ހުޅުމާލެ ފޭސް ދޭއްގައި ޕާކްކޮށްފައި ހުރި ސައިކަލްތަކެއް. (ދައުރު ފޮޓޯ/އަބްދުﷲ އިޔާން)

ޕިކަޕަކާއި ކާރެއް ޖެހި ހިނގި އެކްސިޑެންޓްގައި އަނިޔާވި މީހާގެ ހާލު ސީރިއަސް

އިއްޔެ ހަވީރު 3:17 ހާއިރު ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހިނގި ހާދިސާގައި ޒަހަމްވީ 20 އަހަރުގެ ދިވެހި ފިރިހެނަކަށް
3 މޭ 2023

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިއްޔެ ހަވީރު ޕިކަޕަކާއި ކާރެއް ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ޒުވާނާގެ ހާލު ސީރިއަސް ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

ވީ ކިހިނެއް؟ - އިއްޔެ ހަވީރު 3:17 ހާއިރު ހިނގި ހާދިސާގައި ޒަހަމްވީ 20 އަހަރުގެ ދިވެހި ފިރިހެނަކަށެވެ. އެ މީހާ މަރުވެފައިވާ ކަމަށް ސޯޝަލް މީޑިއާގައި އަޑުފެތުރުނަސް ފުލުހުން މިއަދު ވަނީ އެކަން ދޮގުކޮށްފަ އެވެ.

ތަފްސީލް - ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ އެ މީހާގެ ހާލު ސީރިއަސް ކަމަށެވެ. ނަމަވެސް، އިތުރު ތަފްސީލެއް ނުދެ އެވެ.

އޭނާއަށް ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނައިރު، އޭނާއަށް ލިބިފައިވާ އަނިޔާތަކުގެ ތަފްސީލެއް އަދި ނޭނގެ އެވެ.

ފަސްމަންޒަރު - ހުޅުމާލޭގައި އެކްސިޑެންޓުތައް މިފަހުން ވަނީ އިތުރުވެފަ އެވެ. ނިރޮޅުމަގުގައި މިދިޔަ މަހު ފަހުކޮޅު ކާރަކާއި ސައިކަލެއް ޖެހި 18 އަހަރުގެ ފިރިހެނަކަށް ސީރިއަސް ޒަހަމްތަކެއް ލިބިފައިވެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް