ބޮޑުތަކުރުފާނު މަގުގައި ހިނގި އެކްސިޑެންޓުގައި އަނިޔާވި މީހާ ސްޓްރެޗަރަށް އަރުވަނީ.

ބޮޑުތަކުރުފާނު މަގުގައި އެކްސިޑެންޓެއް ހިނގައި އެކަކަށް ބޮޑެތި އަނިޔާތަކެއް

އެ މީހާއަށް ލިބުނު އަނިޔާތަކަށް ދަނީ އައިޖީއެމްއެޗްގައި ފަރުވާ ދެމުން
14 އޭޕްރީލު 2024

ބޮޑުތަކުރުފާނު މަގުގައި މިއަދު ހަވީރު ސީރިއަސް އެކްސިޑެންޓެއް ހިނގައި އެކަކަށް ބޮޑެތި އަނިޔާތަކެއް ލިބިއްޖެ އެވެ.

ވީ ކިހިނެއް؟ - ފުލުހުން މީޑިއާތަކަށް މައުލޫމާތު ދިން ގޮތުގައި މި އެކްސިޑެންޓް ހިނގާފައިވަނީ ބޮޑުތަކުރުފާނު މަގުން ދުއްވާފައި ދިޔަ ދެ ސައިކަލު ޖެހިގެންނެވެ.

ތަފްސީލް - ހަވީރު 5:30 ހާއިރު ހިނގި މި އެކްސިޑެންޓުގައި:

  • އެކަކަށް އަނިޔާވި؛ އޭނާއަށް މިހާރު ދަނީ އައިޖީއެމްއެޗްގައި ފަރުވާ ދެމުން

  • ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުނީ އެ މީހާއަށް ލިބިފައިވަނީ ބޮޑެތި އަނިޔާތަކެއް ކަމަށް

އެކްސިޑެންޓުގައި އަނިޔާ ލިބުނު މީހާ ހޮސްޕިޓަލަށް ގެންދަން ސްޓްރެޗަރަށް އަރުވާ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ވަނީ އާންމުވެފަ އެވެ. 

އެކްސިޑެންޓު ހިނގި ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަމުން ދާ ކަމަށާއި އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް