ހުޅުމާލޭގެ މަގެއް: ދޭތެރެ ދޭތެރެއިން ނުރައްކާތެރި ބޮޑެތި އެކްސިޑެންޓް ހިނގާ

ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއްގައި އަނިޔާވި ޒުވާނާ މަރުވެއްޖެ

މިދިޔަ ހަފްތާގެ ހުކުރު ދުވަހު ހަވީރު ހުޅުމާލޭގައި ހިނގި އެ އެކްސިޑެންޓްގެ މައުލޫމާތު ހޯދަން ފުލުހުން އަންނަނީ މަސައްކަތްކުރަމުން

ހުޅުމާލޭގައި މިދިޔަ ހަފްތާގައި ހިނގި އެކްސިޑެންޓެއްގައި އަަނިޔާވި ޒުވާނާ މިއަދު މަރުވެއްޖެ އެވެެ.

ވީ ކިހިނެއް؟ - އެއީ މިދިޔަ ހަފްތާގެ ހުކުރު ދުވަހު ހަވީރު 4:54 ހާއިރު ހުޅުމާލެ، ނިރޮޅުމަގާއި ގުލްއަލާމާ ހިނގުން ގުޅުނު ކަންމަތީގައި ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓެކެވެ. ނަމަވެސް އެ އެކްސިޑެންޓްގެ މައުލޫމާތު ފުލުހުންނަށް ވެސް އަދި ފުރިހަމަައަށް ލިބިފައެއް ނުވެ އެވެ. އެހެންކަމުން އެ އެކްސިޑެންޓްގެ މައުލޫމާތު އެނގޭ ނުވަތަ މަންޒަރު ދުށް މީހަކު ނުވަތަ ބަޔަކު ހޯދަން ފުލުހުން ވަނީ އިއުލާނުކޮށްފަ އެވެ.

ތަފްސީލް - އެ އެކްސިޑެންޓުގައި އަނިޔާވެ މަރުވީ މުހައްމަދު ވިޝާލް، ރޭދުވާ/ދ. ކުޑަހުވަދޫ އެވެ. އުމުރުން 18 އަހަރުގެ ޒުވާނާ މަރުވީ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެނިކޮށެވެ. 

އޭނާގެ ކަށުނަމާދު އޮންނާނީ މިރޭ 12 ޖަހާއިރު ހުޅުމާލޭ ސަހަރާ މިސްކިތުގަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް