ކިޔުންތެރިންގެ ހިޔާލު

މަސްވެރިން ވެސް ތެޅެނީ، ސަރުކާރު ވެސް ތެޅެނީ؛ ހިޔާލަކީ ކޮބާ؟

22 ފެބްރުއަރީ 2024
14

ސަރުކާރުގައި ލާރިއެއް ނެތެވެ. މުވައްޒަފުންނަށް މުސާރަ ދެވެނީ ކިރިޔާ އެވެ. އެކަމަކު މަސްވެރިންގެ ވޯޓު ލިބޭތޯ އެޅި ފިޔަވަޅު މި އޮތީ ދަންމަޅިއަކަށް ބަދަލުވެފަ އެވެ.

ދުނިޔޭގެ ބާޒާރުގައި ކަޅުބިލަމަހުގެ އަގު ހުރި މިންވަރަށް ވުރެ ދެ ގުނަ ބޮޑުކުރީ މިދިއަ ސަރުކާރުންނެވެ. އެކަމަކު މިފްކޯއަށް މަސްވެރިން ކިރާ މަހަށް ފައިސާ ދެއްކޭނެ ގޮތެއް ނެތެވެ. ދަރަންޏަށް ހޯދައިގެން ނަމަވެސް އެ ފައިސާ އަޅަން ޖެހިފައި މި އޮތީ ސަރުކާރަށެވެ.

މިއަދު މަސްވެރިން އެ ފައިސާ ނުލިބިގެން އިހުތިޖާޖުކޮށް، މިފްކޯގެ މަސް ފެކްޓަރީތައް ހުއްޓުވައިފި އެވެ. މަސްވެރިކަމާ ބެހޭ މިނިސްޓަރު އަހުމަދު ޝިޔާމް ވަޑައިގެން މަސްވެރިންނަށް ވިސްނައިދެއްވައިފި އެވެ. އަދި މިހާރު ނުދީ އޮތް 280 މިިލިއަން ރުފިޔާގެ ތެރެއިން އިއްޔެ އާއި މިއަދު 70 މިލިއަން ރުފިޔާ ދޭން ވަނީ ފަށައިފަ އެވެ. އަންނަ ހޯމަދުވަހުގެ ކުރިން އިތުރު 30 މިލިއަން ރުފިޔާ ވެސް ދޭނެ އެވެ.

އެކަމަކު މިއީ ދެމެހެއްޓެނިވި ގޮތަކަށް ގެންދެވޭނެ ކަމެއް ނޫނެވެ.

މިފްކޯ ޕްރައިވެޓައިޒްކުރުން

Thank you for voting Poll closes on 25 Feb 2024 11:59 AM Final Results

މަސްވެރިކަމާ ބެހޭ މުހިންމު ކަވަރޭޖްތައް

މިއީ އާންމުން ހިޔާލު ފާޅުކުރަން ޖެހޭ މައްސަލައެކެވެ. މަސްވެރިކަން ހިމާޔަތްކުރުމަކީ ސަރުކާރުގައި ނެތް ވަރުން ސަބްސިޑީ ދިނުން ހެއްޔެވެ؟ ނުވަތަ ދުނިޔޭގެ ބާޒާރުގެ އަގަށް މިފްކޯއަށް މަސް ގަތުން ހެއްޔެވެ؟ މަސްވެރިކަމުގައި އަމިއްލަ ވިޔަފާރިވެރިންގެ ދައުރު ބޮޑުކުރުން ހެއްޔެވެ؟ 

އެޑިޓަރުގެ ނޯޓް:

ދިވެހި މަސްވެރިކަމުގެ ތެރޭގައި ސަރުކާރުގެ ނުފޫޒު ނެތް ދުވަސްވަރެއް އަދި ނާދެ އެވެ. މަސްވެރިންނަށް ސަރުކާރުން ދޭ ސަބްސިޑީގެ މިންވަރު މިހާރު ބިލިއަން ރުފިޔާއަށް ވުރެ ބޮޑެވެ. ސަރުކާރުގެ މަސް ކުންފުނި މިފްކޯއަށް މަސް ގަންނަނީ ދުނިޔޭގެ ބާޒާރުގައި މަހުގެ އަގު ހުންނަ މިންވަރަށް ވުރެ ބޮޑުކޮށެވެ. މަސްވެރިންނަށް ނުދެވި ހުރި ފައިސާގެ މިންވަރު 280 މިލިއަން ރުފިޔާއަށް އަރަ އެވެ. މިގޮތަށް ރާއްޖޭގެ މަސްވެރިކަން ހިފެހެއްޓިދާނެ ހެއްޔެވެ؟ މިއީ އިންސާފެއް ހެއްޔެވެ؟ މި ބަހުސް 'ދައުރު'ން މި ހުޅުވާލަނީ ކިއުންތެރިންނަށެވެ. މިއީ ކިއުންތެރިންގެ ފޯރަމްގެ ފުރަތަމަ މައުލޫއު އެވެ.

ހިޔާލު ފޮނުވުމަށް ބާކީ

ދުވަސް

:

ގަޑި

:

މިނެޓު

ހިޔާލުތައް

މަސްވެރިއެއް

24 ފެބްރުއަރީ 2024

06:36

މަސްވެރިންގެ އަޑު

މަސްވެރިކަމަކީސަރުކާރުތަކުންރައްޔިތުން ކޮްޓުރޯލް ކުރުމަށް ގެންގުޅޭ އިންޑަސްޓުރީއެއް.  

ޫ ޔޫ އެން

23 ފެބްރުއަރީ 2024

21:10

Adhives ministarun naai naibun levunu varu madhee...
Dhimyaathuge kuyyah negunu varuves madhee hama..

މީއަވަ

23 ފެބްރުއަރީ 2024

14:54

މިފްކޯ

ހަގީގަތަކީ މަސްވެރިންނާއި މަސްވެރިކަން ކުރިއެރުމަށް އޮތް ހުރަހަކީ މިގައުމުގެ މަހުޖަނުންކަމެވެ. ސަރުކާރުގެ ކުންފުނިތައް ނުސީދާކޮށް ކޮންޓްރޯލްކޮށް، ކަމާއި ގުޅިގެން ހެދޭ ސިޔާސަތުތައް އެގޮތް މިގޮތަށް ހުއްޓުވައި ނޫނީ ބަދަލުކޮށް ގައުމުގެ މުޅި އިގްތިސާދީ މިސްރާބާއި ދުވެލި މުށުތެރޭގައި ލައިގެން އުޅެނީ އެމީހުންނެވެ. އެހެން ބަޔަކަށް އެމީހުންގެ މިލްކިއްޔާތުގައިވާ ރާއްޖެ އިން ލޯ ލާރިއެއްވެސް އެހެން މީހަކަށް ލިބުނަކަ ނުދޭނެއެވެ. މިއީ ހަގީގަތެވެ. 

އިބްރާހީމް

23 ފެބްރުއަރީ 2024

14:02

މަސްވެރިކަން

ނުލިބޭ އަގު ދީގެން މަސްގަންނާކަށް ނުޖެހޭ. ދަނޑުވެރިން ހައްދާ ދަނޑުވެރިކަމުގެ ސާމާނުވެސް ބޮޑު އަގުގައި ސަރުކާރަށް ގަންނަން ޖެހޭނެ. މައްސަލައަކީ ވެރިކަމުގެ ދަހިވެތިކަމުގައި ނުފުއްދޭވަރު ވައުދުވުން. ވެރިކަން ނުލިބޭނެކަން ޔަގީންވީމާ ސޯލިހު ޖެހި މަޅީގައި މުއިއްޒު ރަނގަޅަށް ޖެހި ފިތިފައި

ޙިޔާލު

22 ފެބްރުއަރީ 2024

23:35

ލޭނާރު

Mee dhivehin ge leynaaru kamugaa Vaa mas veri kamuge haalu onnan jehey hisaabu kamah dhekumakee sarukaaru ladhu vethi vaan jehey varu kameh 

ނަސްރު އަލީ

22 ފެބްރުއަރީ 2024

22:05

ލަސްނުކޮށް މިފްކޯ ޕްރައިވެޓައިޒް ކުރަންޖެހޭ

މިފްކޯއިންދައުލަތަށް ލިބެމުންދާ ގެއްލުމުން ސަލާމަތްކުރުމަށްޓަކައި ވީއެންމެ އަވަހަކަށް ކުންފުނި ޕްރައިވެޓައިޒް ކުރަންޖެހޭ. ދައުލަތުން މަސްވެރިންނަށް ތެލުގެ ސަބްސިޑީދީފައި، ދައުލަތަށް ޓެކްސްގެ ގޮތުގައި އެންމެ ލާރިއެއްވެސް ނުނަގައި، ދުނިޔޭގެ ބާޒާރުގައި ހުންނަ އަގަށްވުރެ މާބޮޑުކޮށް މަސްވެރިންގެ އަތުން މަސްގަތުމަކީ ޓެކްސްދައްކާ ދިވެހިރައްޔިތުންނަށް ވެވޭބޭއިންސާފެއް. މަސްވެރިން ބާނާމަހަށް ހައްގުވާ ހަމައަގަކީ ދުނިޔޭގެ ބާޒާރުގައި މަހުގެ އަގު އެވަގުތެއްގައި ހުރިވަރެއް. ވޯޓު ހޯދުމަށްޓަކައި މަސްވެރިންނަށް ނުބައި ތަސައްވުރެއް ދިނުން ހުއްޓާލަންޖެހޭ. މަސްވެރިކަމަކީ އިރެއްގައި ދިވެހިންގެ ލޭނާރަށްވިއަސް، މިހާރު ދިވެހިންގެ ލޭނާރަކީ އަދި އިގްތިސާދުގެ މައިގަނޑަކީ ފަތުރުވެރިކަން. މިފްކޯގެތެރޭގައި ޚިޔާނާތުގެ މޫލާފައިވަނީ އެންމެތިރިން ފެށިގެން އެންމެ މައްޗާ ހަމަޔަށް. ޕްރައިވެޓް ކުންފުނިތަކުގައި ކޮރަޕްޝަން ނައްތާލަންފަސޭހަވާނެ. ސަރުކާރު ކުންފުންޏަކުން ކޮރަޕްޝަން ނައްތާލުމަކީ މުސްތަހީލުކަމެއް.  

ހިތަޑޫ 2

26 ފެބްރުއަރީ 2024
މިފްކޯ ހަދަންޖެހޭ ގޮތަކީ ސްޓޮކް މާކެޓްގަ ލިސްކުރަންވީ. ކޮއްފަ ސަރުކާރުގެ ނުފޫޒު ނައްތާލަން ޖެހެނީ، އެހެން ނޫން ގޮތަކަށް ޕްރައިވަޓައިޒް ކުރިއަސް އެކަމުގެ ފައިދާ ނަގާނީ މަހުޖަހުން. އާންމުނަކަށް ކުރާނެ ފައިދާއެއްނޯންނާނެ މާ ބޮޑު.

އިތުރު އާޓިކަލް

އިތުރު އާޓިކަލް