ކޮންޓްރޯލް ނުވެ ދިޔަ ކާރެއް އެކުވެނި ޓްރެކް ކައިރިން އެމްޓީސީސީގެ ބަހެއްގައި ޖެހި މިދިޔަ އަހަރު ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގެ މަންޒަރެއް (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)

ޕިކަޕަކާއި ކާރެއް ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވެގެން ފަރުވާދެމުންދިޔަ ޒުވާނާ މަރުވެއްޖެ

އޭނާ މަރުވީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އެކްސިޑެންޓު ހިނގިތާ 11 ދުވަސް ފަހުން

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި މިދިޔަ އަންގާރަ ދުވަހު ސައިކަލާއި ޕިކަޕެއް ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވެގެން ފަރުވާދެމުން އައި 20 އަހަރުގެ ޒުވާނާ މަރުވެއްޖެ އެވެ.

ވީ ކިހިނެއް؟ މިދިޔަ އަންގާރަ ދުވަހުގެ ހަވީރު 3:17 ހާއިރު ހިނގި މި ހާދިސާގައި ޒަހަމްވި އަހުމަދު ޒައިން، ވަޒަން، ހދ. ނެއްލައިދޫ،  ބޮލަށް ސީރިއަސް ބޮޑެތި އަނިޔާތަކެއް ލިބިގެން ފަރުވާދެމުން އަންނަތާ ހަފްތާއަކަށް ވުރެ ގިނަ ދުވަސް ވަނީ ވެފަ އެވެ.

ތަފްސީލް - އޭނާ މިރޭގެ ވަގުތެއްގައި މަރުވެފައިވާކަން 'ދައުރު' އަށް ވަނީ ކަށަވަރުވެފަ އެވެ. އެކަމަކު، އޭނާއަށް ފަރުވާދިން ހުޅުމާލެ ހޮސްޕިޓަލުން ފޯނަށް ޖަވާބުދާރީނުވާތީ އެ ހޮސްޕިޓަލުގެ ބަހެއް އަދި ނުލިބެ އެވެ.

ޒައިންގެ ކަށުނަމާދު މިރޭގެ ފަތިސް ނަމާދަށް ފަހު އާ ސަހަރާ މިސްކިތުގައި ބާއްވާނެކަން ވަނީ އިއުލާންކޮށްފަ އެވެ.

ފަސްމަންޒަރު - ހުޅުމާލޭގައި އެކްސިޑެންޓުތައް މިފަހުން ވަނީ އިތުރުވެފަ އެވެ. ނިރޮޅުމަގުގައި މިދިޔަ މަހު ފަހުކޮޅު ކާރަކާއި ސައިކަލެއް ޖެހި 18 އަހަރުގެ ފިރިހެނަކަށް ސީރިއަސް ޒަހަމްތަކެއް ލިބިފައިވެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް