އޭޑީކޭ ހޮސްޕިޓަލް (ފޮޓޯ/ބުކްވޯމްޑް.ކޮމް)

ހުޅުމާލޭ އެކްސިޑެންޓުގައި އަނިޔާވި ފިރިހެން މީހާ މަރުވެއްޖެ؛ އަނބިމީހާ އައިސީޔޫގައި

އެކްސިޑެންޓުގައި ހަތަރު މީހަކަށް އަނިޔާވި އިރު، ސީރިއަސް އަނިޔާތަކެއް ލިބުނީ ދެމަފިރިންނަށް
28 ނޮވެމްބަރު 2023

މިދިޔަ ހަފްތާގެ ހޯމަ ދުވަހުގެ ރޭ ހުޅުމާލޭގެ ސެންޓްރަލް ޕާކު ސަރަހައްދުގައި ހިނގި އެކްސިޑެންޓުގައި އަނިޔާވި ދެމަފިރިންގެ ތެރެއިން ފިރިމީހާ ރޭ މަރުވެއްޖެ އެވެ. 

ވީ ކިހިނެއް؟ - ބާރު ސްޕީޑެއްގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލުން ނައްޓައިގެން ގޮސް، ތިން ސައިކަލެއްގައި ޖެހިގެން ހިނގި އެކްސިޑެންޓުގައި ސީރިއަސް އަނިޔާތަކެއް ލިބިފައިވަނީ ދެމަފިރިއަކަށެވެ.

ތަފްސީލް - އޭޑީކޭގައި ފަރުވާދެމުން ދިޔަ ދެމަފިރިންގެ ތެރެއިން ފިރިހެން މީހާ ރޭ ދަންވަރު 2 ހާއިރު މަރުވެފައިވާކަން އޭޑީކޭގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އަފްއާލް ވަނީ މިއަދު 'ދައުރު'އަށް ކަށަވަރުކޮށްދެއްވާފަ އެވެ. އަފްއާލް ވިދާޅުވި ގޮތުގައި، އަންހެން މީހާއަށް މިވަގުތު ފަރުވާ ދެމުން ދަނީ އައިސީޔޫގަ އެވެ.

ސެންޓްރަލް ޕާކު ސަރަހައްދުގައި ހިނގި މި އެކްސިޑެންޓުގައި ޖުމްލަ ހަތަރު މީހަކަށް އަނިޔާވި އެވެ. ދެ ސައިކަލުގައި ތިބި ހަތަރު މީހަކަށް އަނިޔާވި އިރު، އެއީ ދެ އަންހެނުންނާއި ދެ ފިރިހެނުންނެވެ.

އެ ހަތަރު މީހުން ވެސް ފުރަތަމަ ފަރުވާއަށް ގެންދިޔައީ ހުޅުމާލެ ހޮސްޕިޓަލަށެވެ. އެ ހޮސްޕިޓަލަށް ގެންދިޔަ ހަތަރު މީހުންގެ ތެރެއިން ދެ މީހުން ވަނީ ފަރުވާ ދިނުމަށް ފަަހު ވަރަށް އަވަހަށް ދޫކޮށްލާފަ އެވެ. ސީރިއަސް އަނިޔާތަކެއް ލިބުނު ދެމަފިރިން ވަނީ އެ ރޭ އިތުރު ފަރުވާއަށް އޭޑީކޭއަށް ގެންގޮސްފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް