނި

ރޭ އެ ރަށުގައި ދެވަނަ އެކްސިޑެންޓެއް ހިނގީ ފުލުހުން ބުނި ގޮތުގައި ފުވައްމުލަކު އެއާޕޯޓު ސަރަހައްދުގަ އެވެ.

އެގޮތުން އެ ސަރަހައްދުގައި ހަރުކޮށްފައިވާ ގިޑިގެއެއްގެ ބައެއް ނެއްޓިފައިވަނިކޮށް އެ އިން ނެއްޓެން އައި ސައިކަލެއް ބާރަށް ދުއްވާފައި ދާން މަސައްކަތްކުރަނިކޮށް ސައިކަލް ކަހާލައިގެން ވެއްޓި ސައިކަލް ދުއްވި އުމުރުން 27 އަހަރުގެ މީހަކަށް އަނިޔާވެފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އޭނާ އަށް ވެސް ފުވައްމުލަކު ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުންނެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް