ފުވައްމުލައް މަގުމަތި (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)

ފުވައްމުލަކުގައި އެކްސްޑެންޓެއްވެ، ހާލު ސީރިޔަސްވި މީހާ މާލެއަށް

އެކްސިޑެންޓް ހިނގާފައި ވަނީ ޒިބްރާ ކްރޮސް ދަނޑީގައި ޖެހިގެން ކަމަށް ފުލުހުން މައުލޫމާތު ދޭ

ޏ. ފުވަމުލަކުގައި ރޭ ހިނގި އެކްސްޑެންޓެއްގައި އަނިޔާވި މީހެއްގެ ހާލު ސީރިޔަސްވެގެން އިތުރު ފަރުވާއަށް އޭނާ މިއަދު މާލެ ގެނެސްފި އެވެ.

ވީ ކިހިނެއް؟ - ރޭ 11:43ގައި ހިނގި މި އެކްސިޑެންޓްގައި އަނިޔާވެފައި ވަނީ ސައިކަލް ދުއްވަން އިން 32 އަހަރުގެ މީހަކަށެވެ. ސައިކަލުގައި އީނީ ވެސް އޭނާ އެކަންޏެވެ.

ތަފްސީލު - ފުލުހުންގެ ތަރުޖަމާނަކު 'ދައުރު'އަށް ވިދާޅުވީ އެ އެކްސިޑެންޓް ހިނގީ ސައިކަލް ކޮންޓްރޯލް ނުވެ، ޒިބްރާ ކޮރޮސް ޕޯސްޓް ދަނޑީގައި ޖެހިގެން ކަމަށެވެ.

"މިހާގެ ހާލު ސިރިއަސް ކަމަށް ހޮސްޕިޓަލްއިން މައުލޫމާތު ދީފައިވޭ. އެމީހާ އިތުރު ފަރުވާއަށް ރޭ ފަތިހުގެ ވަގުތެއްގައި ވަނީ މާލެ ގެނެވިފައި،" އޭނާ ވިދާޅުވި އެވެ.

ކޮމެންޓް (1)

ސިކުނޑި

3 އޭޕްރީލު 2024
މާލެ ގެނައީ އެއަރއެމްބިއުލަންސްގަތަ؟ ހާދަ ފޮޓޯއެއް އެއްޗެއް ނުފެނޭ!
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް