ފުވައްމުލަކު ހޮސްޕިޓަލު: ރޭ އެކްސިޑެންޓުވި އަންހެން މީހާއަށް ފަރުވާ ދެމުން ދަނީ އެ ހޮސްޕިޓަލުގެ އައިސީޔޫގައި.

ފުވައްމުލަކުގައި ބުޅަލަކަށް އަރައި ކަހާލައިގެން ސައިކަލުން ވެއްޓުނު މީހަކު އައިސީޔޫގައި

އަންހެން މީހާގެ ބޯ ފަޅައިގެން ގޮސް ހަށިގަނޑުގެ އެހެން ތަންތަނަށް ޒަަހަމްތަކެއް ލިބުނު

ރޭ ފުވައްމުލަކުގައި ހިނގި އެކްސިޑެންޓެއްގައި އަނިޔާވި އަންހެން މީހާއަށް ފަރުވާ ދެމުން ދަނީ އައިސީޔޫގައި ކަމަށް އެ ރަށުގެ ހޮސްޕިޓަލުން ބުނެފި އެވެ.

ވީ ކިހިނެއް؟ - އެނގިފައިވާ ގޮތުގައި، ރޭ ދަންވަރު އެ އެކްސިޑެންޓުގައި ހިނގީ، މަގުމަތިން ހުރަސްކުރި ބުޅަލެއްގައި ޖެހިގެންނެވެ. ބުޅަލުގެ މައްޗަށް ސައިކަލު އަރައި ސައިކަލު ކަހާލައިގެން ވެއްޓި، އަންހެން މީހާއަށް އަނިޔާވި އިރު، ސައިކަލުގެ ފަހަތުގައި އޭނާގެ 12 އަހަރުގެ ދަރިފުޅު ވެސް އިނެވެ.

ތަފްސީލް - އެކްސިޑެންޓުގައި ބުޅާ މަރުވި އިރު، ދަރިފުޅަށް މާ ބޮޑު އަނިޔާއެއް ނުވެ އެވެ. އެކަމަކު އަންހެން މީހާގެ ބޯ ފަޅައިގެން ގޮސް ހަށިގަނޑުގެ އެހެން ތަންތަނަށް ޒަަހަމްތަކެއް ލިބުނެވެ.

ބުނީ ކީކޭ؟ - ފުވައްމުލަކު ހޮސްޕިޓަލްގެ މެނޭޖަރު އަހްމަދު ލިރާރު މިއަދު ވިދާޅުވީ 36 އަހަރުގެ އަންހެން މީހާގެ ބޮލަށް ވަރަށް ބޮޑަށް އަނިޔާވެ، ކަންފަތުން ލޭ އައިސްފައިވާ ކަމަށެވެ. އެކަމަކު އޭނާގެ ހާލު މި ވަގުތު ސްޓޭބަލް ކަމަށް ލިރާރު ވިދާޅުވި އެވެ.

"އަޅުގަނޑުމެން މިހާރު މި މަސައްކަތް ކުރަނީ ފްލައިޓެއް ޗާޓަރު ކޮށްގެން މިއަދު މެންދުރު ވުމުގެ ކުރިން އޭނާ މާލެ ފޮނުވާލެވޭތޯ،" އޭނާ ވިދާޅުވި އެވެ.

"އަންހެން މީހާ މި ވަގުތު އޮތީ އައިސީޔޫގައި. އެކަމަކު އަނެއްހެން ހާލު ސްޓޭބަލް."

އިތުރު އާޓިކަލް

އިތުރު އާޓިކަލް