މޯލްޑިވިއަން ޑިިމޮކްރެޓިކް ޕާޓީ
ރާއްޖޭގައި ރަޖިސްޓްރީކުރި ފުރަތަމަ ސިޔާސީ ޕާޓީ
އެންމެ ފުރަތަމަ ޕާޓީގެ ހަރަކާތްތައް ފެށީ ސްރީ ލަންކާގައި
މިހާތަނަށް ރައްޔިތުންގެ މަޖިލިހުގެ ސުޕަ މެޖޯރިޓީ ހޯދި ހަމައެކަނި ޕާޓީ
މޯލްޑިވިއަން ޑެމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އަކީ ދިވެހިރާއްޖޭގައި އުފެދުނު އެންމެ ފުރަތަމަ ސިޔާސީ ޕާޓީއެވެ.
އެމްޑީޕީގެ ސަރުކާރު އިންތިޚާބުކުރެވުނީ އަތްފޯރާފަށުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމާއި، ބޭސްފަރުވާއަށް ސަލާންޖެހުން ނައްތާލުމާއި، މަސްތުވާތަކެއްޗަށް ހުޅުވި ދޮރުތައް ބަންދުކުރުމާއި، ދިރިއުޅުމުގެ އަގު ތިރިކުރުމާއި، ދިވެހިރާއްޖެ ދަތުރުފަތުރުގެ ނިޒާމުން ގުޅާލުމުގެ ވަޢުދާއެކުގައެވެ. ފެބްރުއަރީ 2012 ގައި ފުލުހުންނާއި، ސިފައިން އިސްވެ ބަޣާވާތުން ވެރިކަން ފުރޮޅާލިއިރު، އެވަޢުދުތައް ފުއްދުމަށް ކުރާންޖެހޭ ގިނަ މަސައްކަތްތައްވަނީ ކުރެވިފައެވެ. އަދި ބައެއްކަންކަން ވަނީ ޙާސިލުވެސްކުރެވިފައެވެ. އެމްޑީޕީއިން އެދުވަހުއްސުރެންވެސް މަސައްކަތްކުރަމުންދިޔައީ ބަޣާވާތުގެ ސަރުކާރުން ހަނިކުރުމަށް ފައިނެގި ނުހަނުދަތިކަމާއި، ހިންމަތުން ހޯދުނު ޑެމޮކްރެޓިކް ޙައްޤުތަކާއި، މިނިވަން އިންސާފުވެރި އިންތިޚާބުތަކުގެ ފުރުސަތު ޙިމާޔަތްކުރުމަށެވެ.
މެނިފެސްޓޯ އާއި ވައުދު
މެނިފެސްޓޯ އާއި ވައުދު
ހައުސިން ލޯނު ދޫކުރަން ބޭންކެއް
6% ރޭޓްގައި ހައުސިން ލޯނު ދޫކުރަން ބޭންކެއް ހެދުން. އިކުއިޓީ %10 ވުރެ މަތި ނުވާ ގޮތަށް
ކެއާ ކޯޑީނޭޝަން
ސަރަހައްދީ ފެންވަރުގައި ލިބެން ހުންނަ ހިދުމަތްތައް ރަށު ފެންވަރުގައި ލިބޭނެ ގޮތަށް (ކެއަރ ކޯޑިނޭޝަން) ނިޒާމު ގާއިމުކުރާނެ.
ސިއްހަތަށް ފައިދާހުރި ކާނާ އުފެއްދުން
އާންމު ސިއްހަތު ކުރިއެރުވުމަށް ސިއްހަތަށް ފައިދާހުރި ކާނާ ހެއްދުމަށް އިންސެންޓިވައިޒްކުރާނެ.
ދަރިމައިނުވުމުގެ މައްސަލައަށް ފަރުވާ ފުޅާކުރުން
އިންފަރޓިލިޓީ ފަރުވާއަށް ބޭނުންވާ ސްޕެޝަލިސްޓް ހިދުމަތްތައް ގާއިމުކޮށް، އިންފަރޓިލިޓީ ޓްރީޓްމަންޓްގެ ކަވަރޭޖްބޮޑުކުރާނެ.
އިޖްތިމާއީ އެހީތެރިޔާ
އާބާދީގެ ކޮންމެ 1000 މީހަކަށް ތަމްރީނު ލިބިފައިވާ އިޖްތިމާއީ އެހީތެރިއެއް ހުންނާނެ. މި އިޖްތިމާއީ އެހީތެރިޔާ މެދުވެރިކޮށް ނަފްސާނީ ދުޅަހެޔޮކަމަށް ބޭނުންވާ އެހީތެރިކަންފޯރުކޮށްދޭނެ.
ކެޓް ޝެލްޓާ
ކެޓް ޝެލްޓަރެއް ކްލިނިކަލް ހިދުމަތްތަކާއެކު ގާއިމުކުރާނެ.
ގެދޮރުވެރިޔާ ލޯނު 1 މިލިއަނަށް
ގެދޮރުވެރިޔާ ލޯނުގެ އުސޫލު މުރާޖައާކޮށް ލޯނު ދޫކުރެވޭ އަދަދު 1 މިލިއަން ރުފިޔާއަށް އިތުރުކޮށް، ލުއިފަސޭހަ ނިޒާމަކުން ލޯނު ލިބޭނެމަގު ތަނަވަސްކުރާނެ.
ކައުންސިލް ހައުސިން
ފުދުންތެރިކަން ކުޑަ ފަރާތްތަކަށް އިސްކަންދީގެން ކައުންސިލް ހައުސިންގް ތައާރަފްކުރާނެ.
ހައްޖާއި އުމްރާއަށް ގެންދިޔުމުގެ އަގު ކޮންޓްރޯލް ކުރުން
މިނިސްޓްރީ މެދުވެރިކޮށް ފައިސާދެއްކޭ ގޮތް ހަދާނެ
ތަރިކައާއި ސަގާފަތް ދައްކުވައިދޭ ފަތުރުވެރިކަމުގެ ޕްރޮޑަކްޓްސް
ދިވެހިރާއްޖޭގެ މުއްސަނދި ތަރިކައާއި ސަގާފަތް ދައްކުވައިދޭ އައު ފަތުރުވެރިކަމުގެ ޕްރޮޑަކްޓްސް ތައާރަފްކުރާނެ.
ދިވެހި އުފެއްދުންތައް ބޭރަށް
ދިވެހި އުފެއްދުންތައް އުފެއްދުމަށް މަގުފަހިކޮށްދީ، އެ އުފެއްދުންތައް ރާއްޖެއާއި ރާއްޖެއިން ބޭރުގައި ވިއްކޭނެ މަގު ފުޅާކުރާނެ.
އަމިއްލަ ބައިވެރިވުން އޮންނަ އިޖްތިމާއީ ރައްކާތެރިކަމުގެ ނިޒާމު
އަމިއްލަ ބައިވެރިވުން އޮންނަ (ކޮންޓްރިބިއުޓަރީ) އިޖްތިމާއީ ރައްކާތެރިކަމުގެ ނިޒާމެއްގެ ތެރެއިން އިތުރު އިންޝުއަރަންސްތައް ތައާރަފްކުރެވި އާއްމު ރައްޔިތުންނަކީ ދިރިއުޅުމުގައި ދިމާވެދާނެ އެކި ހާލަތްތަކަށް ތައްޔާރުވެތިބޭ ފަރާތްތަކަށްވާނެ.
ޑައިރެކްޓް ސަބްސިޑީ
ދައުލަތުގެ ބަޖެޓުން ބްލޭންކެޓްކޮށް ދެމުން އަންނަ ސަބްސިޑީތައް ހައްގުވެރި ފަރާތަށް ސީދާ ލިބޭނެގޮތަށް ޑައިރެކްޓް ސަބްސިޑީއަށް ބަދަލުކުރާނެ.
ޖަމިއްޔާތަކަށް މާލީ އެހީ
މަދަނީ ޖަމިއްޔާތައް ބާރުވެރިކުރުވާ މުޖުތަމައުގެ އެކި ކަންކަމުގައި އެ ފަރާތްތަކުގެ ބައިވެރިވުން އިތުރުކުރުމަށްޓަކައި، މަދަނީ ޖަމިއްޔާތަކަށް މާލީ އެހީ ދޭނެ.
ކޮންމެ ރަށެއް ކައިރިން ޕިކްނިކް ދާނެ ރަށެއް
ރާއްޖޭގެ ކޮންމެ ރަށަކާއި ކައިރިން ދެވޭނެ ޕިކްނިކް އައިލެންޑެއް ހަމަޖައްސާނެ.