އަންނަ ބުރާސްފަތި ދުވަހު މުޅި ރާއްޖޭގައި މުޒާހަރާކުރުމަށް ގައުމީ މަޖިލީހަށް އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް ނަޝީދު ގަރާރު ހުށަހަޅުއްވަނީ (ފޮޓޯ/ އެމްޑީޕީ)

އެމްޑީޕީ

ބުރާސްފަތި ދުވަހު މުޅި ރާއްޖޭގައި މުޒާހަރާކުރަން އެމްޑީޕީން ނިންމައިފި

އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ކުރީގެ ރައީސް ނަޝީދު އިންތިހާބުވެ، އެ މަނިކުފާނުގެ ރިޔާސަތުގައި ބޭއްވި ފުރަތަމަ ގައުމީ މަޖިލީހުގައި ފާސްކުރީ އަންނަ ބުރާސްފަތި ދުވަހު އެމްޑީޕީން މުޅި ރާއްޖޭގައި މުޒާހަރާކުރުމަށް
1 ގަޑިއިރު ކުރިން

އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު، އަންނަ ބުރާސްފަތި ދުވަހު މުޅި ރާއްޖޭގައި މުޒާހަރާކުރުމަށް ހުށަހެޅުއްވި ގަރާރު އެމްޑީޕީގެ ގައުމީ މަޖިލީހުން މިރޭ ފާސްކޮށްފި އެވެ.

ވީކިިހިނެއް؟ - އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ނަޝީދު އިންތިހާބުވެ، އެ މަނިކުފާނުގެ ރިޔާސަތުގައި ބޭއްވި ފުރަތަމަ ގައުމީ މަޖިލީހުން އަންނަ ބުރާސްފަތި ދުވަހު މުޅި ރާއްޖޭގައި މުޒާހަރާކުރުމަށް ފާސްކުރީ ޖަލްސާގައި ބައިވެރިވި 52 މެންބަރުންގެ އިއްތިފާގުންނެވެ.

ތަފްސީލް - ނަޝީދު ހުށަހެޅުއްވި ގަރާރުގައި ވަނީ މަގުބޫލުކަން ގެއްލެމުންދާ ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރުން ހަރުދަނާ ސިޔާސަތުތަކެއް ނެތި، ގާނޫނާއި ގަވާއިދާ ހިލާފަށް ހިންގަމުންދާ އަމަލުތަކުގެ ސަބަބުން އެއްގޮތަކަށް ވެސް ބަލައިނުގަނެވޭ ތިން ކަމެއް ފާހަގަވާ ކަމަށެވެ. އެއީ:

  • މީހުން ދިރިއުޅޭ ރަށްރަށުގައި ފެނާއި ނަރުދަމާގެ މަޝްރޫއުތައް ނިންމަން ގާނޫނުގައިވާ މުއްދަތު ދަންމާލައި، ފެނާއި ނަރުދަމާގެ މަޝްރޫއުތައް ވެސް ހިމެނޭ ގޮތަށް އެމްޑީޕީގެ ކުރީގެ ސަރުކާރުން ފަށާފައިވާ މަޝްރޫއުތައް މަޑުޖެހިފައިވުން

  • ރައީސް މުއިއްޒާ ދެކޮޅަށް ޝުއޫރު ފާޅުކުރަމުންދާ މީހުންނާއި، އަދި އެމްޑީޕީގެ ކެމްޕެއިން ހަރަކާތްތަކުގައި ބައިވެރިވި މީހުންގެ ތެރެއިން ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންނަށް ތިބި މީހުން ވަޒީފާއިން ވަކިކުރުމާއި ސަސްޕެންޑްކުރުމާއި އާއިލާއާ ދުރު ރަށްރަށަށް ބަދަލުުކުރުން ފަދަ ފިޔަވަޅުތައް އެޅުން

  • ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ހައްގާއި އެއްވެ އުޅުމުގެ މިނިވަންކަމުގެ ހައްގުގެ ބޭނުންކުރާ މީހުންނާ ދެކޮޅަށް ސިޔާސީ ދައުވާތައް އުފުލަމުން ގެންދިއުން

މި ކަންކަމާ ދެކޮޅަށް އަންނަ ބުރާސްފަތި ދުވަހު މުޅި ރާއްޖޭގައި މުޒާހަރާ ކުރުމުގެ އިތުރުން އިތުރު ދެ މަސައްކަތެއް ހިންގުމަށް ވެސް އެ ގަރާރުގައި ހިމަނާފައިވެ އެވެ. އެއީ:

  • އެމްޑީޕީގެ މެޖޯރިޓީ ކައުންސިލްތަކާ ގުޅިގެން، ހުއްޓާލާފައިވާ މަޝްރޫއުތައް އެ ކައުންސިލްތަކުން ހިންގޭނެ ގޮތެއް ހޯދުމަށް ޕާޓީން މަސައްކަތްކުރުން

  • މުޒާހަރާތަކުގައި ހައްޔަރުކުރާ މީހުންނާއި، ވަޒީފާއިން ވަކިކުރަމުންދާ މީހުންނަށް ގާނޫނީ އެހީތެރިކަން ފޯރުކޮށްދޭނެ ނިޒާމެއް ގާއިމުކުރުން

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް