ހުޅުމާލޭ ސިންތެޓިކް ޓްރެކް ކައިރިން ދުއްވާފައި ދިޔަ ދެ ސައިކަލެއް ޖެހި މިރޭ އެކްސިޑެންޓު ހިނގި ތަނަށް މީހުން އެއްވެފައި (ފޮޓޯ/ދައުރު)

2 ސައިކަލު ޖެހި ހުޅުމާލޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި

27 ސެޕްޓެމްބަރު 2022
1

ހުޅުމާލޭ ސިންތެޓިކް ޓްރެކް ކައިރިން ދުއްވާފައި ދިޔަ ދެ ސައިކަލެއް ޖެހި، ނުރައްކާތެރި އެކްސިޑެންޓެއް މިރޭ ހިނގައިފި އެވެ.

ވީ ކިހިނެއް؟ - އެ ހާދިސާ ހިނގި އިރު އެ ސަރަހައްދުގައި ހުރި މީހަކު 'ދައުރު' އަށް ކިޔައިދިން ގޮތުގައި އެ އެކްސިޑެންޓް ހިނގީ ނުބައި ލޭނަކުން ދުއްވާފައި ދިޔަ ސައިކަލެއް އެހެން ސައިކަލެއްގައި ޖެހިގެންނެވެ.

ތަފްސީލް - އެ ހާދިސާގައި އަނިޔާވި އެކަކަށް ފަރުވާދިނުމަށް ހޮސްޕިޓަލަށް ވަނީ ގެންގޮސްފަ އެވެ. އެ މީހާއަށް ލިބުނު އަނިޔާތަކުގެ މައުލޫމާތެއް އަދި ނުލިބެ އެވެ. އަދި އިތުރު މީހަކަށް އަނިޔާވި ކަމެއް ވެސް އެނގިފައެއް ނުވެ އެވެ.

ނަމަވެސް އެކްސިޑެންޓުގައި ދެ ސައިކަލަށް ވެސް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފަ އެވެ. އެއް ސައިކަލުގެ ކަވަރު އެއްކޮށް ހަލާކުވެފައިވާއިރު، އަނެއް ސައިކަލަށް ވެސް އެކި ވަރުގެ ގެއްލުން ލިބިފައިވެ އެވެ.

މި އެކްސިޑެންޓާ ބެހޭގޮތުން ފުލުހުން އަދި އެއްޗެކޭ ނުބުނެ އެވެ. ނަމަވެސް އެކްސިޑެންޓް ހިނގި ސަރަހައްދުގައި ފުލުހުން މިހާރު ދަނީ ހަރަކާތްތެރިވަމުންނެވެ.

ކޮމެންޓް (1)

މަރިޔަމް

27 ސެޕްޓެމްބަރު 2022
ފަހަކަށް އައިސް ފެންނަ ތަނުގައި މަގުމަތީގައި އެއްވެސް މީހަކު އަނެކާއަކަށް ނުބަލާ. މަގު މައްޗަކު މިހާރު ހިންގާ މީހަކަށްވެސް ދުއްވާމީހަކަށްވެސް ރައްކާތެރިކަމެއް ނެތް. މަގު އަމާންވާނީ އެކަކު އަނެކަކަށް އިހްތިރާމުކޮށްގެން
7 1

އިތުރު އާޓިކަލް

އިތުރު އާޓިކަލް