Majlis 2024

ފުވައްމުލަކުގައި 2021ގައި ހިނގި އެކްސިނޑެންޓަކަށް ފަހު މަގު ބަންދުކޮށްފައި. (ދައުރު ފައިލް ފޮޓޯ)

ފުވައްމުލަކުގައި ކާރަކާއި ސައިކަލެއް ޖެހި 2 އަންހެނަކަށް އަނިޔާވެއްޖެ

އަނިޔާވެގެން ފަރުވާ ދެމުން އަންނަނީ ސައިކަލުގައި ތިބި ދެ މީހުންނަށް
26 ޖެނުއަރީ 2023

ފުވައްމުލަކުގައި މިރޭ ކާރަކާއި ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓެއްގައި ދެ އަންހެނަކަށް އެކި ވަރުގެ އަނިޔާ ލިބިއްޖެ އެވެ.

ވީ ކިހިނެއް؟ - ފުލުހުން މިރޭ މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ:

  • ފުވައްމުލަކުގައި އެކްސިޑެންޓެއް ހިނގާފައިވާ ކަމުގެ މައުލޫމާތު ލިބިފައިވަނީ މިރޭ 9:50ގައި

  • އެ އެކްސިޑެންޓުގައި ދެ މީހަކަށް އަނިޔާވެގެން ފުވައްމުލަކު ހޮސްޕިޓަލަށް ގެންގޮސްފައިވޭ

  • އެ މީހުން އިތުރު ފަރުވާއަށް މާލެ ފޮނުވާލުމުގެ މަސައްކަތްކުރަމުން އަންނަ ކަމަށް މައުލޫމާތު ލިބޭ

ފުލުހުން ބުނީ އެކްސިޑެންޓާ ގުޅޭ ގޮތުން ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ.

އެކްސިޑެންޓް ހިނގި ސަރަހައްދެއް އަދި ޔަގީނެއް ނުވެ އެވެ.

ހޮސްޕިޓަލުގެ ބަސް - ފުވައްމުލަކު ހޮސްޕިޓަލްގެ މެނޭޖަރު މުހައްމަދު ލިރާރު މިރޭ 'ދައުރު'އަށް ވިދާޅުވީ އަނިޔާ ލިބިގެން ފަރުވާދެމުން އަންނަނީ ސައިކަލުގައި ތިބި ދެ އަންހެނުންނަށް ކަމަށާއި ބައެއް ތަންތަން ބިންދައިގެން ދިއުން ފަދަ އެކި ވަރުގެ އަނިޔާ އެ މީހުންނަށް ލިބިފައިވާ ކަަމަށެވެ.

ނަމަވެސް، އެ މީހުންނަށް ލިބިފައިވާ އަނިޔާތަކުގެ ސީދާ ތަފްސީލެއް އަދި ސާފެއް ނުވެ އެވެ.

ކާރު ދުއްވަން އިން މީހާއަށް އަނިޔާވެގެން ހޮސްޕިޓަލަށް ގެންގޮސްފައި ނުވާ ކަމަށް ވެސް ލިރާރު ވިދާޅުވި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް