ހައިވޭގައި މިދިޔަ މާޗު މަހު ކާރަކާއި ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓުގައި ސައިކަލަށް ގެއްލުން ލިބިފައި: ރޭ ހިނގި އެކްސިޑެންޓެއްގައި ވަނީ މީހަކު މަރުވެފައި. (ދައުރު ފައިލް ފޮޓޯ/އަބްދުﷲ އިޔާން)

ހައިވޭގައި ސައިކަލަކާއި ޕިކަޕެއް ޖެހި ހިނގި އެކްސިޑެންޓެއްގައި މީހަކު މަރުވެއްޖެ

ސައިކަލު ދުއްވަން އިން 43 އަހަރުގެ ދިވެހި ފިރިހެން މީހާ ޓްރީ ޓޮޕް ހޮސްޕިޓަލަށް ގެންދިޔައިރު ވެސް ވަނީ މަރުވެފައި
27 މޭ 2023

މާލެ އާއި ހުޅުމާލެ ގުޅުވައިދޭ ހައިވޭގައި ދުއްވާފައި ދިޔަ ސައިކަލަކާއި ޕިކަޕެއް ޖެހި ރޭ ހިނގި އެކްސިޑެންޓެއްގައި މީހަކު މަރުވެއްޖެ އެވެ.

ވީ ކިހިނެއް؟ - ފުލުހުން ރޭ ދަންވަރު މީޑިއާތަކަށް ފޮނުވި މެެސެޖެއްގައި ބުނި ގޮތުގައި، އެ އެކްސިޑެންޓުގެ ރިޕޯޓް އެ ތަނަށް ލިބުނީ ރޭ ދަންވަރު 12:04 ހާއިރެވެ.

ތަފްސީލް - ފުލުހުން ބުނި ގޮތުގައި:

  • އެކްސިޑެންޓް ހިނގީ މާލޭން ހުޅުމާލެއަށް ދުއްވާފައި ދިޔަ ސައިކަލެއް ޕިކަޕެއްގައި ޖެހިގެން

  • ސައިކަލު ދުއްވަން އިން މީހާ ޓްރީ ޓޮޕް ހޮސްޕިޓަލަށް ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށް އެ ހޮސްޕިޓަލުން ބުނެފައިވޭ

  • މަރުވެފައި ވަނީ 43 އަހަރުގެ ދިވެހި ފިރިހެނެއް

"މި މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުން،" ފުލުހުންގެ މެސެޖުގައިވެ އެވެ.

އެނގުން މުހިންމު - މި ފަހުން މަގުމަތީގެ ނުރައްކާތެރި ގިނަ އެކްސިޑެންޓުތަކެއް ވަނީ ހިނގާފަ އެވެ. އޭގެ ތެރެއިން ގިނަ ހދިސާތައް ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހިނގާފައި ވާއިރު، ބައެއް އެކްސިޑެންޓުތަކުގައި މީހުން މަރުވެފައި ވެސް ވެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް