ބޮޑުތަކުރުފާނު މަގު. ކާރަކާއި ސައިކަލެއް ޖެހި ރޭ އެމަގުގައި ވަނީ އެކްސިޑެންޓެއް ހިނގާފައި (ދައުރު ފޮޓޯ/ އަބްދުﷲ ޔަޝާއު)

ދަރުބާރުގެ ކައިރިން އެކްސިޑެންޓެއްވެ އެކަކަށް ފަރުވާދެނީ

އެ އެކްސިޑެންޓުގައި އަނިޔާވި 21 އަހަރުގެ ފިރިހެނަކު އައިޖީއެމްއެޗަށް ގެންގޮސްފައިވޭ
5 ސެޕްޓެމްބަރު 2024

ބޮޑުތަކުރުފާނު މަގާއި ކޮއިމަލާ ހިނގުން ގުޅޭ ކަންމަތީގައި ކާރަކާއި ސައިކަލެއް ޖެހި ރޭ އެކްސިޑެންޓެއް ހިނގައިފި އެވެ.

ވީ ކިހިނެއް؟ - ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ ރޭ ދަންވަރު 12:53 ހާއިރު އެ މަގުގައި އެކްސިޑެންޓެއް ހިނގާފައިވާ މައްސަލަ ރިޕޯޓްކޮށްފައިވާ ކަމަށެވެ.

ތަފްސީލް - ފުލުހުން ބުނީ އެ އެކްސިޑެންޓުގައި އަނިޔާވީ ސައިކަލު ދުއްވަން އިން 21 އަހަރުގެ ފިރިހެނަކަށް ކަމަށާއި އޭނާއަށް ފަރުވާދޭން އައިޖީއެމްއެޗަށް ގެންގޮސްފައިވާ ކަމަށެވެ.

އިތުރު ތަފްސީލެއް ނުދީ ފުލުހުން ބުނީ އެ މައްސަލަ ތަހުގީގް ކުރަމުން އަންނަ ކަމަށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް