ސިނަމާލެ ބްރިޖުގައި ކާރަކާއި ސައިކަލެއް ޖެހި މިދިޔަ ޖެނުއަރީގައި ހިނގި އެކްސިޑެންޓެއްގެ ތެރެއިން. (ދައުރު ފައިލް ފޮޓޯ/އަބްދުﷲ އިޔާން)

ހުކުރު ދުވަހުގެ ރޭ އެކްސިޑެންޓުވި އަމީންގެ ބައްޕަ އަވަހާރަވެއްޖެ

އަހުމަދު މަނިކުގެ ބޮލަށް ލިބުނު އަނިޔާތަކަށް ހުކުރު ދުވަހުގެ ރޭއްސުރެ ފަރުވާ ދެމުން އައީ އައިޖީއެމްއެޗުގެ އައިސީޔޫގައި ބާއްވައިގެން
8 އޮކްޓޯބަރު 2023

މިދިޔަ ހުކުރު ދުވަހުގެ ރޭ މާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އަނިޔާވި، ކުރީގެ ހެލްތު މިނިސްޓަރު އަބްދުﷲ އަމީންގެ ބައްޕަ އަހުމަދު މަނިކު ރޭ ފަތިހު އަވަހާރަ ވެއްޖެ އެވެ.

ވީ ކިހިނެއް؟ - ބޮޑުތަކުރުފާނު މަގުގައި ހުންނަ ޕީޕީއެމް އޮފީސް ކައިރިން، ސައިކަލެއްގައި ދަނިކޮށް ކާރަކުން ޖެހި ހިނގި އެ އެކްސިޑެންޓުގައި ބޮޑަށް އަނިޔާވެފައިވަނީ އަހުމަދު މަނިކުގެ ބޮލަށެވެ. އެ އަނިޔާތަކަށް ހުކުރު ދުވަހުގެ ރޭއްސުރެ އޭނާއަށް ފަރުވާ ދެމުން އައީ އައިޖީއެމްއެޗުގެ އައިސީޔޫގައި ބާއްވައިގެންނެވެ.

ތަފްސީލް - އައިސީޔޫގައި ފަރުވާ ދެމުން އައި ނަމަވެސް، ޑޮކްޓަރުން އުންމީދު ކަނޑާލާފައި އޮތް އަހުމަދު މަނިކު ވަނީ ރޭ ފަތިހުގެ ވަގުތެއްގައި އަވަހާރަ ވެފަ އެވެ.

އުމުރުން 74 އަހަރުގެ އަހުމަދު މަނިކު އެކްސިޑެންޓުވީ ހުކުރު ދުވަހުގެ ރޭ އިޝާނަމާދުކޮށްގެން ގެއަށް ވަޑައިގަންނަވަނިކޮށެވެ.

އޭނާ އަކީ، ޖަޕާންގައި ހުންނަވާ ރާއްޖޭގެ ޑެޕިއުޓީ އެމްބެސެޑަރު މުހައްމަދު އަމީތުގެ ވެސް ބައްޕަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް