ފުވައްމުލައް މަގެއް (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)

ފުވައްމުލަކުގައި އަނެއްކާ ވެސް ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި

 ޏ. މުވައްމުލަކުގައި ރޭ ވެސް ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި،  އިތުރު ފަރުވާއަށް މީހަކު މާލެ ގެނެސްފި އެވެ.

ވީ ކިހިނެއް؟ - ރޭ 11:45 އެހާކަންހާ އިރު، ދިގުވާޑު ނައިބު ތުއްތު މަގުގައި މި އެކްސިޑެންޓް ހިނގާފައި ވަނީ ބާރު ސްޕީޑެއްގައި ދުވާފައި ދިޔަ ސައިކަލެއް ކޮންޓްރޯލް ނުވެގެން ކަމަށް ފުލުހުން ބުންޏެވެ.

ތަފްސީލު - ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ:

  • އަނިޔާ ވެފައި ވަނީ އުމުރުން 27 އަހަރުގެ ފިރިހެނަކަށް ކަމަށް

  • ސައިކަލު ކޮންޓްރޯލް ނުވެ ގޮސް ޖެހުނީ އެ މަގުގައި އޮތް އެކްސްކަވޭޓަރެއްގައި

"އެކްސިންޓުގައި އަނިޔާވި މީހާއަށް ފުވައްމުލަކު ހޮސްޕިޓަލުގައި ފަރުވާ ދިނުމަށް ފަހު، އިތުރު ފަރުވާއަށް މާލެ ގެނެސް އައިޖީއެމްއެޗްގައި ދަނީ ފަރުވާ ދެމުން،" ފުލުހުން ބުންޏެވެ.

ފާހަގަށްކޮށްލެވޭ ކަމެއް - މިއީ ފުވައްމުލަކުގައި 24 ގަޑިއިރު ތެރޭ ހިނގި ދެ ވަނަ އެކްސިޑެންޓެވެ. ފުރަތަމަ ވި އެކްސިޑެންޓް ވެސް ހިނގީ ކޮންޓްރޯލް ނުވެގެންނެވެ. އެ އެކްސިޑެންޓުގައި އަނިޔާވި 32 އަހަރުގެ ފިރިހެން މީހާ ވެސް އިއްޔެ ރޭ ފަތިހު އިތުރު ފަރުވާއަށް ވަނީ މާލެ ގެނެސްފަ އެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް