ފުވައްމުލަކު ނައިބު ތުއްތު މަގުގައި 28 ޑިސެމްބަރު 2021ގައި ހިނގި އެކްސިނޑެންޓަކަށް ފަހު މަގު ބަންދުކޮށްފައި. (ދައުރު ފައިލް ފޮޓޯ)

ފުވައްމުލަކުގައި 2 ސައިކަލު ޖެހި 2 ޒުވާނަކަށް އަނިޔާވެއްޖެ

މި އެކްސިޑެންޓުގައި އަނިޔާވެފައި ވަނީ 18 އަހަރުގެ މީހަކަށާއި 19 އަހަރުގެ މީހަކަށް
28 މޭ 2023

ފުވައްމުލަކުގައި ރޭ ހިނގި އެކްސިޑެންޓެއްގައި ދެ ޒުވާނަކަށް އަނިޔާވެގެން ފަރުވާ ދޭން ފަށައިފި އެވެ.

ވީ ކިހިނެއް؟ - ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނި ގޮތުގައި، ފުވައްމުލަކުގައި ދެ ސައިކަލު ޖެހި އެކްސިޑެންޓެއް ހިނގާފައިވާ ކަމުގެ ރިޕޯޓް ރޭ 11:25 ހާއިރު އެ އިދާރާއަށް ހުށަހަޅާފައިވެ އެވެ.

ތަފްސީލް - ފުލުހުން ބުނި ގޮތުގައި:

  • މި އެކްސިޑެންޓުގައި އަނިޔާވެފައި ވަނީ 18 އަހަރުގެ މީހަކަށާއި 19 އަހަރުގެ މީހަކަށް

  • އެ ދެ މީހުންނަށް ވެސް ފުވައްމުލަކު ހޮސްޕިޓަލުގައި ފަރުވާ ދެމުން އެބަދޭ

  • އެ ދެ މީހުންގެ އަތުގައި ވެސް ސައިކަލު ދުއްވުމުގެ ލައިސެންސް އޮވޭ

ނަމަވެސް، މި އެކްސިޑެންޓް ހިނގި ސީދާ ތަނަކާއި އެ ދެ މީހުންނާ ބެހޭ އިތުރު މައުލޫމާތެއް އަދި ސާފެއް ނުވެ އެވެ.

"މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުން،" ފުލުހުންގެ މެސެޖުގައިވެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް