ފިނޭންސް މިިނިސްޓަރު ހަސަން ޒަރީރު މަގާމުގެ ހުވާކުރެއްވުމަށްފަހު މަަގާމުގެ ލިއުންކޮޅުގައި ސޮއިކުރައްވަނީ --
ސަރުކާރު ކުންފުނިތަކުން އެމްޑީޕީ ސަޕޯޓަރުން ވަކިކުރާ މައްސަލާގައި ފިނޭންސް މިނިސްޓަރު ޒަރީރު ހާޒިރުކުރަނީ
ސަރުކާރު ކުންފުނިތަކުގެ މަދަނީ އަދި އިދާރީ ވަޒީފާތަކުގައި ތިބި އެމްޑީޕީގެ ސަޕޯޓަރުން ވަކިކުރަމުންދާ މައްސަލާގައި، ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު ރައްޔިތުންގެ މަޖިލީހަށް ހާޒިރުކުރުމަށް ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ހުށަހަޅައިފި އެވެ.
ވީކިހިނެއް؟ - ނިމިގެން ދިޔަ އެމްޑީޕީ ޗެއާޕާސަން އިންތިހާބުގެ ކެމްޕެއިނާއި، ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގެ އެމްޑީޕީގެ ކެމްޕެއިނުގައި ބައިވެރިވެގެން ސަރުކާރު ކުންފުނިތަކުގެ ވަޒީފާއިން މީހުން ވަކިކުރަމުންދާ ޝަކުވާ ވަނީ ބޮޑުވެފަ އެވެ.
ތަފްސީލް - ފިނޭންސް މިނިސްޓަރު ޒަރީރު ހާޒިރުކޮށްގެން، މެންބަރު މުހައްމަދު އިބްރާހީމް ކުރެއްވުމަށް ހުށަހެޅުއްވި ސުވާލުގައި ވަނީ:
-
ގާނޫނުއަސާސީގެ 115ވަނަ މާއްދާއިން ރައީސަށް ލިބިދޭ ބާރުގެ ތެރެއިން އުފައްދާ ސިޔާސީ މަގާމުތައް ފިޔަވައި ދައުލަތުގެ އެހެން އެއްވެސް ވަޒީފާއަކަށް މީހުން އައްޔަންކުރުމާއި ވަކިކުރުމުގައި އޭނާ ސިޔާސީ ގޮތުން ގެންގުޅޭ ހިޔާލުތަކާއި އޭނާ ނިސްބަތްވާ ސިޔާސީ ޕާޓީއަށް ބަލައިގެން ތަފާތުކުރުމަކީ ގާނޫނުން ހުއްދަކުރާ ކަމެއް ނޫން
-
ސަރުކާރު ހިއްސާވާ ކުންފުނިތަކުން އެމްޑީޕީގެ މެންބަރުންގެ ގޮތުގައި ތިބި މުވައްޒަފުންނަށް އިންޒާރުދީ، ގާނޫނާ ހިލާފަށް ވަޒީފާއިން ވަކި ކުރަމުން ގެންދަނީ ކޮން އުސޫލަކުންތޯ؟ އަދި ކީއްވެގެންތޯ؟
ފާހަގަކޮށްލެވޭ - ފިނޭންސް މިނިސްޓަރު ކަމަށް ޒަރީރު އައްޔަންކުރީ މިދިޔަ ހަފުތާ ހޯމަ ދުވަހުގަ އެވެ. އެހެންވެ މިއީ ޒަރީރު މެންބަރެއްގެ ސުވާލަކަށް ޖަވާބުދާރީވެވަޑައިގަންނަވަން މަޖިލީހަށް ހާޒިރުކުރަން ހުށަހެޅި ފުރަތަމަ ހުށަހެޅުމެވެ.
ގުޅުން ހުރި - އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގެ ކެމްޕެއިނަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ރަށްރަށަށް ވަޑައިގަތުމުން މަރުހަބާ ކިޔަން ނުކުތް ބައެއް މީހުން ވަޒީފާއިން ވަކިކޮށްގެން، ހިލޭ ގާނޫނީ އެހީ ފޯރުކޮށްދޭނެ ކަމަށް ނަޝީދުގެ ކެމްޕެއިން ޓީމުން ވަނީ ބުނެފަ އެވެ.
ކޮމެންޓް