ސިނަމާލެ ބްރިޖުގައި ކާރަކާއި ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓު. (ދައުރު ފޮޓޯ/އަބްދުﷲ އިޔާން)

ސިނަމާލެ ބްރިޖު

ބްރިޖުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި މީހަކަށް އަނިޔާވެއްޖެ

މި ހާދިސާގައި އަނިޔާވި މީހާ މިހާރު ވަނީ އެމްބިއުލާންސްގައި ފަރުވާ ދޭން ގެންގޮސްފައި
9 ފެބްރުއަރީ 2023

ސިނަމާލެ ބްރިޖުގައި މިއަދު މެންދުރު ފަހު ކާރަކާއި ސައިކަލެއް ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އެކަކަށް ވަރަށް ބޮޑަށް އަނިޔާ ވެއްޖެ އެވެ.

ވީ ކިހިނެއް؟ - މަންޒަރު ދުށް މީހަކު 'ދައުރު'އަށް ކިޔައިދިން ގޮތުގައި، އެކްސިޑެންޓް ހިނގާފައިވަނީ ހައިވޭގައި ހުޅުމާލެއިން ދާ ކޮޅުން ހަތަރު ލޭންގެ ބައި ނިމޭ ހިސާބުގަ އެވެ.

އޭނާ ކިޔައިދިން ގޮތުގައި:

  • އެކްސިޑެންޓުގައި އަނިޔާވި މީހާ އޮތީ ހޭނެތިފައި؛ އޭނާ ވަނީ އައިޖީއެމްއެޗުގެ އެމްބިއުލާންސަކަށް އަރުވައިގެން ގެންގޮސްފައި

  • ބެލެވޭ ގޮތުގައި އަނިޔާ ވެފައިވަނީ ސައިކަލު ދުއްވަން އިން މީހާއަށް؛ އޭނާއަށް އެކި ވަރުގެ އަނިޔާ ލިބިފައިވޭ.

  • އެކްސިޑެންޓުވި ކާރުގެ ކުރީކޮޅު އޮތީ ވަރަށް ބޮޑަށް ހަލާކުވެފައި

  • ސައިކަލުގެ މަޑި ނެއްޓި ބޮޑެތި ގެއްލުންތަކެއް ވެފައިވޭ؛ އޭގެ ކަވަރުސެޓުގެ ބައިތައް ވަނީ ކުދިކުދިވެ، މުޅި ތަނަށް ބުރައިގެން ގޮސްފައި

ސިނަމާލެ ބްރިޖުގައި ކާރަކާއި ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓު. (ދައުރު ފޮޓޯ/އަބްދުﷲ އިޔާން)
ސިނަމާލެ ބްރިޖުގައި ކާރަކާއި ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓު. (ދައުރު ފޮޓޯ/އަބްދުﷲ އިޔާން)

މި އެކްސިޑެންޓާ ބެހޭ ގޮތުން ފުލުހުން ބުނީ އެކަމާ ބެހޭ މައުލޫމާތު ހޯދަމުން އަންނަ ކަމަށެވެ. 

ހުޅުލެ އާއި ހުޅުމާލެ ގުޅޭ ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓްތައް ހިނގަ އެވެ. އެގޮތުން މި ފަހުން ސިނަމާލެ ބްރިޖުން ހުޅުލެއަށް ފައިބާ ހިސާބު ޓްރެފިކް ލައިޓް ކައިރީގައި ސައިކަލަކާއި ކާރެއް ޖެހި ހިނގި އެކްސިޑެންޓްގައި ސައިކަލް ދުއްވި މީހާ ވަނީ މަރުވެފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް