ސިނަމާލެ ބުރިޖަށް އަރާ ސަރަހައްދުގައި ފުލުހުންގެ ވެހިކަލެއް މަޑުކޮށްލައިގެން. (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)

ބްރިޖު ލައިޓު ކައިރިން 2 ސައިކަލު ޖެހި 3 މީހަކަށް އަނިޔާވެއްޖެ

43 އަހަރުގެ މީހާއަށް އައިޖީއެމްއެޗުގައި ފަރުވާ ދެމުން އަންނައިރު، އަނެއް ދެ މީހުންނަށް ފަރުވާދެމުން އަންނަނީ ސެނަހިޔާގައި

ސިނަމާލެ ބްރިޖުން މާލެއަށް ފައިބާ ސަރަހައްދުގައި ހުންނަ ޓްރެފިކް ލައިޓު ކައިރީ މަޑުކޮށްގެން އިން ސައިލަކެއްގައި އޭގެ ފަހަތުން ދުއްވާފައި އައި ސައިކަލަކުން މިރޭ ޖެހި އެކްސިޑެންޓެއް ހިނގައިފި އެވެ.

ވީ ކިހިނެއް؟ - ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ، ބްރިޖުގެ މާލެއާ ދިމާލުން ލައިޓަށް މަޑުކޮށްގެން އިން ސައިކަލެއްގައި އޭގެ ފަހުން އައި ސައިކަލަކުން ޖެހި އެކްސިޑެންޓެއް ހިނގާފައިވާ ކަމުގެ މައުލޫމާތު މިރޭ 11:33 ހާއިރު ލިބިފައިވާ ކަމަށެވެ.

ތަފްސީލު - އެ އެކްސިޑެންޓުގައި ތިން މީހަކަށް އަނިޔާވެފައިވާ ކަމަށް ފުލުހުން ބުންޏެވެ. އެއީ:

  • 47 އަހަރުގެ ފިރިހެނަކަށް

  • 31 އަހަރުގެ ފިރިހެނަކަށް

  • 43 އަހަރުގެ ފިރިހެނަކަށް

އެ ތިން މީހުންގެ ތެރެއިން 43 އަހަރުގެ މީހާއަށް އައިޖީއެމްއެޗުގައި ފަރުވާ ދެމުން އަންނައިރު، އަނެއް ދެ މީހުންނަށް ފަރުވާދެމުން އަންނަނީ ސެނަހިޔާ ހޮސްޕިޓަލުގަ އެވެ.

އެ އެކްސިޑެންޓު ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.

އެނގުން މުހިންމު - މި ރޯދަމަސް ފެށުނު ފަހުން ބްރިޖު މަތިން ނުވަތަ ހައިވޭގައި އެކްސިޑެންޓްތައް ހިނގުން ވަނީ އާންމުވެފަ އެވެ. އެގޮތުން، ކާރަކާއި ބަހެއް ޖެހި މިދިޔަ ހަފްތާގައި ވެސް ބްރިޖު މަތިން އެކްސިޑެންޓެއް ހިނގާފައިވެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް