އިބްރާހިމް މުހައްމަދު ސޯލިހް

އުފަން ތާރީހް: 1 މާރިޗު 1962 (62 އަހަރު)

އިބްރާހިމް މުހައްމަދު ސޯލިހް

ސިޔާސީ ދާއިރާއަށް ވަދެވަޑައިގަތީ 1994ގެ އާންމު އިންތިހާބު ކާމިޔާބުކުރައްވައިގެން

މަޖިލިހުގައި ފަސް ދައުރު މަސައްކަތްކުރެއްވި

ކޮވިޑް-19އާ އެކު އެންމެ އުނދަގޫ ހާލަތު ތަޖުރިބާކުރެއްވި ރައީސް

ރާއްޖޭގެ ސިޔާސީ ލީޑަރުންގެ ތެރެއިން ސިޔާސީ ދާއިރާގައި އަމަލީ ގޮތުން އުޅުއްވަމުން ގެންދަވާތާ އެންމެ ގިނަ ދުވަސްވީ އެއް ބޭފުޅަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ. ރައްޔިތުންގެ މަޖިލިހުގެ ޅ. އަތޮޅު ގޮނޑި 1994ގެ އިންތިހާބުގައި ކާމިޔާބުކުރެއްވި ގޮތަށް، 2018ގެ ރިޔާސީ އިންތިހާބުގައި ރައީސްކަމުގެ މަގާމާ ހަމައަށް ވަޑައިގަންނަވަންދެން، އެއީ ގާނޫނު ހަދާ މަޖިލިހުގެ ހަރަކާތްތެރި މެމްބަރެކެވެ. 

ރައީސް ސޯލިހަކީ މަޑުމައިތިރި، ކޮންމެ މީހަކާ އެކު ވެސް އުޅުއްވޭ ކަހަލަ މިޒާޖެއްގެ ބޭފުޅެކެވެ. ރައީސްކަމުގެ ފުރަތަމަ ދައުރު ނިންމަވައި، ދެ ވަނަ ދައުރެއް ހޯއްދެވުމުގެ މަސައްކަތަށް ނުކުމެވަޑައިގެންނެވި އިރު، ރާއްޖޭގެ ތާރީހުގައި ވެސް ނުދެކޭ ވަރުގެ އިގުތިސާދީ ހުއްޓުމަކާ އެމަނިކުފާނަށް ކުރިމަތިވެވަޑައިގަތެވެ؛ ކޮވިޑް-19 އެވެ.

އެކަމަކު މުޅި ދުނިޔެ އެ ބަލީގައި ބަންދުވެފައި އޮތް ދަނޑި ވަޅު ވެސް ރާއްޖޭގެ ޓޫރިޒަމް ހުޅުވާލައި، އިގުތިސާދު ކޮޅަށް ޖައްސަވަން ރައީސް ސޯލިހުގެ ސަރުކާރުން ކުރި މަސައްކަތް ބޮޑެވެ.

މީގެ ކުރިން އެމްޑީޕީން އަބަދުވެސް ނުކުންނަނީ ސަރުކާރުތައް ބަދަލުކުރަން. އެ ވިސްނުން އަޅުގަނޑުމެން ތެރޭގައި އަދިވެސް ބައެއް ބޭފުޅުންގެ އެބަހުރި.

މެނިފެސްޓޯ އާއި ވައުދު

މެނިފެސްޓޯ އާއި ވައުދު

މެނިފެސްޓޯ

އުފާވެރި ދިރިއުޅުން

"އުފާވެރި އަމާން ރާއްޖެ" މެނިފެސްޓޯ

އިތުރަށް ކިޔާލަން

ހައުސިން ލޯނު ދޫކުރަން ބޭންކެއް

6% ރޭޓްގައި ހައުސިން ލޯނު ދޫކުރަން ބޭންކެއް ހެދުން. އިކުއިޓީ %10 ވުރެ މަތި ނުވާ ގޮތަށް

ކެއާ ކޯޑީނޭޝަން

ސަރަހައްދީ ފެންވަރުގައި ލިބެން ހުންނަ ހިދުމަތްތައް ރަށު ފެންވަރުގައި ލިބޭނެ ގޮތަށް (ކެއަރ ކޯޑިނޭޝަން) ނިޒާމު ގާއިމުކުރާނެ.

ސިއްހަތަށް ފައިދާހުރި ކާނާ އުފެއްދުން

އާންމު ސިއްހަތު ކުރިއެރުވުމަށް ސިއްހަތަށް ފައިދާހުރި ކާނާ ހެއްދުމަށް އިންސެންޓިވައިޒްކުރާނެ.

ދަރިމައިނުވުމުގެ މައްސަލައަށް ފަރުވާ ފުޅާކުރުން

އިންފަރޓިލިޓީ ފަރުވާއަށް ބޭނުންވާ ސްޕެޝަލިސްޓް ހިދުމަތްތައް ގާއިމުކޮށް، އިންފަރޓިލިޓީ ޓްރީޓްމަންޓްގެ ކަވަރޭޖްބޮޑުކުރާނެ.

އިޖްތިމާއީ އެހީތެރިޔާ

އާބާދީގެ ކޮންމެ 1000 މީހަކަށް ތަމްރީނު ލިބިފައިވާ އިޖްތިމާއީ އެހީތެރިއެއް ހުންނާނެ. މި އިޖްތިމާއީ އެހީތެރިޔާ މެދުވެރިކޮށް ނަފްސާނީ ދުޅަހެޔޮކަމަށް ބޭނުންވާ އެހީތެރިކަންފޯރުކޮށްދޭނެ.

ކެޓް ޝެލްޓާ

ކެޓް ޝެލްޓަރެއް ކްލިނިކަލް ހިދުމަތްތަކާއެކު ގާއިމުކުރާނެ.

ގެދޮރުވެރިޔާ ލޯނު 1 މިލިއަނަށް

ގެދޮރުވެރިޔާ ލޯނުގެ އުސޫލު މުރާޖައާކޮށް ލޯނު ދޫކުރެވޭ އަދަދު 1 މިލިއަން ރުފިޔާއަށް އިތުރުކޮށް، ލުއިފަސޭހަ ނިޒާމަކުން ލޯނު ލިބޭނެމަގު ތަނަވަސްކުރާނެ.

ކައުންސިލް ހައުސިން

ފުދުންތެރިކަން ކުޑަ ފަރާތްތަކަށް އިސްކަންދީގެން ކައުންސިލް ހައުސިންގް ތައާރަފްކުރާނެ.

ހައްޖާއި އުމްރާއަށް ގެންދިޔުމުގެ އަގު ކޮންޓްރޯލް ކުރުން

މިނިސްޓްރީ މެދުވެރިކޮށް ފައިސާދެއްކޭ ގޮތް ހަދާނެ

ތަރިކައާއި ސަގާފަތް ދައްކުވައިދޭ ފަތުރުވެރިކަމުގެ ޕްރޮޑަކްޓްސް

ދިވެހިރާއްޖޭގެ މުއްސަނދި ތަރިކައާއި ސަގާފަތް ދައްކުވައިދޭ އައު ފަތުރުވެރިކަމުގެ ޕްރޮޑަކްޓްސް ތައާރަފްކުރާނެ.

ދިވެހި އުފެއްދުންތައް ބޭރަށް

ދިވެހި އުފެއްދުންތައް އުފެއްދުމަށް މަގުފަހިކޮށްދީ، އެ އުފެއްދުންތައް ރާއްޖެއާއި ރާއްޖެއިން ބޭރުގައި ވިއްކޭނެ މަގު ފުޅާކުރާނެ.

އަމިއްލަ ބައިވެރިވުން އޮންނަ އިޖްތިމާއީ ރައްކާތެރިކަމުގެ ނިޒާމު

އަމިއްލަ ބައިވެރިވުން އޮންނަ (ކޮންޓްރިބިއުޓަރީ) އިޖްތިމާއީ ރައްކާތެރިކަމުގެ ނިޒާމެއްގެ ތެރެއިން އިތުރު އިންޝުއަރަންސްތައް ތައާރަފްކުރެވި އާއްމު ރައްޔިތުންނަކީ ދިރިއުޅުމުގައި ދިމާވެދާނެ އެކި ހާލަތްތަކަށް ތައްޔާރުވެތިބޭ ފަރާތްތަކަށްވާނެ.

ޑައިރެކްޓް ސަބްސިޑީ

ދައުލަތުގެ ބަޖެޓުން ބްލޭންކެޓްކޮށް ދެމުން އަންނަ ސަބްސިޑީތައް ހައްގުވެރި ފަރާތަށް ސީދާ ލިބޭނެގޮތަށް ޑައިރެކްޓް ސަބްސިޑީއަށް ބަދަލުކުރާނެ.

ޖަމިއްޔާތަކަށް މާލީ އެހީ

މަދަނީ ޖަމިއްޔާތައް ބާރުވެރިކުރުވާ މުޖުތަމައުގެ އެކި ކަންކަމުގައި އެ ފަރާތްތަކުގެ ބައިވެރިވުން އިތުރުކުރުމަށްޓަކައި، މަދަނީ ޖަމިއްޔާތަކަށް މާލީ އެހީ ދޭނެ.

ކޮންމެ ރަށެއް ކައިރިން ޕިކްނިކް ދާނެ ރަށެއް

ރާއްޖޭގެ ކޮންމެ ރަށަކާއި ކައިރިން ދެވޭނެ ޕިކްނިކް އައިލެންޑެއް ހަމަޖައްސާނެ.

ހަބަރު

ހަބަރު