ފުވައްމުލަކު މަގެއްގެ މަތީ ފުލުހަކު ފޯރިމަރަނީ. (ދައުރު ފައިލް ފޮޓޯ/ މުޒައްޔިން ނާޒިމް)

ފުވައްމުލައް

ފުވައްމުލަކު އެކްސިޑެންޓްް: 14 އަހަރުގެ ކުއްޖާ އިތުރު ފަރުވާއަށް މާލެ ގެނެސްފި

އެ ކުއްޖާ ވެއްޓިފައި އޮއްވާ ފެނުނީ، އެ ރޭ ދަންވަރު 3:40 ހާއިރު އެ ރަށުގައި ފޯރިމަރަމުން ދިޔަ ފުލުހުންނަށް

ފުވައްމުލަކުގައި މިދިޔަ ހުކުރު ދުވަހުގެ ރޭ ދަންވަރު ސައިކަލަކާ އެކު ވެއްޓިފައި އޮއްވާ ފެނުނު ކުޑަ ކުއްޖާ އިތުރު ފަރުވާއަށް މާލެ ގެނެސްފި އެވެ.

ވީ ކިހިނެއް ؟ - އުމުރުން 14 އަހަރުގެ އެ ކުއްޖާ ވެއްޓިފައި އޮއްވާ ފެނުނީ، އެ ރޭ ދަންވަރު 3:40 ހާއިރު އެ ރަށުގައި ފޯރިމަރަމުން ދިޔަ ފުލުހުންނަށެވެ. އެ ރަށު ހޮސްޕިޓަލާ ހަވާލާދީ، ފުލުހުން ބުނެފައިވާ ގޮތުން އޭނާގެ ހާލު ސީރިއަސް އެވެ.

ބުނީ ކީކޭ؟ - އެ ހޮސްޕިޓަލުގެ އޮފިޝަލަކު މިއަދު 'ދައުރު'އަށް ވިދާޅުވީ، ރޭ 11 ހާއިރު އެ ކުއްޖާ އިތުރު ފަރުވާއަށް މާލެ ގެނެސްފައިވާ ކަމަށެވެ.

އެ ކުއްޖާގެ ސިއްހީ ހަލާތާ ގުޅޭ ގޮތުން އޮފިޝަލް ވާހަކައެއް ނުދެއްކެވި އެވެ.

މި މައްސަލަ ފުލުހުން ތަހުގީގު ކުރަމުން އަންނައިރު، އެ އެކްސިޑެންޓް ހިނގަން މެދުވެރިވި ސަބަބެއް އަދި ސާފެއް ނޫނެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް