ކާރުތަކެއް އެކްސިޑެންޓުވުމާ ގުޅިގެން ބްރިޖުގެ ހައިވޭގައި މިރޭ ޓްރެފިކް ތާށިވެފައި

ސިނަމާލެ ބްރިޖު

ހަތަރު ކާރެއް އެކްސިޑެންޓްވެ، ބުރިޖުގެ ޓްރެފިކް ހުއްޓުމަކަށް އަތުވެއްޖެ

އެ ސަރަހައްދުގެ ޓްރެފިކަށް ބުރޫއެރިތާ ގިނަ އިރުތަކެއް ފަހުން އެ މައްސަލަ ވަނީ ހައްލުކޮށްފައި

މާލެ-ހުޅުމާލެ ހައިވޭގައި މިއަދު ހަވީރު ހަތަރު ކާރެއް އެކްސިޑެންޓްވެ، އެ ސަރަހައްދުގެ ޓްރެފިކް އެއްކޮށް ހުއްޓުނުތާ ގިނަ އިރުތަކެއް ފަހުން އެ މައްސަލަ ހައްލުކޮށްފި އެވެ.

ވީ ކިހިނެއް؟ - މާލެއިން ހުޅުމާލެއަށް ދަތުރު ކުރާ ފަޅީގައި، ހަތަރު ކާރެއް ޖެހި އެކްސިޑެންޓުވުމާ ގުޅިގެން ފުލުހުން އައީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ.

އަދި އެކްސިޑެންޓާ ގުޅިގެން ބުރިޖުގެ ޓްރެފިކް ބްލޮކްވެފައިވާތީ، އާއްމުން އެކަމަށް ސަމާލުވުމަށް، ފުލުހުން އެދިފައިވެ އެވެ.

ތަފްސީލު - މި އެކްސިޑެންޓާ ގުޅިގެން ޓްރެފިކަށް ބުރޫއަރައި، އެ ސަރަހައްދު ވަނީ ވަރަށް ބޮޑަށް ތޮއްޖެހިފަ އެވެ. އެކްސްގައި ބައެއް މީހުން ވަނީ މައްސަލަ ހައްލުނުވެ ގަޑިއެއްހާއިރު ވެގެން އެކަން ފާހަގަކޮށްފަ އެވެ.

ފުލުހުން މިރޭ 7:20 އެހާއިރު އެކްސްގައި ބުނީ އެ މައްސަލަ މިހާރު ހައްލުކޮށްފައިވާ ކަމަށެވެ.

މިކަން ހައްލު ނުވެ، ލަސްވުމާ ގުޅޭގޮތުން ފުލުހުންގެ ރަސްމީ ބަހެއް އަދި ނުލިބެ އެވެ. ބެލެވޭ ގޮތުގައި، އެއްފަހަރާ ހަތަރު ކާރު ޖެހުމުން، އެތަކެތި ސީނުން ނެގުން ލަސްވީ އެވެ.

އެކްސިޑެންޓްގައި މީހަކަށް އަނިޔާވި ކަމެއް ވެސް އަދި ކަށަވަރެއް ނޫނެެވެ. މި އެކްސިޑެންޓްގައި އަނިޔާވި މީހަކު ބިންމައްޗަށް ވެއްޓިފައި އޮއްވާ އެ ސަަރަހައްދުގައި ނައިބު ރައީސް ފައިސަލް ނަސީމް ހަރަކާތްތެރިވެވަޑައިގަންނަވާ މަންޒަރު ފެންނަ ވީޑިއޯއެއް ޝޯޝަލް މީޑިއާގައި ދައުރުވެ އެވެ. ފައިސަލް އެމީހާގެ ހާލު ބައްލަވާ މަންޒަރު އެ ވީޑިއޯ އިން ފެނެ އެވެ. އަދި އެވަގުތު އެމަނިކުފާނުގެ މޮޓޯކޭޑް ވެސް އެ ސަރަހައްދުގައި މަޑުކޮށްފައި އޮންނަތަން އެ ވީޑިއޯއިން ފެނެ އެވެ.

ކޮމެންޓް (1)

އަހްމާ

6 އޮކްޓޯބަރު 2023
ބުރިޖުގައި ދުއްވާ ވެހިކަލްތަކުގެ %9.9 ޕަސަންޓަކީ ޤާނޫނާ ޚިލާފަށް ބާރު ސްޕީޑުގައި ދުއްވާ ވެހިކަލްތައް. އޭގެ ތެރޭގައި އެމްއެންޑީއެފްގެ ވެހިކަލްތައްވެސް ހިމެނޭ. ބިރުވެރިކަން އުފެދޭގޮތަށް، އެހެން މީހުން ގެއްލުމަށް ހުށަހެޅޭގޮތަށް ދުއްވުމަކީ ކަނޑައެޅިގެން ގާނޫނާ ހިލާފް އިސްލާމީ ޝަރީއަތާ ހިލާފުކަމެއް. ފުލުހުން ބަލަނީ ހެލްމެޓް އަޅާތޯ؟ ހެލްމެޓް އަޅައިގެން ސައިކަލުގައި އުދުހިފަ ދިޔާމަ ބުނާނެ، އުދެހޭ ސައިކަލެކޭ/ ނޫސްތަކުގައިވެސް ލިޔާނެ "ކުޅަދާނަ ޒުވާނުން ސައިކަލުގައި އުދުހިފަ". ބަލަ މީހުންގެ ފުރާނައޭ އެދަނީ ތިހެން ބަސްހުއްޓިފައި ތިއްބާ.
2 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް