އެމްޑީޕީގެ 'ވަޒީފާ ބުރާސްފަތި' އިހުތިޖާޖު ކުރިއަށް ދަނީ (ފޮޓޯ/އެމްޑީޕީ)
ފޭރިގަތް ވަޒީފާތައް އެމްޑީޕީ އެނބުރި ވެރިކަމަށް އައިސް ރުޖޫއަކޮށްދޭނަން: ޝާހިދު
މި ސަރުކާރުން ސިޔާސީ ގޮތުން ވަޒީފާއިން ވަކިކުރަމުންދާ މީހުންގެ ވަޒީފާތައް އެމްޑީޕީން އެނބުރި ވެރިކަމަށް އަތުވެއްޖެ ނަމަ ރުޖޫއަކޮށްދޭނެ ކަމަށް އެ ޕާޓީގެ ރައީސް އަބްދުﷲ ޝާހިދު މިރޭ ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ޝާހިދު މިޔަގީންކަން ދެއްވީ، 'ވަޒީފާ ބުރާސްފަތި' ނަމުގައި މިހާރު މާލޭގައި އެމްޑީޕީން ކުރަމުންދާ އިހުތިޖާޖު ފެށުމުގެ ގޮތުން ވާހަކަދައްކަވަމުންނެވެ. ރަސްފަންނު ސަރަހައްދުން މިރޭ 8:30ގައި ފެށި މި އިހުތިޖާޖު ބާއްވަނީ ސަރުކާރާ ދެކޮޅު މީހުން ސަރުކާރުގެ ވަޒީފާތަކުން ވަކިކުރަމުންދާތީ އެކަމާ ދެކޮޅަށެވެ.
ވަޒީފާ އަދާކުރާ ފަރާތްތަކުގެ ހައްޤުގައި ގިނަ އަދެެއްގެ ރައްޔިތުން މަގުމައްޗަށް ނިކުމެެއްޖެ..
— MDP Secretariat (@MDPSecretariat) June 18, 2026
“ވަޒީފާ ބުރާސްފަތި" އިހުތިޖާޖު އަމީނީމަގުން ކުރިއަށްދަނީ. pic.twitter.com/oDGhpQb2G8
ބުނީ ކީކޭ؟ - ޝާހިދު ވިދާޅުވީ މިރޭގެ އިހުތިޖާޖަކީ ވަޒީފާގެ ބިރުދައްކައިގެން ރައްޔިތުން މައިތިރި ނުކުރެވޭނެކަން މި ސަރުކާރަށް ސާބިތުކޮށްދޭން ބާއްވާ ހަރަކާތެއް ކަމަށެވެ.
ޝާހިދު ވިދާޅުވި ގޮތުން:
-
ރާއްޖޭގެ ގާނޫނުއަސާސީގައި ވަޒީފާ އަދާކުރުމުގެ ހައްގު ވަނީ އިންތިހާއަށް ހިމާޔަތްކޮށްދީފައި
-
އެ ހައްގަށް ސަރުކާރުން އަރައިގަންނައިރު އެމްޑީޕީ މަޑަކުން ނޯންނާނެ
-
އެމްޑީޕީ އާއި ދިވެހި ރައްޔިތުންނަކީ ވެސް ބިރަށް ފަހަތަށް ޖެހޭނެ ބައެއް ނޫން
-
ވަޒީފާއިން ވަކިކުރާ ކޮންމެ އާއިލާއަކާ އެކު މި ސަރުކާރުން އުފައްދަމުންދަނީ ސަރުކާރާ ދެކޮޅު އާއިލާތަކެއް
-
މި އަމަލުތަކުން ފެންނަނީ މި ސަރުކާރު ބޮދު ބުޑަށް ސައިވަމުންދާ ތަން
"އަޅުގަނޑުމެން ދިވެހިރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް އަރުވާ ޔަގީންކަމަކީ ވަޒީފާއިން ވަކިކުރާ މީހުންގެ ދިފާއުގައި މި ޕާޓީން ކުރަން ޖެހުނު ކޮންމެ ކަމެއް ކުރާނެ ކަމުގައި. އަޅުގަނޑުމެން އެނބުރި ވެރިކަމަށް އައިސް ތިބޭފުޅުންގެ އަތުން ފޭރިގަތް ވަޒީފާތައް ރުޖޫއަކޮށްދޭނެ ކަމުގެ ޔަގީންކަން މިއަރުވަނީ،" ޝާހިދު ވިދާޅުވި އެވެ.
"ތައްޔާރުވެވަޑައިގަންނަވާ ބޮދު ބުޑަށް ސައި."
ކޮމެންޓް (1)
މަބުނީ